ހުޅުމާލެ ދެވަނަ ފިޔަވަހީގައި ދެވަނަ ސްކޫލެއް ޢިމާރާތްކުރުން އާރްސީސީއަށް

ހުޅުމާލެ ދެވަނަ ފިޔަވަހީގައި ދެވަނަ ސްކޫލެއް ޢިމާރާތްކުރުން އާރްސީސީއަށް

Author
ޢަލީ އާދަމް
27 ޖޫން 2021 08:23
0

‏ހުޅުމާލެ ދެވަނަ ފިޔަވަހީގައި ސަރުކާރުން އިމާރަތްކުރާ ދެވަނަ ސްކޫލް ޢިމާރާތް ކުރުން ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޗަން ޕްރައިވެޓް ލިމިޓެޑް، އާރްސީސީއާ ހަވާލުކޮށްފިއެވެ.

އެޑިއުކޭޝަން މިނިސްޓަރީ މި ސްކޫލް ޑިޒައިން ކުރުމާއި އިމާރާތްކުރުމަށް އާރްސީސީއާ ހަވާލުކޮށްފައި ވަނީ  ކޮންޓްރެކްޓަރ ފައިނޭންސްގެ އުޞޫލުންނެވެ. 243.12 މިލިއަން ރުފިޔާގެ އަގަކަށް މަޝްރޫއު ހަވާލުކޮށްފައިވަނީ 18 މަސް ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާ ގޮތަށެވެ. އަދި ކުންފުންނާއި އެކު އެއްބަސްވެފައި ވަނީ 5 އަހަރަށް ބަހާލައިގެން ރިފައިނޭންސް ކުރާގޮތަށް ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެއެވެ.

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ޢިމާރާތް ކުރުމަށް ހަމަޖެހިފައިވަނީ 4 ސްކޫލް ކަމަށް އެޑިއުކޭޝަން މިނިސްޓްރީން މީގެކުރިން ވަނީ ބުނެފައެވެ. އެތަނުން ފުރަތަމަ ސްކޫލް އިމާރާތްކުރަން އަމީން ކޮންސްޓްރަކްޝަނާ ހަވާލުކޮށްފައިވަނީ މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގައެވެ. އެއީ ފަޟީލަތުއްޝައިޚު ޙުސައިން ޞަލާޙުއްދީނުގެ ހަނދާނުގައި "ޞަލާޙުއްދީން ސްކޫލު"ގެ ނަމުގައި އިމާރާތްކުރަން ހަމަޖެހިފައި ވާ ސްކޫލެކެވެ.

ހުޅުމާލޭގައި މިހާރުވެސް ސަރުކާރުގެ 3 ސްކޫލެއްގައި އަންނަނީ ކިޔަވައިދެމުންނެވެ.  އެއީ ފުރަތަމަ ފިޔަވަހީގެ ނެއިބަރހުޑް 1ގައި ހުންނަ ޣާޒީ ސްކޫލާއި ހުރަވީ ސްކޫލުގެ އިތުރުން ނެއިބަރހުޑް 2ގައި ހުންނަ ރެހެންދި ސްކޫލެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.