ރަޝްފޯޑްގެ ތިންލަނޑާއެކު ޔުނައިޓެޑަށް ބޮޑު މޮޅެއް

ރަޝްފޯޑްގެ ތިންލަނޑާއެކު ޔުނައިޓެޑަށް ބޮޑު މޮޅެއް

ގުޅުންހުރި

ޗެމްޕިއަންސް ލީގު ފުޓްބޯޅަ މުބާރާތުގައި މެންޗެސްޓަރ ޔުނައިޓެޑުގެ އިނގިރޭސި ޒުވާން ފޯވާޑް މާކޯސް ރަޝްފޯޑް ތިންލަނޑާއެކު ޖަރުމަނުގެ ލީޕްޒިގް މައްޗަށް މެންޗެސްޓަރ ޔުނައިޓެޑުން ބޮޑު މޮޅެއް ހޯދައިފިއެވެ. ޔުނައިޓެޑު އަމިއްލަ ދަނޑުގައި ކުޅުނު މެޗު ލީޕްޒީގުގެ މައްޗަށް ކުރި ހޯދީ 5-0 ލަނޑުންނެވެ.

މެޗުގެ ފުރަތަމަހާފްގައި މޭސަން ގްރީންވޫޑް ކާމިޔާބު ކުރި ހަމައެކަނި ލަނޑު ކުރީގައި ވަނިކޮށް ބަދަލު ކުޅުންތެރިޔަށް ގޮތުގައި ނުކުމެ ރަޝްފޯޑް ވަނީ 16 މިނިޓުގެ ތެރޭގައި ތިންލަނޑުޖަހާ މެންޗެސްޓަރ ޔުނައިޓެޑަށް ލީޑް އިތުރަށް ފުޅާކޮށްދީފައެވެ. މެޗުގައި ޔުނައިޓެޑަށް ޖެހި އަނެއް ދެލަޑު ލަނޑުޖަހައިދިނީ އެންތެނީ މާޝިއަލްއެވެ. މިއީ މިސީޒަންގައި މާޝިއަލް ޔުނައިޓެޑަށް ކާމިޔާބުކޮއްދިން ފުރަތަމަ ލަނޑެވެ. ރޭގައި ރަޝްފޯޑް ޖެހި ތިންލަނޑާއެކު އޭނާ ވަނީ މިހާތަނަށް މި ސީޒަނުގައި ކުޅުނު ޗެމްޕައަންސްލީގުގެ ދެމެޗުގައި ހަތަރު ލަނޑުޖަހާފައެވެ.

މިއީ ޔޫރަޕުގައި ޔުނައިޓެޑުގެ ކޯޗު އޮލަގަނަ ސޯލްޝެއަރ ހަމަކުރި 50 ވަނަ މެޗެވެ. ޔުނައިޓެޑުން މިހާތަނަށް އޭނާގެ ކޯޗުކަމުގައި ޔޫރަޕްގައި ކުޅުނު 18 މެޗުގެ ތެރެއިން 11 މެޗު ވަނީ ކާމިޔާބުކޮއްފައެވެ. މިއީ 2013 ވަނަ އަހަރު މުބާރާތުގައި ބަޔާ ލެވަކޫސަން ކޮޅަށް 5 ލަނޑުޖަހާ މޮޅުވި ފަހުން ޔުނައިޑެޓުން މިވަރުގެ މޮޅެއް ހޯދި ފުރަތަމަފަހަރުއެވެ. އަދި މިއީ ލީޕްޒިގުގެ ޗެމްޕިއަންސް ލީގު ކުރުތާރީހުގައި އެޓީމު ބަލިވި އެންމެ ތަފާތު ބޮޑު ނަތީޖާއެވެ.

މިމޮޅާއެކު ގުރޫޕްކުރީގައި ޔުނައިޓެޑު އޮތީ ހަޕޮއިންޓާއެކުއެވެ. ޕީއެސްޖީ އާއި ލީޕްޒިގަށް ތިން ޕޮއިންޓް ލިބަފަވާއިރު ގުރޫޕްގެ ދެވަނަ ޕީއެސްޖީއަށް ލިބެނީ ލަނޑުގެ ތަފާތުންނެވެ. ގުރޫޕްގައި ވާދަކުރާ ތުރުކީގެ ބެސިކްޝާރްއަށް އަދި ޕޮއިންޓެއް ލިބިފައެއް ނުވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ