ބްލަޑް ޕްރެޝަރގެ މައްސަލަތައް ހުންނަ ނަމަ ފެންނާނެ ބައެއް އަލާމާތް!

ބްލަޑް ޕްރެޝަރގެ މައްސަލަތައް ހުންނަ ނަމަ ފެންނާނެ ބައެއް އަލާމާތް!

ދިރިއުޅުމުގައި އެކިފަހަރު އެކި ކަހަލަ ކުދިކުދި ސިއްހީ މައްސަލަަށް ދިމާވުމަކީ ވަރަށް އާއްމު ކަމެކެވެ. އަދި އެއީ އެވަރުކަމެއް ނޫންކަމަށްހަދައި އަޅާނުލައި ދޫކޮށްލުމަކީ އަދި އެއަށްވުރެ އާންމު ކަމެކެވެ. ހިނގާ ބިނގާވެ އުޅެވޭނަމަ ނޫނީ މާބޮޑަށް ތަނަކު ނުރިއްސާނަމަ ޑޮކްޓަރަށް ދެއްކުމާއި ވެގެން އުޅޭގޮތެއް ބަލާލުމަކީ މުހިއްމު ކަމެއްގެ ގޮތުގައި ގިނަބަޔަކު ނުދެކެވެ.

އެހެން ނަމަވެސް ކުދިކުދި އުދަގޫ ތަކެއް ދޭތެރެ ދޭތެރެއިން ތަހައްމަލު ކުރަން ޖެހުމަކީ ކަންބޮޑުވާން ޖެހޭފަދަ ބޮޑު މައްސަލައަކަށް ވުންވެސް އޮތީ ގާތުގައެވެ. އެހެން ކަމުން ތިމާގެ ހަށިގަނޑު ކަމެއްތަހައްމަލު ކުރާނަމަ އެކަމެއް އެ ދިމާވަނީ ކޮން ސަބަބަކާ ހެދިތޯ ބެލުން ވަރަށް ރަގަނޅެވެ.

ހަށިގަނޑުގައި ލޭ ދައުރުވާ ބާރުމިން (ބުލަޑް ޕުރެޝަރ) އަކީ ވަކި މިންގަޑެއްގައި ހުންނަންޖެހޭ ކަމެކެވެ. މާބޮޑަށް ބާރު ވިޔަސް އަދި ދަށްވިޔަސް އެއީ މައްސަލައެކެވެ. މިއަދު މިބަލާލަނީ ހަށިގަނޑުގައި ލޭ ދައުރުވާ މިންވަރު ދަށްނަމަ ތިމާއަށް އިހުސާސް ކުރެވިދާނެ ބައެއްކަހަލަ ކަންކަމަށެވެ.

  • މޭނުބައިކޮށް ހޮޑުލަވާފައި ހުރުން

ކޮންމެވެސް ވަރަކަށް ބަނޑަށް އުނދަގޫވެ މޭނުބައިކޮށްފައި ހުރުމަކީ ލޭ ދައުރުވާ މިންވަރު ދައްވުމުގެ ސަބަބަކަށް ވެދާނެއެވެ.

  • ވަރުބަލިވުން އަދި ފޫހިވުން

އާއްމު ދިރިއުޅުމުގައި އުޅޭއިރު މާ ބުރަ މަސައްކަތެއް ނުކުރިނަމަވެސް އަވަހަށް ވަރުބަލިވުމަކީވެސް ބުލަޑު ޕުރެޝަރ ދަށްވުމުގެ ސަބަބުން ދިމާވާ މައްސަލައަކަށް ވެދާނެއެވެ. ކަންކަން ކުރާހިއްނުވެ ފޫހިކަން އިހުސާސްކުރެވުމަކީވެސް މިކަމުގެ ސަބަބަކަށް ވެދާނެއެވެ.

  • ބޯއެނބުރުން

ދޭތެރެ ދޭތެރެއިން ލޯމައްޗަށް އަދިރިވެ ވަށައިގެން ވާ ތަންތަން އެނބުރޭކަހަލަ އިހުސާސެއް ކުރެވުމަކީވެސް ހަށިގަނޑުގައި ލޭދައުރުވުން ދަށްވުމުން ދިމާވެދާނެ ކަމެކެވެ.

މިފަދަ އަލާމަތްތައް ފެންނަ ނަމަ ޑޮކްޓަރަކަށް ދައްކައި ލޭގެ ޕްރެޝަރ ބެލުން ވަރަށް މުހިންމެވެ. އެހެނީ ލޭގެ ޕުރެޝަރަށް އަންނަ ބަދަލުތަކަކީ ކޮންމެވެސް ބައްޔެއްގެ ސަބަބުން ނޫނީ ހަށިގަނޑަށް އަންނަ ކޮންމެވެސް ނޭދެވޭ ކަމެއްގެ ސަބަބުން ދިމާވާ ކަމަކަށްވެސް ވެދާނެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *