މިޝްކާގެ މަރުގެ މައްސަލައިގައި ހެލްތު މިނިސްޓްރީ އާއި އެޗްއާރުސީއެމް މާދަމާ ކޮމިޓީއަށް ހާޒިރުކުރަނީ

މިޝްކާގެ މަރުގެ މައްސަލައިގައި ހެލްތު މިނިސްޓްރީ އާއި އެޗްއާރުސީއެމް މާދަމާ ކޮމިޓީއަށް ހާޒިރުކުރަނީ

Author
ޢަލީ އާދަމް
06 ޖޫން 2021 04:55
0

ކޯވިޑް ބަލީގައި ރާއްޖެއިން ނިޔާވި އެންމެ ހަގު ކުއްޖާ، އުމުރުން 10 އަހަރުގެ މިޝްކާ މުހައްމަދު ނިޔާވުމުގައި އިހުމާލުވެފައިވާ މައްސަލަ ބަލަމުން އަންނަ ރައްޔިތުންގެ މަޖިލީހުގެ ޖެންޑާ އެންޑް ހިއުމަން ރައިޓްސް ކޮމިޓީ އަށް ހެލްތު މިނިސްޓްރީ އާއި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) މާދަމާ ހާޒިރުކުރަން ނިންމައިފި އެވެ.

ބުރާސްފަތި ދުވަހު ބޭއްވި މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީގެ ބައްދަލުވުމުގައި ކޮމިޓީގެ މުގައްރިރު އަދި ހިންނަވަރު ދާއިރާގެ މެމްބަރު ޖީހާން މަހްމޫދު ވިދާޅުވީ މިޝްކާގެ މަރާ ގުޅޭ މައުލޫމާތުތައް ހޯދަން ކަމާ ގުޅޭ މުއައްސަސާތަކުގައި އެދިފައިވާ ކަމަށެވެ.

އެހެންނަމަވެސް ހާދިސާ ތަހުގީގު ކުރުމަށްފަހު ހެލްތު މިނިސްޓްރީން ހާމަކޮށްފައިވާ ރިޕޯޓުންވެސް ގިނަ އިހުމާލުތަކެއް ފާހަގަ ވުމާއި އޭގައި ގިނަ މައުލޫމާތު ތަކެއް ހިމަނާފައި ވަމުން، މާދަމާގެ ކޮންމެވެސް ގަޑިއެއްގައި ކޮމިޓީން މިނިސްޓްރީގެ އިތުރުން އެޗްއާރުސީއެމް އާއި ބައްދަލު ކުރާނެ ކަމަށް ޖީހާން ވަނީ ވިދާޅުވެފައެވެ.

މި ހާދިސާއަށް ފަހު އެޗްއާރުސީއެމުން ވެސް ވަނީ އެ މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށް ބުނެފައެވެ.

ހެލްތު މިނިސްޓްރީގެ ރިޕޯޓުން އެނގޭގޮތުގައި އެ ހާދިސާ މެދުވެރިވުމަށް ދިމާވި ކަންކަމުގެ ތެރޭގައި ކަނޑައެޅިފައިވާ އުސޫލުތަކަށް އަމަލުކޮށްފައިނުވާ އެތައްކަމެއް އެދުވަހު ހިނގާފައި ވެއެވެ. އެގޮތުން އެމްބިއުލަންސް ފޮނުވާފައިވާކަމަށް ބުނެ އާއިލާއަށް ދީފައިވަނީ ދޮގު މަޢުލޫމާތުކަންވެސް އެ ރިޕޯޓުން ވަނީ ހާމަވެފައެވެ.

އެހެންކަމުން އެކަމުގައި ކަމާ ގުޅުންހުރި ފަރާތްތަކުގެ އިހުމާލު ބޮޑުކަން ވަނީ ހާމަވެފައެވެ. ހެލްތު މިނިސްޓަރ އަޙްމަދު ނަސީމް ކުރިން ވިދާޅުވެފައިވަނީ މި މައްސަލާހައި އިހުމާލުވި ފަރާތްތަކާމެދު ފިޔަވަޅު އަޅާނެކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

1 1234321
ޖީހާން، ތި ބޮޑާކަމުގަ ގަޓް ހުރިއްޔާ ރޯޔަލް ސަފާރީ ރޭޕްކޭސް ވެސް ހިންގާލަބަލަ، ތީހަމަ ރަތްޔިތުން މޮޔަހައްދަނީ، ތި އެއްމެންގެ އިހުމާލުން ކިތައްނިކަމެތި ރަތްޔިތުން މި ދުނިޔެދޫކޮއްފި، ކޮންމެފަހަރަކު މިކަހަލަ ފޫނުބެއްދޭވަރުގެ ހިތާމަވެ ހާދިސާއެއް ހިންގާލާފަ ދުވަސްކޮޅަކައް ފޮނުއަރުވާނެ، ނަތީޖާއެއްރަތްޔިތަކައް ނުފެންނާނެ، ކަލޭމެން ފެއިލްވީއޭ، ތި ނާގާބިލު ބައިގަޑު އެއްކޮއް އިސްތިއުފާދޭންވީ، އެއީ ކުރަންވީކަމަކީ، އެމްއެޗްއޭ ގެ ބާނީގެ ދެމަފިރިންވެސް ނިމިގެންދިޔައީ ކަލޭމެންގެ އިހުމާލުން ހަމަ އެމްބިއުލާންސް ލަސްވެގެން، ބަނޑައް ކިތައްކުދިންމަރުވެއްޖެ..މިހެންގޮސް ކިތައްމެކަމެއް...
އ އުދުޅި