ތިލަމާލެ ބްރިޖު އިންޑިއާގެ ކުންފުންޏަށް ދިނުމަކީ ރާއްޖޭގެ ތަރައްްޤީ ހުއްޓުވާލުން: ޝިޔާމް

ތިލަމާލެ ބްރިޖު އިންޑިއާގެ ކުންފުންޏަށް ދިނުމަކީ ރާއްޖޭގެ ތަރައްްޤީ ހުއްޓުވާލުން: ޝިޔާމް

ތިލަމާލެ ބްރިޖް މަޝްރޫޢު އިންޑިއާގެ ކުންފުންޏަކާ ހަވާލުކުރުމަކީ ރާއްޖޭގެ ތަރައްޤީ ހުއްޓުވާލުންކަމަށް ސިފަކުރައްވާ އިދިކޮޅު ޕީޕީއެމްގެ ނާއިބު ރައީސް އަދި ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު ޝިޔާމް ފަޑުވިދާޅުވެއްޖެއެވެ.

މާލެއާއި ވިލިމާލެ، ތިލަފުށިއ ަދި ގުލިފަޅު ގުޅުވާލުމަށް މިސަރުކާރުން އިއުލާންކޮށްފައިވާ ބިޔަ މަޝްރޫޢު ސަރުކާރުން އިއްޔެ ވަނީ އިންޑިއާގެ ކުންފުންޏެއްކަމަށްވާ އެފްކޮންސް އިންފްރާސްޓްރަކްޗަރާ ހަވާލުކޮށްފައެވެ. މިއާއެކު އެ ކުންފުނިން އިންޑިއާގައި މީގެ ކުރިން ތަރައްްީކުރަން ފަށާފައިވާ ބްރިޖެއް ނުނިމި 17 އަހަރަށްވިރެ ގިނަ ދުވަސްވީކަމަށް ޢާންމުކޮށްފައިވާ ޚަބަރަކާއެކު ޝިޔާމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ތިލަމާލެ ބްރިޖު ޕްރޮޖެކްޓް އިންއާގެ ކުންފުންޏަށް ދިނުމަކީ ރާއްޖޭގެ ތަރައްްީ ހުއްޓުވުންކަމަށެވެ.

ޝިޔާމް މިހެން ވިދާޅުވެފައިވާއިރު ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވަނީ 2023 ވަނަ އހަރާއި ހަމައަށްދާއިރު މުޅި ބްރިޖު މަޝޤރޫޢު ނުނިމުނުނަމަވެސް ތިލަމާލެ ބްރިޖު މަޝްރޫޢު ހުޅުވާނީ ބައިބަޔަށްކަމަށް ވިދާޅުވެފައެވެ.

ގްރޭޓަރ މާލޭ ސަރަޙައްދު އެއް ވިއުގާއަކުން ގުޅާލުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ އެންމެ މުހިއްމު ރިޔާސީ ވަޢުދުފުޅެކެވެ. މި މަޝްރޫޢުގެ ދަށުން 6.7 ކިލޯ މީޓަރުގެ ދިގު ބްރިޖް އަދި ކޯސްވޭއިން މާލެއާއި ވިލިމާލެއާއި، ތިލަފުށި އަދި ގުޅީފަޅު ގުޅާނާލެއެވެ. މި މަޝްރޫޢަށް ބޭނުންވާ މާލީ އެހީ ހަމަޖައްސާފައިވަނީ އިންޑިއާ ހިލޭ އެހީއާއި ލައިން އޮފް ކްރެޑިޓްގެ ދަށުންނެވެ. އެގޮތުން މި މަޝްރޫޢަށް 100 މިލިއަން ޑޮލަރުގެ ގްރާންޓް އަދި 400 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓް އިންޑިއާ ސަރުކާރުން ދެއްވާފައިވެއެވެ.

މި މަޝްރޫޢުގެ ދަށުން ގުޅީފަޅުގައި އަޅާ ބައިނަލްއަޤްވާމީ ބަނދަރު އަދި ތިލަފުށި އިންޑަސްޓްރިއަލް ޒޯން މާލެއާއި ގުޅާލުން ވެގެންދާނީ ރާއްޖޭގެ އިޤްތިޞާދީ މައި އިންޖީނަށްކަމަށް ސަރުކާރުން ދެކެއެވެ. އެފްކޮންސް އިންފްރަސްޓްރަކްޗަރާ ޙަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢު ނިންމުމަށް އަމާޒު ހިފާފައިވަނީ ދެ އަހަރު ދުވަހުގެ ތެރޭގައެވެ. އެކުންފުންޏަކީ އައްޑޫ ސިޓީގެ މަގުތައް ޒަމާނީ ފެންވަރަށް ހެދުމާއި ބިން ހިއްކުމުގެ މަޝްރޫއުވެސް ކުރިއަށްގެންދާ ކުންފުންޏެވެ.

6.7 ކިލޯ މީޓަރު ދިގު މި ބްރިޖް/ކޯސްވޭ ލިންކްގެ ދެރަށް ދޭތެރޭ ކަނޑުގައި އަޅާ މައި ބްރިޖްތަކުގައި 140 ކިލޯ މީޓަރު ހުންނާނެއެވެ. އަދި ފުން ފަޅުތަކުގައި 1.45 ކިލޯ މީޓަރަށް މެރިން ވިއަރޑަކްޓް، އަދި މޫދު/ގޮނޑުދޮށުގައި 2.32 ކިލޯ މީޓަރަށް މެރިން ވިއަރޑަކްޓް އަދި ބިމާ އެއްހަމައެއްގައި 2.96 ކިލޯ މީޓަރުގެ މަގު ހިމެނެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *