ނަޝީދުގެ ބަޔާން ނެގުމަށް، އިނގިރޭސިވިލާތަށް ދަނީ

ނަޝީދުގެ ބަޔާން ނެގުމަށް، އިނގިރޭސިވިލާތަށް ދަނީ

Author
މުޙައްމަދު ޝަޒައިމް
03 ސެޕްޓެމްބަރ 2021 07:06
0

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ދިން ނުރައްކާތެރި ބޮމުގެ ހަމަލާއާއި ގުޅިގެން ރައީސް ނަޝީދުގެ ބަޔާން ނެގުމަށް އިނގިރޭސި ވިލާތަށް ދިއުމަށް ފުލުހުންނާއި، ޕީޖީ އޮފީހުން މަސައްކަތް ފަށައިފިއެވެ.

ރައީސް ނަޝީދު މިވަގުތު ހުންނެވީ ފަރުވާއަށް އިނގިރޭސި ވިލާތުގައެވެ. އެމަނިކުފާނުގެ ޤާނޫނީ ޓީމުން އިއްޔެ ނެރުނު ބަޔާނެއްގަިއ ބުނެފައިވަނީ ރައީސް ނަޝީދުގެ މިމައްސަލައިގެ ޝަރީއަތް ފެށުމުގެ ކުރިން ބަޔާން ދެއްވަން ތައްޔާރަށް ހުންނެވިކަމަށެވެ. މިހަމަލާ ހިނގަދިޔަ ގޮތާއި، ލިބިވަޑައިގެންފައިވާ މައުލޫމާތުގެ އަލީގައި ރައީސް ނަޝީދުގެ ބަޔާނެއް ދެއްވަން ބޭނުންވާކަމަށް ވަނީ ބުނެފައެވެ.

ރައީސް ނަޝީދު ބަޔާން ދެއްވަން ބޭނުން ވުމުން، ފުލުހުންނާއި ޕީޖީވަނީ ބަޔާން ނެގުމަށް އެނގިރޭސިވިލާތަށް ދިއުމަށް މަޝްވަރާކޮށްފައެވެ. އަދި މިކަމުގައި ވަރަށް އަވަހަށް ރައީސް ނަޝީދު ބަޔާން ނެގުމަށް ތަހުގީގު ޓީމެއް އިނގިރޭސި ވިލާތަށް ދިއުމަށް ވަނީ ހަމަޖެހިފައެވެ. ނަމަވެސް ދަތުރު ކުރަން ހަމަޖެހިފައިވާ ސީދާ ތާރީހެއް ސާފެއް ނުވެއެވެ.

ރައީސް ނަޝީދަށް ދިން ޓެރަރިސްޓް ހަމަލާއާ ގުޅިގެން ދައުވާ އުފުލާފައިވަނީ ބޮން ގޮއްވާލުމުގައި އަމަލީ ގޮތުން ބައިވެރިވި ވ. ތިނަދޫ ލަކީ އަދުހަމް އަހްމަދު (25) އާއި މއ. ފޭރުގެ މުޖާޒް އަހުމަދު (21) އާއި، ގއ. ކޮނޑޭ ފޮޅޭމާ ތަހުމީން އަހްމަދު (32) އަދި ނ. މަނަދޫ ނޫރީގެ އަލީ ހައިޝަމް (27)ގެ މައްޗަށެވެ.

ރައީސް ނަޝީދު ބަޔާން ދެއްވަން ބޭނުންވާކަމަށް ވިދާޅުވިއިރު، މީގެ ކުރިން އެކި މަރުހަލާތަކުގައި އެމަނިކުފާނުގެ ބަޔާނެއް ނެގުމަށް ޕްރޮސެކއިޓާ ޖެނެރަލްއާއި، ފުލުހުން ކުރި މަސައްކަތް ވަނީ ކާމިޔާބުވާ ގޮތް ނުވެފައެވެ. ރައީސް ނަޝީދުގެ ބަޔާނާއި ގުޅިގެން އެމަނިކުފާނު ވަނީ ސީޕީ ހަމީދު ޓެގު ކުރައްވައި ޅެންބައިތެއް ފޮނުއްވާފައެވެ. އަދި އެމަނިކުފާނު ދެއްވަން އޮތް ބަޔާނަކީވެސް އަދި ބުނެލަން އޮތް ބަހަކީވެސް އެމަނިކުފާނުގެ ޖާނާއި، ހިތާމޭ ކަމުގައި ނަޝީދު ވަނީ ވިދާޅުވެ، ސީޕީ ހަމީދަށް ޅެންބައިތެއް ހިއްސާ ކުރައްވާފައެވެ.

އަޅުގަނޑުގެ ބަހަކަށްވެސް ބަޔާނަކަށްވެސް ދައްކަން އޮތީ އަޅުގަނޑުގެ ޖާނާއި ހިތާމޭ. ޝާއިރު ވިދާޅުވި ފަދައިން، ހިތާއި، މޭ ހިބައިން ލިޔެ ދިނީމާވެސް ނުވީނޫންތޯ؟

– ނަޝީދު ސީޕީ ހަމީދު ޓެގްކޮށް ކުރެއްވި ޓްވީޓުގައި ވެއެވެ.

ރައީސް ނަޝީދުގެ މާނަފުން މިޅެންބައިތާއެކު، ސާފުވެގެން ގޮސްފައިވަނީ އެމަނިކުފާނަށް ލިބިފައިވާ ޒަހަމްތަކުން އެކަނިވެސް ފުލުހުންނަށް މިކަން ސާފުވާނެކަމަށެވެ. އަދި ހަމަލާއަށްފަހު އެމަނިކުފާނު ބެއްލެވި ޑޮކްޓަރުންވެސް ވަނީ އަނިޔާގެ ތަފްސީލް ވަރަށް ބޮޑަށް ދެއްވާފައެވެ. ރައީސް ނަޝީދަށް ހަމަލާދިނުމަށް ބޭނުންކުރި ބޮން ހަދާފައިވަނީ އެގާއި ގިނަ އަދަދެއްގެ ރޭޒާފުކާއި އެހެނިހެން ގެއްލުންދޭ ތަކެތި ހިމަނައިގެންކަމުން މި ބޮން ގޮއްވާލުމާއި އެކު މިތަކެތިވަނީ ރައީސް ނަޝީދުގެ ހަށިކޮޅުގެ ތެރެއަށް ވަދެފައެވެ. މިތަކެތި ނެގުމަށް ޑޮކްޓަރުންގެ ޓީމުންވަނީ 16 ގަޑިރުވަންދެން ސީރިއަސް އޮޕަރޭޝަންތަކެއް ކޮށްފައެވެ.

ޑޮކްޓަރުންގެ ޓީމުން ވިދާޅުވީ، ގޮއްވާލި ބޮމުން ބުރައިގެންދިޔަ ތޫނު ދަގަނޑު އެތިކޮޅުތަކުގެ ތެރެއިން އެތިކޮޅެއް، އެމަނިކުފާނުގެ ސީދާ ހިތަށް ނުވަދެ ހުރީ އެންމެ ސެންޓިމީޓަރެއްގެ ދުރުމިންކަމަށެވެ. މި އެތިކޮޅު ރައީސް ނަޝީދުގެ ހިތަށް ނުވަދެ ސަލާމަތްވީ އެމަނިކުފާނުގެ މޭކަށިގަނޑުގައި ޖެހި ކަށިގަނޑު ފުނޑުފުނޑުވުމުގެ ސަބަބުން އެ އެތިކޮޅު އެތެރެއަށް ދިޔުން މަތަވެގެންކަމަށްވެސް ޑޮކްޓަރުން ވަނީ ވިދާޅުވެފައެވެ.

މޭއިމަހުގެ 6 ވަނަ ދުވަހުގެ ރޭ އެމަނިކުފާނު ދިރިއުޅުއްވާ ގ.ކެނެރީގެއިން ނިކުމެވަޑައިގެން ހިންގަވާފައި މަޖީދީމަގުގައި ޕާކުކޮށްފައިއޮތް ކާރުކޮޅަށް އަރާވަޑައިގަންނަވަނިކޮށް ބޮމެއް ގޮއްވާލައިގެން ދިން ޙަމަލާގައި އެމަނިކުފާނަށް ވަނީ ބޮޑެތި ޒަޚަމްތަކެއް ލިބިވަޑައިގެންފައެވެ. އެމަނިކުފާނަށް އެންމެ ފުރަތަމަ ފަރުވާދެއްވި އޭޑީކޭގެ ސްޕެޝަލިސްޓުންގެ ޓީމުންވެސް ވަނީ އެކަން ހާމަކުރައްވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

A Ahmed
Thivaruge muhinmu bayaaneh naganvaanee kamah ekasheegenvaa varuge teamakun. PG offehuge hurihaa verinnaai fuluhunge 40 meehun ekulevey teameh avahah UK ah fonuvan feney
ދ ދޮންތައްކާނު
ތީވަރަށް މަކަރުވެރި މީހެއް
B Boli
Online koh mihaaru thikan kureveyne. Anehkaa ethah kharadhen kon UK ah dhiyumuge beynumeh neiy. Thi faisaa kharadhu kurun maa aaulaakan bodhethi kankan ebahuri