ކޯވިޑްގައި އިތުރު މީހަކު ނިޔާވެއްޖެއެވެ. އެޗްޕީއޭއިން ބުނީ މިއަދ ހެނދުނު 11:17 ހާއިރު، އެރަށުން 77 އަހަރުގެ ފިރިހެނަކު ނިޔާވެފައިވާކަމަށެވެ. އަދި މިއީ ކޯވިޑްގައި ނިޔާވި 175 ވަނަ މީހާކަމަށްވެސް އެޗްޕީއޭއިން ބުންޏެވެ.
ފަހަކަށް އައިސް ރާއްޖޭގައި ކޯވިޑްގައި ނިޔާވާ މީހުންގެ ޢަދަދު ވަނީ އިތުރުވެފައެވެ. ނަމަވެސް ބައްޔަށް ޕޮޒިޓިވްވާ މީހުންގެ ޢަދަދު ވަނީ ދަށަށްދާން ފަށާފައެވެ.
ކޯވިޑް ބަލީގައި ހާލު ދެރަވުމުގެ ސަބަބުން އުމުރުން 7 އަހަރުގެ ކުއްޖަކަށް ވެންޓިލޭޓަރުގައި މިހާރުވެސް އަންނަނީ ފަރުވާދެމުންނެވެ. މިބަލީގައި މިޖޫންމަހުގެ ފުރަތަމަ ދުވަހު އެކަނިވެސް 8 މީހުން ވަނީ ނިޔާވެފައެވެ. އަދި މިދިޔަ މެއިމަހަކީ ކޯވިޑް ބަލީގެ ނުރައްކާ އެންމެ ބޮޑުވެ މިބައްޔަށް ގިނަ މީހުން ޕޮޒިޓިވްވެ، މިބަލީގައި އެންމެ ގިނަ މީހުން ނިޔާވެފައިވާ މަހެވެ.
މެއިމަހު 34516 މީހުން މި ބައްޔަށް ޕޮޒިޓިވްވެފައިވާ 88 މީހުން ވަނީ ނިޔާވެފައެވެ.
ކޮމެންޓު ފޮނުވާ