މެމްބަރު ޚައިތަމް އާއި އަނބިކަނބަލުންނަށް އިންޒާރުދިން މައްސަލައެއް ޕޮލިހަށް

މެމްބަރު ޚައިތަމް އާއި އަނބިކަނބަލުންނަށް އިންޒާރުދިން މައްސަލައެއް ޕޮލިހަށް

Author
ޢަލީ އާދަމް
05 ޖޫން 2021 08:29
0

ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޯޅި ދެކުނު ދާއިރާގެ މެންބަރު އަޙްމަދު ޚައިތަމާއި އަނބިކަނބަލުން ޝަޖާން މުއާޒް ޝަހީމްއާ ދިމާކޮށް ހަމަލާއެއް ދޭން އުޅުނު މައްސަލައެއް ފުލުހުންނަށް ހުށަހަޅައިފި އެވެ.

އަނބިކަނބަލުންނާ ދިމާކޮށް ފަހަތުން ހިނގަމުން އައިސް ދިރިއުޅޭ ގޭގެ ލިފްޓު ތެރެއަށް ވެސް އެމީހުން ވަދެފައި ވާކަމަށް މެމްބަރު ޚައިތަމް ވިދާޅުވެއެވެ. މި ހާދިސާއަށްފަހު މާބަނޑު އަނބިކަބަލުންނަށް ނަފްސާނީ ގޮތުން އަސަރުކޮށްފައިވާ ކަަމަށާއި ހޮސްޕިޓަލްގައި ފަރުވާ ދޭންޖެހުނު ކަމަށްވެސް ޚައިތަމް މައުލޫމާތު ދެއްވިއެވެ.

މެންބަރު ޚައިތަމާއި އަނބިކަނބަލުންނާ ދިމާކޮށްލާފައި ވަނީ، ދިރިއުޅުއްވާ ގެ ކައިރިން މަގުމަތިން ފެށިގެންނެވެ. އަދި އެމީހުން ޚައިތަމަށާއި އަނބިކަނބަލުންނަށް އިންޒާރު ދީފައިވެސް ވެއެވެ.

މި މައްސަލަ ފުލުހުންނަށް ހުށަހަޅާފައި ވީނަމަވެސް ފުލުހުން އަދި މިކަމުގައި މިހާތަނަށް އެއްޗެއް ބުނެފައެއް ނުވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.