މައްސަލަ ޖެހިގެން މިއުޅެނީ ބައެއް ވަޒީރުން ކޮރަޕްޓުވުމުން: ވައްޑެ

މައްސަލަ ޖެހިގެން މިއުޅެނީ ބައެއް ވަޒީރުން ކޮރަޕްޓުވުމުން: ވައްޑެ

Author
ޢަލީ އާދަމް
09 ޖޫން 2021 04:28
0

މައްސަލަ ޖެހިގެން މިއުޅެނީ ބައެއް ވަޒީރުންގެ ކޮރަޕްޝަނުގެ އަވައިގާ ޖެހިގެން ވަކި ބަޔަކު އެޖެންޑާ-19 ތަންފީޒު ކުރުމަށް ހުރަސް އަޅަން ފެށުމުން ކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ އެމްޑީޕީ މެމްބަރު މުޙައްމަދު ވަޙީދު، އެމްޑީޕީގެ ބައެއް މެމްބަރުންނާއި ސަރުކާރުގެ ބައެއް ވަޒީރުންނަށް ފާޑުވިދާޅުވެއްޖެ އެވެ.

އެމްޑީޕީން ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބްގައި ކެމްޕެއިން ކުރި އެޖެންޑާ-19ގެ އެއް ވަޢުދު ކުމަށްވާ ނަޒާހާތްތެރި މަޖިލީހެއް އުފެއްދުމުގެ ވަޢުދު ހިމެނޭ ޕޯސްޓަރެއް ޓްވީޓް ކުރައްވަމުން މެމްބަރު ވައްޑެ ވިދާޅުވީ މަޖީލީހަށް ހޮވުނީ ވަކި މީހެއްގެ ފޮޓޯއެއް ދައްކައިގެން، ވަކި މީހެއްގެ އަތުގައި ހިފައިގެން ނުކުމެގެން ނޫން ކަމަށެވެ. ނަމަވެސް އެމްޑީޕީގެ ހުރިހާ މެމްބަރުންވެސް ހޮވުނީ އެޖެންޑާ19 ވިއްކައިގެން ކަމަށް ވައްޑެ ވިދާޅުވިއެވެ.

"ހޮވުނީ އެޖެންޑާ-19 ވިއްކައިގެން. މައްސަލަ ޖެހިގެން މިއުޅެނީ ބައެއް ވަޒީރުންގެ ކޮރަޕްޝަނުގެ އަވައިގާ ޖެހިގެން ވަކި ބަޔަކު އެޖެންޑާ-19 ތަންފީޒު ކުރުމަށް ހުރަސް އަޅަން ފެށުމުން"

– މެމްބަރު ވަޙީދު

އެމްޑީޕީގެ އެތެރޭގައި މިހާރު އުފެދިގައިވާ ބައެއް މައްސަލަތަކުގެ ތެރެއިން ޕާޓީގެ ބައެއް މެމްބަރުން އަނެއްބައި މެމްބަރުންގެ ބޮލުގައި ގިނަ ތުހުމަތުތަކެއް އަޅުވަމުންގެންދާ ދަނޑިވަޅެއްގައި ރައީސް މުޙައްމަދު ނަޝީދާއި ގާތް ބޭފުޅުން ވިދާޅުވަމުން ގެންދަވަނީ މަޖިލީހަށް އެމްޑީޕީގެ މެމްބަރުން ހޮވިވަޑައިގެންނެވީ ރައީސް ނަޝީދުގެ ފޮޓޯފުޅު ދައްކަވައިގެން ކަމަށެވެ.

މި ވާހަކަތަކަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވެސް ވަނީ ރައްދު ދެއްވާފައެވެ. ރައީސް ޞާލިހު ވިދާޅުވީ އިންތިޚާބު ކާމިޔާބު ކުރެވިފައިވަނީ ވަކި މީހެއްގެ ފޮޓޯ ހިފައިގެން ނޫންކަމަށެވެ. އިންތިޚާބު އެހާބޮޑު އައުލަބިއްޔަތަކުން ކާމިޔާބު ވެފައިވަނީ ސަރުކާރާއި، އެމްޑީޕީގެ މެމްބަރުންނާއި، ހެޔޮ އެދޭ އެތައްބަޔަކު ކުރި މަސައްކަތުންކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވަނީ ނުސީދާ ގޮތަކަށް ރައީސް ނަޝީދުގެ ވެރިކަމުގައި ހުންނެވިއިރު ބޭއްވި އިންތިޚާބާއި، އޭގެ ފަހުން ބޭއްވި އިންތިޚާބުތަކުގައިވެސް ބޮޑު ކާމިޔާބެއް ނުލިބި ވާކަން ފާހަގަކުރައްވާފައެވެ.

"އަޅުގަނޑުމެން 2008 އިން ފެށިގެން، 2009 ގައިވެސް އިންތިޚާބަކަށް ދިޔައިން، 2014ގައި ވެސް އިންތިޚާބަކަށް ދިޔައީ. ދެން މިދިޔައީ 2019 ގައި، ނަތީޖާތަކަށް ތިޔަބޭފުޅުން ބައްލަވާ. އޭރުލިބިފައި ހުރި އަދަދާއި، 2019 ގައި އަޅުގަނޑުމެންނަށް ލިބުނު ކާމިޔާބު"

ރައީސް ޞާލިޙް

މަޖިލިސް ތެރެއިން ބައެއް ކަންކަން ނިމުމުގައި ރައީސް ޞާލިހާއި، ރައީސް ނަޝީދުގެ ފެކްޝަނެއް އޮތްކަމަށް އެތައްބަޔަކު ދިޔައީ 19 ވަނަ ރައްޔިތުންގެ މަޖިލީސް ފެށުމާއެކުވެސް ވާހަކަ ދައްކަމުންނެވެ. މިކަން އެންމެ ބޮޑަށް ސާފުވެގެން ގޮސްފައިވަނީ ރައީސް ނަޝީދަށް ދެވުނު ޓެރަރިސްޓް ހަމަލާއަށްފަހު މަޖިލިސް ތެރެއިން ކުރެވޭ މަސައްކަތުގައި އެޕާޓީގެ މެމްބަރުން އެޕާޓީގެ މެމްބަރުންނަށް ހުރަސް އަޅައި، ދެއްވާ ރައްދުތަކާއި ދެކެވޭ ވާހަތަކުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

I Id boss
ފީވެފަ ހުރި އާފަލު ކޮޅު އުކާލާފަ ދޮންއަނބު ކޮޅެއް ހޯދާލާ. ޙީވެ މާމީރު ވާނެހެން.