ހުޅުމާލޭ ރައްޔިތުންނަށް ލިބިފައިވަނީ ޖަވާހިރެއްފަދަ ކައުންސިލަރެއް: މުސްތަފާ

ހުޅުމާލޭ ރައްޔިތުންނަށް ލިބިފައިވަނީ ޖަވާހިރެއްފަދަ ކައުންސިލަރެއް: މުސްތަފާ

Author
މުޙައްމަދު ޝަޒައިމް
07 އޮގަސްޓް 2021 10:30
0

ހުޅުމާލޭ ރައްޔިތުންނަށް ލިބިފައިވަނީ ޖަވާހިރެއްފަދަ ކައުންސިލަރެއް ކަމުގައި ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށި ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު މުސްތަފާ ވިދާޅުވެއްޖެއެވެ.

ޝުޖާއު އިއްޔެ ކުރެއްވި ޓުވިޓެއްގައި ވިދާޅުވީ، ކައުންސިލްގެ މެންބަރަކަށް ވުމަށް ކެމްޕޭނަށް އޭނާ ނުކުމެ އުޅުނުއިރު، ރައްޔިތުންގެ ހާލު ބަލާނެ މީހަކަށް އޭނާ ވާނެތޯ ރައްޔިތުން ސުވާލު ކުރި ކަމަށެވެ. އެއިރު ޖަވާބެއްގެ ގޮތުން “އާދޭހޭ އަޅުގަނޑަކީ އަޅުގަނޑުގެ ދާއިރާގެ ރައްޔިތުންގެ ހާލު އަބަދުވެސް ބަލާނެ މީހަކަށް ވާނަމޭ!” ވިދާޅުވެފައިވާނެ ކަމަށް ޝުޖާއު ވިދާޅުވިއެވެ.

ޝުޖާއު ވި އެ ވައުދާއި އެއްގޮތަށް އޭނާ އިއްޔެ ވަނީ ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނާއި ބައްދަލު ކުރައްވާފައެވެ. އަދި ރައްޔިތުންގެ ހުރި ކަންބޮޑުވުންތަކާއި، ރައްޔިތުންގެ ހާލު އޭނާ އޮޅުން ފިލުވިއެވެ.

ޝުޖާގެ މިޓްވީޓު ޓެގްކޮށް މުސްތަފާ ތިމަރަފުށީ ބަހުން ކުރެއްވި ޓްވީޓުގައި ވިދާޅުވީ ޝުޖާއަކީ ހިއްވަރުގަދަ ބޭފުޅެއްކަމަށެވެ. އަދި ހުޅުމާލޭ ރައްޔިތުން ޝުޖާ އިހުތިޖާރު ކުރެއްވީތީ މަރުހަބާ ދަންނަވަންޖެހޭކަމަށެވެ.

ހުޅުމާލެ ދާއިރާގެ ކައުންސިލަރަކަށް ޝުޖާއު ހޮވިވަޑައިގެންނެވި ފަހުން، އޭނާ ގެންދަވަނީ ދާއިރާގެ ރައްޔިތުންނާއި ގުޅުން ހުރި ގިނަ ކަންކަން ހައްލުކޮށްދެވޭތޯ މަސައްކަތް ކުރައްވަމުންނެވެ. ޝުޖާއު ވިދާޅުވީ، ކުރިން ވެވަޑައިގެންނެވި ވައުދުތައް ފުއްދޭތޯ މަސައްކަތް ކުރައްވަމުންގެންދަވާ ކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ސ ސަފަރު
ސުޖާއަކީ ވަރަށް ހިނގުންތެރި ބޭކަލެއް ކަން ފާހަގަ ކޮށްލަން، ޚާއްސަކޮށް ރޔާމީންގެ އުސޫލުތައް ބަލައިގަނެގެން އުޅުއްވާ ކއްމެ ބޭފުޅަކީ ވެސް ވަރަށް ހީވައިގި ވަރަށް ކެރޭ ފިސަހަރި ބޭފުޅުން ކޮޅެއް، ރޔާމީން ވިދާޅުވިހެން އެ މަނިކުފާނަށް މީހުން ދަސްފުޅު ނުވިކަމީ ވަރަށް ވެސް އެމަނިކުފާނަށް ގެއްލުން ވި އެއްސަބަބު، އެބައިގަނޑު މިހާރު ޕީޕީއެމް ތެރެއިން ފޭދިގެން ހިނގައްޖެވެސްމެ، ރޔާމީއަކީ މީހުނަށް ވަރަށް އިތުބާރު ކުރަށްވާ ރައިއްޔަތުން ދެކެ ވަރަށް ލޯބިފުޅުވި ވަރަށް އޯގާތެރި ހީވާގި ރައީސެއް،
ގ ގޮމަކަސްތޫރި
ސުޖާއުއަށް ބުނެލަން ބޭނުންވަނީ ޕީޕީއެމްއަކީ ޚާއްޞަކޮށް ރައީސް ޔާމީނަކީ ނުގުޑާފަަދަ ޢަޒުމެއްގައި ކުރިޔަށް ވަޑައިގަންނަވާ ދިވެހި ރައްޔިތުންގެ މިއަދުގެވެސް ރައީސެވެ. ރައީސް ޔާމީނަކީ ވަޢުދުވެ ވަޢުދުފުއްދަވާ ރައީސަކަށްވާތީ ޔަާމީންގެ ރޮކެޓް ސްޕީޑްގައި ހުޅުމާލޭގެ ރައްޔިތުންނާއިގެން ކުރިޔަށް ވަޑައިގެން ރައްޔިތުންގެ ފުރިހަމަ ތާއީދު ދެންއޮންނަ ރިޔާސީ އިންތިޚާބުގައިވެސް ޕީޕީއެމްއަށް ހޯއްދައިދެއްވާށެވެ. ޤައު މިއަދުމިއޮތް ހާަތުން އިތުރު ޙާލަތަށް ބަދަލުކޮށްލެވޭނެ ހަމައެކަނި ލީޑަރަކީ ރައީސް ޔާމީނެވެ. ސުޖާއުތިޔަކުރައްވާ އަގުހުރި ބުރަ މަސައްކަތަށް މަރުޙަބާ ދަންނަވަމެވެ.