ވެރިކަން ކުރާ މައިޕާޓީ، އެމްޑީޕީން ރައްޔިތުންނަށް ވަޢުދުވިގޮތަށް ޖުޑީޝަލް ސާވިސް ކޮމިޝަން ބަދަލު ކުރުމަށް ޕެޓިޝަނާއި ޤަރާރު ހުށަނާޅަނީ ކީއްވެތޯ ކްރިމިނަކް ކޯޓުގެ ކުރީގެ އިސް ޤާޒީ އަޙްމަދު ހައިލަމް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދާއި ސުވާލު ކުރައްވައިފިއެވެ.
ޖޭއެސްސީގެ ކޮމްޕޮޒިޝަން ނުވަތަ އެކުލެވިގެންވާގޮތް ބަދަލުކުރުމަކީ މިސަރުކާރުގެ ވަޢުދެކެވެ. ޤާނޫނު އަސާސީގައި ބުނާގޮތުން ޖުޑީޝަލް ސާރވިސް ކޮމިޝަން އެކުލެވިގެން ވާނީ، މަޖިލީހުގެ ރައީސް އާއި މަޖިލީހުގެ މެންބަރުންގެ ތެރެއިން އެމަޖިލީހުން ކަނޑައަޅާ މެންބަރުންގެ މައްޗަށް އެކުލެވޭ 10 މެންބަރުންގެ މައްޗަށެވެ.
ޖޭއެސްސީ ބަދަލު ކުރުމަށް މިއަދާއި ހަމައަށްވެސް އެއްވެސް މަސައްކަތެއް މަޖިލިސް ތެރެއިން ކޮށްފައި ނުވެއެވެ. ވެރިކަމުގެ ނިޒާމު ބަދަލު ކުރުމަށް ޕެޓިޝަން ހަދަމުންދާ މިދަނޑިވަޅުގައި ހައިލަމް ވިދާޅުވީ، ޖޭއެސްސީގެ އޮނިގަނޑު ބަދަލު ކުރުމަކީ މިސަރުކާރުން ވެރިކަމަށް އައުމަށް ވެފައިވާ އެންމެ ބޮޑު އެއްވައުދު ކަމަށެވެ. މިވައުދު ފުއްދުމަށް ޕެޓިޝަނާއި ޤަރާރު ހުށަހަޅައިގެން މިކަން ނުކުރަންވީ ސަބަބެއް ނުފެންނަ ކަމަށް ހައިލަމް ވިދާޅުވިއެވެ.
މެނިފެސްޓޯގައި އޮތީ ނިޒާމުގެ ވައުދުގެ ވާހަކަ އެކަނިތޯ؟ ޖޭއެސްސީގެ އޮނިގަނޑު ބަދަލުކުރުމަކީ މެނިފެސްޓޯގައި ހިމެނޭ އެންމެ ބޮޑު ވައުދު. އޮނިގަނޑު ބަދަލުކުރުމަށް ޕެޓިޝަނާއި ޤަރާރު ހުށަނާޅަނީ ކީއްވެގެންތޯ؟ އިންސާފެއް ނެތޭ ކިޔައިގެން ދޮގު ވިއްކި ދުވަސްމަތިން ހަނދުމަފުޅު ނެތުނީތޯ؟
– ހައިލަމް ވިދާޅުވިއެވެ.
މެނިފެސްޓޯގައި އޮތީ ނިޒާމުގެ ވައުދުގެ ވާހަކަ އެކަނިތޯ؟ @MaldivesJSC ގެ އޮނިގަނޑު ބަދަލުކުރުމަކީ މެނިފެސްޓޯގައި ހިމެނޭ އެންމެ ބޮޑު ވައުދު. އޮނިގަނޑު ބަދަލުކުރުމަށް ޕެޓިޝަނާއި ޤަރާރު ހުށަނާޅަނީ ކީއްވެގެންތޯ؟ އިންސާފެއް ނެތޭ ކިޔައިގެން ދޮގު ވިއްކި ދުވަސްމަތިން ހަނދުމަފުޅު ނެތުނީތޯ؟ https://t.co/C1WvyG2uQD pic.twitter.com/LHj15yAfUz
— Ahmed Hailam (@AhmedHailam) August 22, 2021
ޖުޑިޝަލް ސާރވިސް ކޮމިޝަން، ޖޭއެސްސީ އެކުލެވިގެންވާ ގޮތް ބަދަލުކުރަން ލަސްނުވާކަމަށާއި، އެކަން މިސަރުކާރުން ކުރައްވާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ބޮމުގެ ހަމަލާގެ ކުރިން މަޖިލިސްގައި މިދިޔަ އަހަރުގެ ފަހުކޮޅު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވެފައެވެ. ވެރިކަމަށް ތިން ދެއަހަރާއި ބައިވެގެން ދިޔައިރުވެސް ޖޭއެސްސީގެ ކޮންޕޮޒިޝަން ބަދަލު ކުރުމުގެ އެއްވެސް މަޝްވަރާއެއް އަދި މިހާތަނަށް ކޮށްފައި ނުވެއެވެ.
އެމްޑީޕީން ވެރިކަމަށް އައުމަށް ރައްޔިތުންނަށް ވިއްކި މެނިފެސްޓޯގައި އެމްޑީޕީން ހުށަހަޅާފައިވަނީ ފަނޑިޔާރުންނަށް ފާރަވެރިވެ، ފަނޑިޔާރުންގެ ސުލޫކީ މިންގަޑު ބެލެހެއްޓުމަށްއޮތް ޖުޑީޝަލް ސަރވިސް ކޮމިޝަން އެކުލެވިގެންވާ ގޮތަށާއި، އެކުލަވާލާ ގޮތަށް ބަދަލު ގެނައުމަށެވެ. ފަނޑިޔާރުންގެ ޒާތީ މަސްލަހަތާއި، ތައައްސަބުން އެއްކިބާވެފައިވާ ޖުޑިޝަލް ސަރވިސް ކޮމިޝަނެއް ގާއިމްކުރުމަށެވެ.
ފަނޑިޔާރުންގެ ޒާތީ މަސްލަހަތާއި، ތައައްސަބުން އެއްކިބާވެފައިވާ ޖުޑިޝަލް ސަރވިސް ކޮމިޝަނެއް ގާއިމްކުރުމަށް ހުށަހަޅާފައިވާ ކަންތައްތަކުގެ ތެރޭގައި، ޖޭއެސްސީ ގެ މެންބަރުން ކަނޑައަޅާއިރު ފަނޑިޔާރުންނާއި، މާޤާމުގެ ހައިސިއްޔަތުން ޢައްޔަންކުރެވޭ ފަރާތްތައް ކޮމިޝަންގައި ނުހިމެނުން އަދި ކޮމިޝަންގައި ހިމެނޭ ހުރިހައި މެންބަރުންނަކީ ޢާންމުރައްޔިތުންގެ ތެރެއިން ބަޔަކަށްވުމާއެކު، އެއްވެސް މެންބަރަކީ ވަކި ދާއިރާއަށް ޚާއްސަވެފައިވާ މީހަކަށް ވާންނުޖެހުމެވެ.
މީގެ އިތުރުން މެންބަރުންގެ ޝަރުޠުތަކުގެތެރޭގައި ޑިގްރީއެއް އޮތުމާއި، ކުށުގެ ރެކޯޑެއް ނެތުންފަދަ ޝަރުޠުތަކެއް ކަނޑައެޅިފައި އޮތުން ހިމެނެއެވެ. ނަމަވެސް މިއަދާއި ހަމައަށްވެސް މިވައުދު ފުއްދުމަށާއި، މެނިފެސްޓޯގައި ހުށަހަޅާފައިވާ ކަންކަން ތަންފީޒު ކުރުމަށް މާބޮޑު މަސައްކަތެއް ކުރެވިފައި ނުވެއެވެ.ަ