މިނިސްޓަރ އަސްލަމާއި ކުރީގެ މޭޔަރު ޝިފާވެސް އިންކުއަރީއަށް ހާޒިރުކޮށްފި

މިނިސްޓަރ އަސްލަމާއި ކުރީގެ މޭޔަރު ޝިފާވެސް އިންކުއަރީއަށް ހާޒިރުކޮށްފި

Author
ޢަލީ އާދަމް
06 ޖޫން 2021 01:24
0

ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކުގެ ކޮމިޓީ (241 ކޮމިޓީ) އިން ކުރިއަށް ގެންދާ ޕާލަމެންޓަރީ އިންކުއަރީއަށް މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ، މުޙައްމަދު އަސްލަމާއި މާލެ ސިޓީގެ ކުރީގެ މޭޔަރު ޝިފާ މުޙައްމަދު ހާޒިރުކޮށްފި އެވެ.

ރައްޔިތުންގެ މަޖިލީހިގެ ރައީސް އަވަހާރަކޮށްލަން ދިން ޓެރަރިސްޓް ހަމަލާއަށްފަހު އެމަނިކުފާނަށް އެމްއެންޑީއެފް އިން ފޯރުކޮށްދޭ ސެކިއުރިޓީ ބްރީޗުވިގޮތް ބެލުމަށް ސަލާމަތީ ޚިދުމަތްތަކުގެ ކޮމިޓީން ހިންގާ މި އިންކުއަރީއަށް މިއަދު ފުރަތަމަ ހާޒިރުކުރީ ކުރީގެ މޭޔަރު ޝިފާ އެވެ. ޝިފާއަށް ފަހު މިނިސްޓަރ އަސްލަމް ވަނީ ކޮމިޓީއަށް ހާޒިރުކޮށްފައެވެ.

އިންކުއަރީ ކުރިއަށް ގެންދަނީ ކޮމެޓީގެ ސިއްރު ބައްދަލުވުން ތަކެއްގެ ގޮތުގައި ކަމަށް ވާތީ ކޮމެޓީގައި ދެކެވެނީ ކޮން ވާހަކަ ތަކެއް ކަމެއް ނޭނގެއެވެ.

ނަމަވެސް ރައީސް ނަޝީދު ދިރިއުޅުއްވާ ގ. ކެނެރީގެ ހުންނަ ހަނި މަގުގައި ސައިކަލު ޕާކްކޮށްފައި ހުންނާތީ އެމަނިކުފާނަށް ސެކިއުރިޓީ ދިނުމުގައި ދަތިތައް ކުރިމަތިވާތީ އެމަގުގައި ސައިކަލު ޕާކުނުކުރެވޭގޮތް ހެދުމަށް އެމްއެންޑީއެފުން ސިޓީކައުންސިލްގައި އެދިފައި ވުމުން، އެމަގުގައި ޕާކުކޮށްފައި ހުރި ސައިކަލުތައް ޕާކުކުރެވޭނެ ޖާގައެއް ބިއްލޫރިޖެހިގޭ ގޯތިތެރޭގައި ހެދުމަށް އެކަމުގެ ހުއްދައަށް އެދި ސިޓީ ކައުންސިލުން މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އަށް ފުނުވާފައިވާ ސިޓީއެއް، ރައީސް ނަޝީދަށް ދިން ހަމަލާއަށްފަހު ވަނީ އާންމުވެފައެވެ.

އެހެންކަމަށް ވުމުން ބެލެވޭގޮތުގައި މި ދެބޭފުޅުންނާވެސް މިކަމާގުޅޭގޮތުން ކޮމެޓީއަށް ޖަވާބުދާރީވާން ޖެހިވަޑައިގަންނަވާނެއެވެ.

މި އިންކުއަރީއަށް ސަލާމަތީ ޚިދުމަތްތަކުގެ އިންޓެލިޖެންސް ނިޒާމާއި ގުޅޭ މަޢުލޫމާތު ސާފުކުރުމަށް އިއްޔެ ވަނީ ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދާއި ކައުންޓަ ޓެރަރިޒަމްގެ ޑިރެކްޓަރ ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ފަރީދު އިސްމާއީލްވެސް ވަކި ވަކީން ހާޒިރުކޮށްފަ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.