ލޯބިވެރިޔާއަށް ފަހައިދިން ހެދުމާއެކު ގިނަ ބައެއްގެ ސަމާލުކަން!

ލޯބިވެރިޔާއަށް ފަހައިދިން ހެދުމާއެކު ގިނަ ބައެއްގެ ސަމާލުކަން!

Author
ފާތިމަތު ނާވީ
20 ޖޫން 2021 03:34
0

އަދުގެ ޒަމާނަކީ ސޯޝަލް މީޑިއާގެ ޒަމާނެވެ. މީހަކު ކޮށްލާ ކުޑަކުޑަ ކަމަކުން އެމީހަކު މަޝްހޫރު ވެގެން ދިއުމަކީ މިއަދު ހައިރާން ވާން ޖެހޭ ކަމެއް ނޫނެވެ. އަދި މީ އާ ކަމެއް ވެސް ނޫމެ ނޫންމެއެވެ. މީގެ ކުރިން ވެސް ސައި ކައްކާ މީހަކު ވެސް ވަނީ މިފަދަ ގޮތަކަށް ބޮޑު މަގުބޫލު ކަމެއް ހޯދާފައިއެވެ. މިފަދަ ކިތަންމެ ބަޔަކު އެބަ އުޅެއެވެ.

އަނެއްކާވެސް މިފަދަ ގޮތަކަށް ބަޔަކު މަޝަހޫރު ވެ ވައިގައި ހިފައިގެން އުޅޭ ދުވަސް ކޮޅެކެވެ. މިއީ ލޯބިވެރިޔަކު ހެދުމެއް ފަހަައިދީގެން ސޯޝަލް މީޑިއާގައި ވައިރަލްވެ އެކަން ކަމުގޮސް މީހުންގެ މެދުގައި މި ދެ ލޯބިވެރިން މަގުބޫލުވި ވުމެކެވެ.

"މައި ބީއެފް މޭޑް މައި ގްރެޑް ޑްރެސް" މި ޓްވީޓް ވަނީ ވަރަށް ކުޑަ ވަގުތޮކޮޅެއްގެ ތެރޭގައި ވައިރަލް ވެފައެވެ. މިއީ އަންހެން ކުއްޖަކު ކޮށްފައިވާ ޓްވީޓެކެވެ. އޭނާގެ ލޯބިވެރިޔާ އޭނާ އަށް ފަހާފައިވާ ހެދުމެއް ހިއްސާކޮށްފައިވާ ޓްވީޓޭކެވެ. މި ހެދުން ފަހާފައި ވަނީ އަންހެން ކުއްޖާގެ ގްރެޖުއޭޝަން އަށެވެ.

މި ޓްވީޓްގައި ޖުމުލަ ވަނީ 4 ފޮޓޯއެވެ. ފުރަތަމަ ފޮޓޯއިން ފެނިގެން ދަނީ މި ފިރިހެން ކުއްޖާ ހެދުން ކުރަހާ ތަނެެވެ. ދެން އިން ފޮޓޯއިން ފެންނަނީ އޭނާ މި ހެދުމަށް ބޭނުންވާ ފޮތި ހޯދާ މަންޒަރެވެ. ދެން ފަހާތަނެވެ. އެއަށްފަހު އަންހެން ކުއްޖާ ހެދުން ލައިގެން ހުއްޓާއެވެ.

މި ޕޯސްޓަށް 3.5 ލައްކައަށް ވުރެ ގިނަ ލައިކްސް އަދި 31000 ރިޓްވީޓް ވަނީ ލިބިފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.