2022 ގައި ފިލިޕީންސްގެ ނާއިބު ރައީސްކަމުގެ މަގާމަށް ވާދަ ކުރައްވަން ޑުޓާޓެ ނިންމަވައިފި

2022 ގައި ފިލިޕީންސްގެ ނާއިބު ރައީސްކަމުގެ މަގާމަށް ވާދަ ކުރައްވަން ޑުޓާޓެ ނިންމަވައިފި

Author
ހުސެއިން
08 ސެޕްޓެމްބަރ 2021 09:55
0

އަންނަ އަހަރު ފިލިޕީންސްގައި އޮނަން އާންމު އިންތިޚާބުގައި އޭނާގެ ޕާޓީގެ ފަރާތުން ނާއިބު ރައީސަކަށް ވެވަޑައިގަންނަވާ ކެނޑިޑޭޓަކަށް އޭނާ ނިންމަވާފައިވާކަން، ފިލިޕީންސް މިހާރުގެ ރައީސް ރޮޑްރިގޯ ޑުޓާޓެ ހާމަ ކުރައްވައިފިއެވެ.

ފިލިޕީންސްގެ ގާނޫނު އަސާސީ ބުނާގޮތުން، މި ދައުރަށްފަހު ދެން އަންނަ ދައުރެއްގައި ޑުޓާޓެއަށް އެގައުމުގެ ރައީސްކަމުގެ މަގާމަށް ވަޑައެއް ނުގެނެވޭނެއެވެ.

އެހެންކަމުން، ދެން އަންނަ ދައުރެއްގައި އޭނާގެ ބަދަލުގައި، އެގައުމުގެ ރައީސްކަމަށް، ޑުޓާޓޭގެ ޕާޓީގެ ފަރާތުން ވާދަކުރެއްވުމަށް ހަމަޖެހިފައިވަނީ، ޑުޓާޓެގެ ޒަމާންވީ އެކުވެރިޔާ، އަދި ފިލިޕީންސްގެ ސެނެޓަރއެއް ކަމުގައިވާ ކްރިސްޓޮފަރ ބޯންގ ގޯ އެވެ.

ފިލިޕީންސްގެ ރިޔާސީ އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ، އަންނަ އަހަރުގެ މޭމަހުއެވެ.

ޑުޓާޓޭގެ ވެރިކަމުގައި، ފިލިޕީންސްއިން ޑްރަގްގެ ވަބާ ނައްތާލުމަށް އޭނާ ގެންގުޅުއްވި ހަރުކަށި ސިޔާސަތުގެ ސަބަބުން އޭނާއަަށް ވަނީ އެތައްބައެއްގެ ފާޑު ކިއުން އަމާޒުވެފައެވެ.

މިގޮތުން އޭނާ ކުރިޔަށް ގެންދެވި މި ކެމްޕޭނުގައި، އެއްވެސް ޝައީއަތަކާއި އަދި ތަހުގީގެއްވެސް ކުރުމެއްނެތި، އޭނާގެ އަމުރަށް ބަޑިޖަހާ ފިލިޕީންސްގެ އެތައްބަޔަކު މަރާލާފައިވާތީ، އިންސާނިއްޔަތާ ޚިލާފު ބޮޑެތި ޖަރީމާތަކެއް ހިންގުމުގެ ތުހުމަތު ބައިނަލް އަގުވާމީ ފަރާތްތަކުންވެސް ދަނީ އޭނާގެ މައްޗަށް ކުރަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.