ޓޯކިޔޯ 2020 އޮލިމްޕިކްސްގެ ހުޅުވުމުގެ ރަސްމިއްޔާތުގެ ޑައިރެކްޓަރ، ކުރިން ހޮލޯކޮސްޓާއި ގުޅޭގޮތުން ހަޖޫ ޖަހާފައިވާކަމަށް މީޑިއާތަކުން ރިޕޯޓު ކުރުމާއި ގުޅިގެން، އޮލިންޕިކްސް އިންތިޒާމް ކުރާ ފަރާތްތަކުން އޭނާ މަގާމުން ވަކި ކޮށްފިއެވެ.
ޓޯކިޔޯ 2020ގެ ރައީސް ސެއިކޯ ހަށިމޯޓޯ ބުރާސްފަތި ދުވަހު ބޭއްވި ނިއުސް ބްރީފިންއެއްގައި ވިދާޅުވެފައިވަނީ، އޮލިމްޕިކްސް ހުޅުވުމުގެ ރަސްމިއްޔާތުގެ ޑައިރެކްޓަރ ކެންޓާރޯ ކޮބަޔަޝި މަގާމުން ވަކި ކޮށްފައިވަނީ، 1990ގެ އަހަރުތަކުގެ ކޮމެޑީ ފިލްމެއްގައި، 6 މިލިއަން ޔަހޫދީން މަރުވެދިޔަ ހޮލޮކޯސްޓް ހާދިސާއާއި ގުޅޭގޮތުން އޭނާ ޖޯކު ޖަހާފައިވާތީއެވެ.
1998ވަނަ އަހަރުގެ އެ ފިލްމުގެ ވީޑިއޯ ކުލިޕެއްގައި ކޮބަޔަޝި ފެންނަނީ، "ޔަހޫދީން ގަތުލު ކުރާ ކުޅިވަރު ކުޅެމާ" ނަމަކަށް ކިޔާ ގޭމްއަކާއި ގުޅޭގޮތުން އޭނާ ޖޯކު ޖަހާތަނާއި އަދި ޖޯކު ޖެހުމުން އޯޑިއެންސްގައި ތިބި މީހުން ހީ ހަދާ އަޑު ވީޑިއޯ ކުލިޕުން އިވެއެވެ.
ބައިނަލް އަގުވާމީ ޖެވިޝް ހިއުމަން ރައިޓްސް އޯގަނިޒޭޝަންއެއް ކަމުގައިވާ ދަ ސައިމަން ވިސެންތަލް ސެންޓަރއިން ކުރިން ވަނީ، ކޮބަޔަޝީގެ މި އަމަލް ކުށްވެރި ކުރުމުގެ ގޮތުން ބަޔާނެއްވެސް ނެރެފައެވެ.
"ޓޯކިޔޯ އޮލިމްޕިސްގައި، މިމީހާއާއި ބާއްވާ ކޮންމެ ގުޅުމަކީވެސް 6 މިލިއަން ޔަހޫދީންނަށް ވެވޭ ބޭއިންސާފެއް، އަދި އޭގެއިން ފެނިގެންދާނީ ޕެރައޮލިމްޕިކްސްގެ އަނިޔާވެރިކަން،" ޔަހޫދީ ރައްބީއެއް ކަމުގައިވާ އަދި ސައިމަން ވިސެންތަލް ސެންޓަރގެ އެސޯޝީއޭޓް ޑީން އެންޑް ގްލޯބަލް ސޯޝަލް ޑައިރެކްޓަރ ވިދާޅުވެފައި ވެއެވެ.
ކޮބަޔަޝި ވަނީ އޭނާ ދައްކާފައިވާ "ތާކުންތާކު ނުޖެހޭ" ވާހަކައާއި ގުޅޭގޮތުން ނުހަނު ހިތާމަ ކުރާކަމުގައި ބުނެފައެވެ.
ކޮމެންޓު ފޮނުވާ