ގދ.ފަރެސްމާތޮޑާއަށް އިދިކޮޅު ޕީއެންސީ ޕީޕީއެމް އިން ކުރި ދަތުރުގައި އެރަށު ފެނަކައިގެ ބައެއް މުވައްޒަފުނާއި، ސަލާމްކުރުމުން ގިނަ ޒުވާނުންތަކެއް ވަޒީފާއިން ވަކިކޮށްފައިވާކަމަށް ޕީޕީއެމްގެ ނާއިބު ރައީސް އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ޝިޔާމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ގދ.އަތޮޅަށް ކުރަމުންދާ ދަތުރުގައި ފަރެސްމާތޮޑާއަށް ޒިޔާރަތްކުރި ދުވަހު އެރަށު ބަނދަރު ސަރަހައްދުން، އެރަށުގެ ފެނަކާގައި މަސައްކަތްކުރާ ބައެއް ޒުވާނުންނާއި ސަލާމްކުރުމުން، އެ ފަރާތްތައް ވަޒީފާއިން ވަކިކޮށްފައިވާކަމަށެވެ. ޝިޔާމް ވަނީ އެއީ އަނިޔާވެރިކަންކަމަށް ސިފަކުރައްވާ އެކަން ވަރަށް އަވަހަށް ނިމޭނެކަމަށް ވިދާޅުވެފައެވެ.
GDh ah kuramundha dhathurugai Faresmathoda ah ziyazraiy kuri dhuvahu bandharun salaankolli kamahtakai alhuganduge akhu Nadheem aa eku ethah zuvaanunneh vanee @TeamFenaka ge vazeefaa in vakikoffai. In Sha Allah mi aniyaaverikan varah avahah nimeyne. #FreePresidentYameenNow pic.twitter.com/BKqtLOKhGJ
— Ahmed Shiyam (@Shiyamaldives) August 24, 2021
ޝިޔާމް މިހެން ވިދާޅުވެފައިވާއިރު، ވަކި ސިޔާސީ ޕާޓީއަކަށް ނިސްބަތވެް އެޕާޓީގެ ހަރަކާތެއްގައި އުޅުމަކުން އެއްވެސް މީހަކު ވަޒީފާއިން ވަކިނުކުރާނެކަމަށް ސަރުކާރުންް ވަނީ ބުނެފައެވެ. ނަމަވެސް ފަހަކަށް އައިސް އިދިކޮޅު ސިޔާސި ފިކުރަށް ނިސްބަތްވާ ބައެއް ފަރާތްތަކުން ސޯޝަލް މީޑިއާގައި ފާޅުކުރާ ޚިޔާލުތަކާއި ގުޅިގެން ވަޒީފާއިން ވަކިކުރާކަމުގެ ތުހުމަތުތަކެއް އަންނަނީ ކުރެވެމުންނެވެ.
ކުރީގެ ރައީސް ޢަބްދުﷲ ޔާމީންގެ ސަރުގާއިވެސް ސިޔާސީ ގޮތުން ޚިޔާލުތަފާތު ފަތާތްތައް ވަޒީފާއިން ވަކިކުރާކަމަށް ތުހުމަތުކޮށް، ވަޒީފާއިން ވަކިކުރާ އެންމެނަށް ވަޒީފާ ދޭނެކަމަށް މިސަރުކާރުން ވަނީ ބުނެފައެވެ.