ރާއްޖޭގައި އެއަރޕޯޓްތައް %100 ބޭރުގެ ކުންފުނިތަކަށް ހިންގުމަށް ދިންނަމަވެސް އެއަރޕޯޓްތަކުގެ ސެކިއުރިޓީ ކޮންޓްރޯލް ބަޔަކަށް އެއްކޮށް ދޫކޮށްލުމަކީ ކުރަންހެޔޮވާނެ ކަމެއްނޫންކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެންބަރު މުޙައްމަދު ވަޙީދު (ވައްޑެ) ސަރުކާރަށް ފާޑުވިދާޅުވެއްޖެއެވެ.
ބޭރުގެ %100 ހިއްސާ އޮންނަ ކުންފުނިތަކަށް ރާއްޖޭގައި އެއާޕޯޓު ހިންގޭ ގޮތަށް ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓް ޕޮލިސީ (އެފްޑީއައި) ސަރުކާރުން އިޞްލާހުކުރުމާއި ގުޅިގެން އެކަމަށް އިޝާރަތްކުރައްވާ ވައްޑެ ވިދާޅުވީ، ދައުލަތާ ރައްޔިތުންނަށް ފައިދާވާހެން އެއާޕޯޓެއް ހިންގަން ބަޔަކަށް ކުއްޔަށް ދިނުން ބަލައިގަނެވުނު ނަމަވެސް، އެއާޕޯޓެއްގައި ހިމެނޭ އެއާޓްރެފިކް ކޮންޓްރޯލާއި އެއާ ނެވިގޭޝަން ފެސިލިޓީތަކުގެ ކޮންޓްރޯލް ބަޔަކަށް އެއްކޮށް ދޫކޮށްލުމަކީ ކުރަންހެޔޮވާނެ ކަމެއްނޫންކަމަށެވެ. ވައްޑެ ވަނީލަގަން ދޫކޮށްލާކަން ނުވާނެކަމަށް ވިދާޅުވެފައެވެ.
ދައުލަތާ ރައްޔިތުންނަށް ފައިދާވާހެން އެއާޕޯޓެއް ހިންގަން ބަޔަކަށް ކުއްޔަށް ދިނުން ބަލައިގަނެވުނަސް، އެއާޕޯޓެއްގައި ހިމެނޭ އެއާޓްރެފިކް ކޮންޓްރޯލާއި އެއާ ނެވިގޭޝަން ފެސިލިޓީތަކުގެ ކޮންޓްރޯލް ބަޔަކަށް އެއްކޮށް ދޫކޮށްލުމަކީ ކުރަންހެޔޮވާނެ ކަމެއްނޫން. ލަގަން ދޫކޮށްލާކަން ނުވާނެ!
— Waddey (@waddey_) June 14, 2021
ރައީށް ނަޝީދަށް އަމާޒުކޮށް ދިން ހަމަލާއަށް މަހެއް ފާއިތުވެގެން ދިޔައިރުވެސް ސަރުކާރަށް އެހަމަލާގެ ފަހަތުގައި ތިބި މީހުން ހޯދިފައިނުވާތީ ވައްޑެ ގެންދަވަނީ ސަރުކާރަށް ފާޑުވިދާޅުވަމުންނެވެ.
ވައްޑެ މިހެން ވިދާޅުވެފައިވާއިރު، ސަރުކާރުން ވަނީ، ސަރުކާރުން ގެޒެޓުކުރި އިސްލާހުގައި ބުނެފައިވަނީ، ފްރެއިޓް ސާވިސް ނުހިމެނޭހެން ރާއްޖޭގައި އެއާ ޓްރާންސްޕޯޓުގެ ހިދުމަތްތައް ދިނުމަށް ބޭރުގެ %100 ހިއްސާ އޮންނަ ކުންފުނިތަކަށް ރާއްޖޭގައި އިންވެސްޓު ކުރެވޭނެކަމަށެވެ. އަދި އެއާޕޯޓު ހިންގުމާއި އޮޕަރޭޓު ކުރުން (ޓާމިނަލް ފެސިލިޓީސް ހިމެނޭހެން)، އެއާޕޯޓު އަދި އެއާޓްރެފިކް ކޮންޓްރޯލު މަސައްކަތް އަދި ގްރައުންޑް ސާވިސް ހިދުމަތް ދިނުމަށްވެސް%100 ބޭރުގެ ހިއްސާ އޮންނަ ކުންފުނިތަކަށް ރާއްޖޭގައި އިންވެސްޓު ކުރެވޭނެ ކަމަށްވެސް އިސްލާހުގައިވެއެވެ.
ސަރުކާރުން މި އިޞްލާހު ގެނައުމުގެ ކުރިން މިދިޔަ އަހަރު ނެރުނު ޕޮލިސީގައި ބުނެފައިވާ ގޮތުގައި ރާއްޖޭގައި ފްރައިޓް ސާވިސްއާއެކު އެއާ ޓްރާންސްޕޯޓުގެ ހިދުމަތް ދެވޭނީ ބޭރުގެ %75 ހިއްސާ އޮންނަ ކުންފުނިތަކަށެވެ.
ސަރުކާރުން ގެނައި އިޞްލާހާއެކު ގިނަ ބަޔެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ. ރާއްޖޭގެ ވައިގެ ބަނދަރުތައް %100 ބޭރުގެ ކުންފުނިތަކުން ހިންގޭ ގޮތައް ސަރުކާރުން ބަދަލު ގެނެސްފައިވާއިރު، ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓް ހިންގަން އިންޑިއާއަށް ދިނުމަށް ސަރުކާރުން ނިންމާފައިވެއެވެ.
ކޮމެންޓު ފޮނުވާ