ރާއްޖޭގެ މީޑިއާގެ ދާއިރާގައި ގިނަ ޚިދުމަތްތަކެއް ކޮށްދެއްވި ކޮނޑޭ އަލި މަނިކު ނިޔާވެއްޖެއެވެ.
އަލީ މަނިކު (ކޮނޑޭ އަލި މަނިކު) ނިޔާވީ އުމުރުފުޅުން 87 އަހަރުގައި މިއަދު ހެނދުނުގެ ވަގުތެއްގައެވެ. އަލި މަނިކަކީ ދިވެހި ރާއްޖޭގެ އަޑުގައި ގިނަ އަހަރުތަކެއް ވަންދެން އަގުހުރި ޚިދުމަތްތަކެއް ކުރެއްވި ބޭފުޅެކެވެ.
އަލީ މަނިކުއަކީ ދިވެހިރާއްޖޭގެ އަޑުގެ ރޭޑިއޯ ޚިދުމަތް ތަޢާރަފް ކުރުމުގައި އިސް ދައުރެއް އަދާ ކުރެއްވި ފަންނީ މޭސްތިރިއެކެވެ. ކޮނޑޭ އަލި މަނިކަކީ ރާއްޖޭގެ ރޭޑިއޯ ބްރޯޑްކާސްޓިންގގައި ރަން އަކުރުން ފަވާލަން ޖެހޭ އަދި ރޭޑިއޯބްރޯޑްކާސްޓިންގއަށް ގިނަ ގުނަ ޚިދުމަތްތަކެއް ކުރައްވާފައިވާ ޚިދުމަތްތެރިއެކެވެ.

މަރުހޫމް އަލި މަނިކުގެ ކަށުނަމާދުކުރުން އޮންނާނީ އާސަހަރާ މިސްކިތުގައި މިރޭގެ މަޢްރިބް ނަމާދަށްފަހުގައެވެ. މަރުހޫމް އަލި މަނިކުގެ އާއިލާއަށް ޚަބަރު އޮންލައިންގެ ފަރާތުން ތައުޒިޔާ ދަންނަވަމެވެ. އަދި މަރުހޫމް އަލި މަނިކުގެ ފުރާނަފުޅަށް ސުވަރުގޭގެ މަތުވެރި ނިއުމަތް މިންވަރުކޮށް ދެއްވުން އެދި ދުޢާކުރަމެވެ.
ކޮމެންޓު ފޮނުވާ