މިހާތަނަށް އަދި އެކުގައި ފިލްމެއް ކުޅެފައިނުވާ ދެތަރިން ކަމުގައިވާ ޝާހްރުކް ޚާނާއި ސަންޖޭ ދަތު އެކުގައި ފިލްމެއް ކުޅުމަށް ތައްޔާރުވަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.
ގިނަ ބަހުރުވަތަކަކުން ނެރުމަށް ތައްޔާރުވަމުންދާ މި ފިލްމުގެ ނަމަކީ "ރާކީ" އެވެ. ރިޕޯޓުތައް ބުނާގޮތުގައި މިވަގުތު މި ދެތަރިންވެސް މުމްބާއީގައި މިފިލްމުގެ މަސައްކަތްތައް ވަނީ ފަށާފަ އެވެ.
ވަޔަކޮމް-18 އިން ޕްރޮޑިއުސް ކުރާ މި ފިލްމް ވަރަށް އަވަހަށް އިއުލާން ކުރާނެ ކަމަށް ވެސް ރިޕޯޓްތައް ބުނެއެވެ. މިގެ ކުރިން ސަންޖޭ ވަނީ ޝާހުގެ ދެ ފިލްމަކުން ވަރަށް ކުޑަކުޑަ މަންޒަރަކުން ހާއްސަ ފެނިލުމަކުން ފެނިގެން ގޮސްފަ އެވެ.
ސަންޖޭ ދަތުގެ މަގުބޫލް ފިލްމް "މުންނާ ބާއީ" އަކީ ޝާހުރުކް ނުކުޅެން ދޫކޮށްލުމުން ސަންޖޭ އަށް ލިބުނު ފިލްމެކެވެ. އަދި މި ފިލްމަކީ ވަރަށް ބޮޑުތަރުހީބެއް ލިބިގެން ދިއަ ފިލްމެއް ވެސް މެއެވެ. މި ފިލްމްގެ ކާމިޔާބީ އާއި އެކުގައި މީގެ ދެވަނަ ބައެއްވެސް ވަނީ ނެރެފަ އެވެ. އަދި މީ ސީރީޒްގެ 3 ވަނަ ބައެއް ނެރުމަށް ވަނީ ނިންމާފަ އެވެ. ސަންޖޭގެ ކުރިއަށް އޮތް ފިލްމަކީ"ބުޖް: ދަ ޕްރައިޑް އޮފް އިންޑިއާ"އެވެ. މިފިލްމު އަންނަ މަހު 13 ގައި ރިލީޒް ކުރާނެއެވެ.
ޝާހްރުކް އެންމެ ފަހުން ފެނިގެން ދިއައީ "ޒީރޯ" އިންނެވެ. މީ މާބޮޑު ކާމިޔާބެއް ހޯދުނު ފިލްމްއެއް ނޫނެވެ. މީހަރު ޝާހުރުކް ދަނީ އޭނާގެ މެގަ ޕްރޮޖެކްޓްގެ މަސައްކަތް ކުރަމުންނެވެ. އެއީ ބޮޑު ކާސްޓް އަކާއެކު މިހާރު ޝޫޓިންގ ކުރިއަށްދާ "ޕަތަން" އެވެ. ބޮލީވުޑްގެ މަޝްހޫރު ގިނަ ތަރިންތަކެއް ފެނިގެންދާ މި ފިލްމް މަކީ މިހާރު އެންމެ ގިނަ ބަޔަކު އިންތިޒާރުކުރުަމުންދާ ބޮލީވުޑްގެ ފިލްމެވެ.
One Response
Thee dhogeh.
Dhemeehun kurin ehfilmakun fenunu.