ވެކްސިން ޖަހާފައި ވާނަމަ، ޔޫއޭއީއަށް ވަނުމުގައި އެއްވެސް ހުރަހެއް މިހާރު ނޯންނާނެ ކަމަށް އެގައުމުން ބުނެފިއެވެ.
ކޯވިޑް19އާއި ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތަކުގެ ތެރެއިން، ސެޕްޓެމްބަރު މަހުގެ 22 ވަނަ ދުވަހުން ފެށިގެން އެގައުމަށް މީހުން އެތެރެވުން މަނާކޮށްފައިވާ ގައުމުތަކުގެ މީހުންނަށްވެސް، ވެކްސިން ޖަހާފައިވާނަމަ އެގައުމަށް އެތެރެވުމުގައި މިހާރު އެއްވެސް ހުރަހެއ ނޯންނާނެކަން ޔޫއޭއީގެ ނޭޝަނަލް އެމަރޖެންސީ ކްރައިސިސް އެންޑް ޑިސާސްޓަރ މެނޭޖްމަންޓް އޮތޯރިޓީން (NCEMA) މިހަފްތާގެ ހުކުރު ދުވަހު ވަނީ އިއުލާން ކޮށްފައެވެ.
މިގޮތުން ޔޫއޭއީގެ މި ނިންމުމާއިއެކު، އިންޑިއާ، ޕާކިސްތާން، ބަންގްލާދޭށް، ނޭޕާލް، ސްރީ ލަންކާ، ވިއެޓްނާމް، ނެމީބިއާ، ޒެމްބިއާ، ޑިމޮކްރަޓިކް ރިޕަބްލިކް އޮފް ކޮންގޯ، ޔޫގެންޑާ، ސިއެރެލިއޯން، ލައިބީރިއާ، ސައުތު އެފްރިކާ، ނައިޖީރިއާ، އަދި އަފްއާނިސްތާނުން، ވެކްސިން ޖަހާފައިވާ އެގައުމުތަކުގެ ރައްޔިތުންނަށް ޔޫއޭއީއަށް ވަނުމުގައި މިހާރު އެއްވެސް ހުރަހެއް ނެތެވެ.
ޔޫއޭއީގެ ނޭޝަނަލް އެމަރޖެންސީ ކްރައިސިސް އެންޑް ޑިސާސްޓަރ މެނޭޖްމަންޓް އޮތޯރިޓީން ހާމަ ކޮށްފައިވާ ގޮތުގައި، ނިންމުމުގައި، އެގައުމުން ބޭރުގައި 6 މަހަށްވުރެ ދިގު މުއްދަތަކަށް ދިއުޅެފައިވާ މީހުންނަށްވެސް ހިމެނޭނެއެވެ.
"ދުނިޔޭގެ ސިއްޙަތު ޖަމިއްޔާއިން ހުއްދަ ދީފައިވާ ވެކްސިން ޖަހާފައިވާ މީހުންނާއި، އަދި މީހުން އައުން މަނާކުރެވުނު ގައުމުތަކުގައި 6 މަހަށްވުރެ ދިގުމުއްދަތަކަށް، އެގައުމުން މީހުން ޔޫއޭއީއަށް ދަތުރުކުރެވުން މަނާކުރެެވުނު ތާރީޚުން ފެށިގެން، ދިރިއުޅެފައިވާ ފަރާތްކަށް މިހާރު، އާ ހުއްދައަކާއެކު އައުމުގައި އެއްވެސް ހުރަހެއް ނޯންނާނެ،" ނޭޝަނަލް އެމަރޖެންސީ ކްރައިސިސް އެންޑް ޑިސާސްޓަރ މެނޭޖްމަންޓް އޮތޯރިޓީގެ ސްޓޭޓުމަންޓުގައި ބުނެފައި ވެއެވެ.
#NCEMA & ICA: Permitting to return of fully vaccinated with #WHO approved vaccines- holders of valid UAE residence visa coming from the countries previously on the suspended list, starting from 12 September 2021. pic.twitter.com/BgkJ8yT0GX
— NCEMA UAE (@NCEMAUAE) September 10, 2021