ޕީޕީއެމް، ޕީއެންސީއަށް ރަނގަޅު ގޮތަކީ ކޮބައިކަމެއް އެހެން ޕާޓީއެއްގެ ރައީސަކަށް ނޭގޭނެ: ޝިޔާމް

ޕީޕީއެމް، ޕީއެންސީއަށް ރަނގަޅު ގޮތަކީ ކޮބައިކަމެއް އެހެން ޕާޓީއެއްގެ ރައީސަކަށް ނޭގޭނެ: ޝިޔާމް

Author
މުޙައްމަދު ޝަޒައިމް
15 ޖުލައި 2021 02:07
0

އިދިކޮޅު ޕީޕީއެމް ޕީއެންސީއަށް ރަނގަޅު ގޮތަކީ ކޮބައިކަމެއް އެހެން ޕާޓީއެއްގެ ރައީސަކަށް ނޭގޭނެ ކަމުގައި ޕީޕީއެމްގެ ނާއިބް ރައީސް އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

އެމްޑީޕީ އާއި ޕީޕީއެމް ކޯލިޝަނެއް ބޭނުން ވާކަން ތަކުރާރު ކުރައްވަމުން އެންމެ ރަނގަޅު ގޮތަކީ ރައީސް އަބްދުﷲ ޔާމީންގެ އެހީ ހޯދުން ކަމަށް ކުރީގެ ރައީސް އަދި ރައްޔިތުން މަޖިލީހާއި އެމްޑީޕީގެ ރައީސް ކަން ކުރައްވާ ރައީސް މުހައްމަދު ނަޝިދު ވިދާޅުވާ ވާހަކަފުޅު ތަކުރާރު ކުރައްވުމާއި ގުޅިގެން ޝިޔާމް ވިދާޅުވީ ޕީޕީއެމް ޕީއެންސީއަށް އޮތް ރަނގަޅު ގޮތެއް އެހެން ޕާޓީއެއްގެ ރައީސަކަށް ނޭގޭނެކަމަށެވެ. ރައީސް ޔާމީންވަނީ ޕީޕީއެމް ޕީއެންސީގެ ސިޔާސަތަކީ ޤައުމާއި ރައްޔިތުންނަށް އެންމެ ފައިދާހުރި ސިޔާސަތެއްކަން ހާމަކޮށް ދެއްވާފައިވާކަމަށް ޝިޔާމް ވިދާޅުވިއެވެ.

ޕީޕީއެމް ޕީއެންސީ އަށް ރަނގަޅުގޮތް ނިންމާނީ އަޅުގަނޑުމެން. އެއީ އެހެން ޕާޓީއެއްގެ ރައީސަކަށް ނުވަތަ އެހެން ޕާޓީއަކަށް އޮތް ބާރެއްނޫންވެސް ނޫން. ރައީސް ޔާމީން ވަނީ އެމަނިކުފާނުގެ ސިޔާސާތު ތަކަކީ ޤައުމާއި ރައްޔިތުންނަށް އެންމެ ފައިދާހުރި ސިޔާސަތުތައްކަން ސާބިތުކޮށްދެއްވާފަ.

– ޝިޔާމް ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވެފައިވަނީ ޕީޕީއެމަށް ބަދަލުތަކެއް ގެންނަށް ޖެހޭ ކަމަށެވެ. އެ ބަދަލުތަކަކީ “އިންޑިއާ އައުޓް” ގެ ފަލްސަފާ އާއި ދުރު އަދި “ހިސާން” ބިލަށް ތާއީދު ކުރާ ކުރާ މިއުޒިކަށް ވެސް އެބަސްވާ ބަދަލުތަކެއް ކަމަށެވެ.

އެ ބަދަލުތަކާއެކު ސަރުކާރު ހިންގަން އިދިކޮޅު ޕާޓީ އާއި އެއްބަސް ވެވޭ އެމްޑީޕީ، ޕީޕީއެމް އިއްތިހާދެއް އުފައްދަން ރައީސް ޔާމީންގެ އެހީތެރިކަމަށް އެދެން ޖެހޭ ކަމަށް ވެސް ތަކުރާރު ކުރެއްވިއެވެ. އަދި އެ މެސެޖް ނިންމަވާ ލަމުން ރައީސް ނަޝީދު މެސެޖުގައި ވިދާޅުވެފައި ވަނީ ރާއްޖެ އަށާއި އެމްޑީޕީއަށް އެންމެ ރަނގަޅު ގޮތަކީ ރައީސް ޔާމީންގެ އެހީތެރިކަން ހޯދުން ކަމަށެވެ.

އެމްޑީޕީގެ ޓިކެޓްގައި ރިޔާސީ އިންތިހާބު ކާމިޔާބު ކުރައްވާފައިވާ ނަޝީދުގެ އެންމެ ގާތް އެކުވެރިޔާ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއިއެކު ސިޔާސީ މަސައްކަތް ކުރެވެން ނެތް ކަމަށް ނަޝީދު ވަނީ ވިދާޅުވެފައެވެ. އަދި އޭގެ ފަހުން ތަކުރާރުކޮށް ގެންދަވަނީ ޔާމީނާއިއެކު ސިޔާސީ މަސައްކަތް ކުރައްވަން ޝައުގުވެރިކަން ފާޅުކުރައްވަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.