ބްރިޖް މަތީ ބޭއްވި ކައިވެނި މަޖިލީހެއް - ފޮޓޯ: ޕީއެސްއެމް

ގިނަބަޔަކަށް ބައިވެރި ވެވޭގޮތަށް ޕާޓީތަކާއި، ހަފްލާތައް ބާއްވަން ހުއްދަދީފި

ގިނަބަޔަކަށް ބައިވެރި ވެވޭގޮތަށް ޕާޓީތަކާއި، ހަފްލާތައް ބާއްވަން ހުއްދަދީފި

ގުޅުންހުރި

ގިނަ މީހުންނަށް ބައިވެރިވެވޭ ގޮތަށް ކައިވެނި ޕާޓީތަކާއި، ހަފްލާތައް ބޭއްވުމަށް އެޗްޕީއޭއިން ހުއްދަ ދީފިއެވެ.

އެޗްޕީއޭއިން ކުރިއަށް ގެންދާ ޕްރެސް ކޮންފަރެންސްގައި އެސެންޓަރުގެ ތަރުޖަމާން ޑރ.ނަޒްލާ ރަފީގު ވިދާޅުވީ ރާއްޖޭގެ ހާލަތު ނިއު-ނޯމަލްގައި އޮތުމުން އާ އާންމު ހާލަތާއިއެކު އުޅުމަށް ގަނަ ލުއިތަކެއް ދިނުމަށް ނިންމާފައިވަކަމަށެވެ. އެގޮތުން ކައިވެނި ޕާޓީތަކައި ހަފްލާތައް ގިނަ މީހުންނަށް ބައިވެރިވެވޭ ގޮތަށް ބޭއްވުމަށް ހުއްދަ ދިނުމަށް ނިންމާފައިވާކަމަށެވެ.

މާދަމައިން ފެށިގެން ކައިވެނި ޕާޓީތަކާއި، ހަފްލާތައް ގިނަ މީހުންނަށް ބައިވެރިވެވޭ ގޮތަށް ހުއްދަ ދިން ނަމަވެސް، ގައިދުރު ކަމާއި، މާސްކު އެޅުމާއި، އެޗްޕީއޭއިން މިހާލަތުގައިވެސް ކަނޑައަޅާފައިވާ ގައިޑްލައިންތަކުގައި ވާގޮތުގެ މަތީން އަމަލުތައް ބެހެއްޓުމަށް ނަޒްލާ ވަނީ އިލްތިމާސް ކުރައްވާފައެވެ.

ކޯވިޑް-19ގެ ކޭސްތައް މަދުވަމުން ދިޔަ ކަމުގައި ވީނަމަވެސް، މިހާރުވެސް ގިނަ މީހުން އެއްވެ އުޅޭތަންތަނަށްދާ މީހުން ކޯވިޑަށް ޓެސްޓް ކުރުމުން ޕޮޒިޓިވާކަމަށާއި، އެހެންކަމުން ގިނަ މީހުން އެއްވާ ހާލަތްތަކުގައި މިކަންކަމަށް ސަމާލުކަން ދޭންޖެހޭކަމަށް ނަޒްލާ ވިދާޅުވިއެވެ.

މާލެ ސަރަހައްދުގައި ޕާޓީތަކައި ހަފްލާތައް ގިނަ މީހުން ބައިވެރިވެގެން ނުބޭއްވޭގޮތަށް ކަނޑައަޅާފައި އޮތުމަށްފަހު، މިފަހުން ދިން ލުއިތަކުގައި ވަކި އަދަދަކަށް މީހުން ބައިވެރިވެގެން ޕާޓީތަކައި ހަފްލާތައް ބާއްވަން ހުއްދަ ދީފައިވއެވެ. ނަމަވެސް ކުރިންވެސް ޕާޓީތަކާއި، ހަފްލާތައް ބޭއްވި ގޮތަށް ބާއްވަން ހުއްދަ ދިން ފުރަތަމަ ފަހަރެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ