ވިލިމާލޭ ކުޑަކުދިންގެ ހިޔާގައި އަލިފާނުގެ ހާދިސާއެއް ހިނގައި، ގެއްލުންތަކެއް ލިބިއްޖެ އެވެ.
އެމްއެންޑީއެފުން ބުނީ އަލިފާނުގެ ހާދިސާ ހިނގާފައި ވަނީ ވިލިމާލޭ ކުޑަކުދިންގެ ހިޔާގެ ދެވަނަ އިމާރާތުގެ އެންމެ މަތީގައި ހުރި ގުދަނެއްގައި ކަމަށެވެ.
އެމްއެންޑީއެފުން ބުނީ އެ ހާދިސާގެ ރިޕޯޓު ލިބުނީ މިއަދު 10:46 ހާއިރު ކަމަށާއި އަލިފާން ގަނޑު ނިއްވާލީ ވިލިމާލޭގައި ހުންނަ އެމްއެންޑީއެފް ފަޔާ ސްޓޭޝަނުގެ ފަޔާމަނުން ކަމަށެވެ.
ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވެފައެއް ނުވެ އެވެ.

މިދިޔަ މަހުގެ ހަތަރު ވަނަ ދުވަހު ވެސް ކުޑަކުދިންގެ ހިޔާގައި ވަނީ އަލިފާނުގެ ހާދިސާއެއް ހިނގައިފަ އެވެ. އެ ފަހަރު ރޯވީ ކުޑަކުދިންގެ ހިޔާގެ ފުރަތަމަ ފަންގިފިލާގަ އެވެ.
ކޮމެންޓު ފޮނުވާ