ރާއްޖޭގެ 6 ދަރިވަރަކަށް ޖަޕާނުން ސްކޮލާޝިޕް ދެނީ

ރާއްޖޭގެ 6 ދަރިވަރަކަށް ޖަޕާނުން ސްކޮލާޝިޕް ދެނީ

Author
މުޙައްމަދު ޝަޒައިމް
16 ޖުލައި 2021 03:52
0

ޖަޕާނުގެ އެހީގައި ހިއުމަން ރިސޯސް ޑެވެލޮޕްމެންޓް ސްކޮލާޝިޕް (ޖޭޑީއެސް) ދިނުމުގެ ޕރޮޖެކްޓްގެ އެއްބަސް ވުމުގައި ސޮއި ކޮށްފިއެވެ.

މި އެއްބަސް ވުމުގައި ސޮއި ކޮށްފައިވަނީ ޖަޕާނުން ރާއްޖެޔައް ކަނޑައަޅާފައިވާ އެމްބެސެޑާ ކެއިކޯ ޔަނައި އަދި ރާއްޖޭގެ ފޮރިން މިނިސްޓާ އަބްދުﷲ ޝާހިދެވެ. އެއްބަސްވުމުގައި ސޮއި ކުރުމުގެ ހަފްލާ ބާއްވާފައިވަނީ އިއްޔެގެ ވަގުތެއްގައި މިނިސްޓްރީ އޮފް ފޮރިން މިނިސްޓްރީގައެވެ.

އެއްބަސް ވުމުގެ ތެރެއިން ރާއްޖެއަށް 110 މިލިއަން ޔެންގެ ގްރާންޓެއް ލިބޭނެއެވެ. މިއީ ގައިގަނޑަކަށް 995،000 އެމެރިކާ ޑޮލަރު ނުވަތަ 15 މިލިއަން ރުފިޔާއެވެ. އަދި މި ގްރާންޓްގެ ދަށުން ހަ ފަރާތަކަށް ޖަޕާންގެ އެންމެ ފެންވަރު ރަނގަޅު ޔުނިވާސިޓީ ތަކުން މާސްޓާސް ޑިގްރީ އާއި ހަމައަށް އެއްކޮށް ކިޔެވުމަށް ސްކޮލާޝިޕް ދޭނެއެވެ.

މިއީ ޖޭޑީއެސްގެ ދަށުން ރާއްޖޭގެ ދަރިވަރުންނަށް ސްކޮލާޝިޕް ދިނުމަށް ސޮއިކުރި ދެވަނަ ފަހަރެވެ. މިދިޔަ އަހަރު މި ޕްރޮޖެކްޓުގެ ދަށުން ރާއްޖޭގެ 24 ދަރިވަރަކަށް 19 މިލިއަން ރުފިޔާގެ ސްކޮލާޝިޕްތަކެއް ދިނުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފައިވެއެވެ.

މި ޕްރޮގްރާމް 2020 ގައި ވެސް ކުރިއަށް ގެންގޮސްްފައި ވެއެވެ. އަދި މިއަހަރު ވެސް އިތުރު ހަ ފަރާތަކަށް މި ފުރުސަތު ހުޅުވާލާނެއެވެ. ޖޭޑީއެސް އަކީ ޖަޕާނު ސަރުކާރުން 1999 ވަނަ އަހަރުން ފަށައިގެން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ. އަދި މިހާތަނަށް 15 ގައުމަކަށް ވަނީ ސްކޮލާޝިޕް ދީފައި ވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.