އެމްޓީސީސީގެ އެއްވެސް މައުލޫމާތެއް ބޭނުންނަމަ 1650 ގުޅުއްވާ

އެމްޓީސީސީގެ އެއްވެސް މައުލޫމާތެއް ބޭނުންނަމަ 1650 ގުޅުއްވާ

Author
މުޙައްމަދު ޝަޒައިމް
29 އޮގަސްޓް 2021 08:44
0

އެމްޓީސީސީގެ ރަސްމީ ހޮޓްލައިން ނަންބަރ 1650 އިފްތިތާހު ކޮށްފިއެވެ.

އެމްޓީސީސީގެ ރަސްމީ ހޮޓްލައިން ނަންބަރ 1650 ލޯންޗްކުރުމާއި ގުޅިގެން މީޑިއާއަށް މަޢުލޫމާތު ދިނުމަށްޓަކައި ޕްރެސް ކޮންފަރަންސްއެއް ވަނީ ހޮޓެލް ޖެންގެ ބޯލް ރޫމްގައި ކުރިޔަށް ގެންގޮސްފައެވެ.

މި ޕްރެސް ކޮންފަރަންސްގައި މަޢުލޫމާތު ދެއްވުމަށް ބައިވެރިވެފައިވަނީ ޗީފް އެގްޒެކެޓިވް އޮފިސަރ އާދަމް އާޒިމްއާއި ޗީފް އޮޕްރޭޓިންގ އޮފިސަ ޝާހިދު ހުސައިން މޫސާގެ އިތުރުން ބިޒްނަސް ޑިވެލޮޕްމަންޓް އެންޑް އެޑްމިނިސްޓްރޭޝަން ޑިވިޜަންގެ ޖެނެރަލް މެނޭޖަރ ޝިފާޢު ޢަލީއެވެ.

އެމްޓީސީސީ ހޮޓްލައިން ނަންބަރ 1650 ލޯންޗްކުރުމުގެ އެންމެ ބޮޑު މަޤްޞަދަކީ އެމްޓީސީސީއަކީ ގިނަ ތަފާތު ވިޔަފާރީތަކެއްގައި ޝާމިލުވާ ކުންފުންޏެއްކަމުން އެއް ނަންބަރަކުން ކުންފުނީގެ އެންމެހާ ޚިދުމަތްތަކާއި، އޮޕަރޭޝަންތަކުގެ މައުލޫމާތު ކަސްޓަމަރުންނަށް ލިބޭ ނެ އިންތިޒާމެއް ހަމަޖެއްސުމެވެ. މީގެތެރޭގައި އެމްޓީސީސީގެ ހުރިހާ ޑިވިޜަންތަކާއި ގުޅުންހުރި ސުވާލުތަކަށް މި ހޮޓްލައިން މެދުވެރިކޮށް ޖަވާބު ހޯދޭނެއެވެ. މި ހޮޓްލައިން ލޯންޗުކުރުމާއެކު އެމްޓީސީސީން ކަސްޓަމަރުންނާ ކޮންޓެކްޓް ކުރަން މިހާރު ބޭނުންކުރާ ނަންބަރުތައް މަސްދުވަސްތެރޭ ބޭނުންކުރުން ހުއްޓާލެވިގެންދާނެއެވެ.

މި ހޮޓްލައިންގެ ޙިދުމަތް ދިނުމަށް މިހާރު މި ކުންފުނިން ވާނީ ހާއްޞަ ކޯލް ސެންޓަރެއް ޤައިމްކުރެވިފައެވެ. އަދި ކޯލް ސެންޓަރުގައި މަސައްކަތްކުރާ މުވައްޒަފުންނަކީ ކަސްޓަމަރުންނަށް ޙިދުމަތް ދިނުމާ ގުޅޭ ޙާއްސަ ތަމްރީން ދެވިފައިވާ މުވައްޒަފުންނެވެ. މި ޚިދުމަތަކީ އަހަރުގެ ކޮންމެ ދުވަހަކުވެސް 24 ގަޑިއިރު ލިބޭނެ ޚިދުމަތެކެވެ. އަދި މިއީ ޓޯލް ފްރީ ޚިދުމަތެއްކަމުން މި ނަންބަރަށް ގުޅާ އެއްވެސް ކަސްޓަމަރަކަށް ޗާޖެއް ނުކުރާނެއެވެ. މި ޙިދުމަތް ތަޢާރަފު ވުމާއެކު އެމްޓީސީސީގެ ވަކިވަކި ނަންބަރުތަކަށް ގުޅައިގެން އުފެދޭ ސުވާލުތަކަށް ޖަވާބު ހޯދުމުގެ ބަދަލުގަ ލުއިފަސޭހަކަމާއެކު އެއް ނަންބަރަކުން ހުރިހާ ބާވަތެއްގެ ސުވާލުތަކަކަށް ޖަވާބު ލިބިގެންދާނެކަމަށް އެމްޓީސީސީން ބުނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އ އުދުހޭކޮކާ
މާތްކަލާކޯ......ތިޔަކަހަލަ ނަންބަރު ނުދީ.ތިޔަ ނަންބަރުން ފޯނެއް ނުނަގާނެ.ތިޔަޒާތުގެ ނަންބަރު ގިނަ އޮފީސް ތަކުގަ ހުރޭ. ދުވަހަކު ފޯނެއް ނުނަގާނެ. ތިޔައީ އެކެއް ޖައްސަވާ ދޭއްޖައްސަވާ ޒާތުގެ ނަންބަރު..މުޅިން ވެސް މަސައްކަތުން ރެކެން ވެގެން ކުރާ ކަންކަން.