އިނގިރޭސިވިލާތުގެ ވަގުތީ ވިސާ ސެންޓަރެއް މާލޭގައި ހުޅުވައިފި

އިނގިރޭސިވިލާތުގެ ވަގުތީ ވިސާ ސެންޓަރެއް މާލޭގައި ހުޅުވައިފި

Author
މުޙައްމަދު ޖިމީ
02 އޮގަސްޓް 2021 12:09
0

އިނގިރޭސިވިލާތުގެ ވަގުތީ ވިސާ އެޕްލިކޭޝަން ސެންޓަރެއް ޤާއިމްކޮށް ޚިދުމަތްދޭން ފަށައިފިއެވެ.

ފޮރިން މިނިސްޓްރީން ބުނީ،  މިމަހުގެ 2 އިން 4 އަށް ފޮރިން މިނިސްޓްރީގައި ޤާއިމްކުރެވިފައިވާ ވަގުތީ ވިސާ އެޕްލިކޭޝަން ސެންޓަރުން، ކުރިން އެޕޮއިންޓްމަންޓް ހައްދާފައިވާ ފަރާތްތަކުގެ ޑޮކިއުމަންޓްތައް ބަލައިގަތުމާއި، ބަޔޯމެޓްރިކްސް އެންރޯލްމަންޓް ކުރިއަށްދާނެކަމަށެވެ.

ވަގުތީ ވިސާ އެޕްލިކޭޝަން ސެންޓަރެއް އިނގިރޭސިވިލާތުން ހުޅުވާފައިމިވަނީ، ދިވެހި ސަރުކާރުގެ އެދުމުގެ މަތިން، އިނގިރޭސިވިލާތަށް ދަތުރުކުރާ ދިވެހިންނަށް، ވަކިން ޚާއްސަކޮށް މަތީ ތައުލީމަށް އެގައުމަށް ދަތުރުކުރާ ދަރިވަރުންނަށް ވިސާގެ ކަންތައްތައް ލުއިފަސޭހަ ގޮތެއްގައި ހަމަޖައްސައިދިނުމުގެ ގޮތުންކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.

މި މަސައްކަތަކީ ދިވެހި ރައްޔިތުންނަށް ފޮރިން މިނިސްޓްރީ އިން ފޯރުކޮށްދޭ ކޮންސިއުލަރ ޚިދުމަތްތައް އިތުރަށް ފުޅާކޮށް، ތަރައްޤީކުރުމަށް ކުރެވެމުންދާ މަސައްކަތުގެ ބައެއްކަމަށްވެސް ފޮރިން މިނިސްޓްރީން ބުންޏެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.