ޝިޔާމް، މާރިޔާއަށް: މިހާރު މަރިޔާދީދީ ތިވެވަޑައިގަތީ އަސްލު "ފިދަނަ"އަކަށް!

ޝިޔާމް، މާރިޔާއަށް: މިހާރު މަރިޔާދީދީ ތިވެވަޑައިގަތީ އަސްލު "ފިދަނަ"އަކަށް!

Author
މުޙައްމަދު ޖިމީ
04 ޖޫން 2021 03:39
0

އަސްލު "ފިދަނަ"އަކަށް މިނިސްޓަރ މާރިޔާ މިހާރު ވެވަޑައިގެންފައިވާކަމަށް ވިދާޅުވެ، ޕީޕީއެމްގެ ނާއިބު ރައީސް އަދި ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު ޝިޔާމް، ޑިފެންސް މިނިސްޓަރ މާރިޔާ އަޙްމަދު ދީދީއަށް ފާޑުވިދާޅުވެއްޖެއެވެ.

ޝިޔާމް މިހެން ވިދާޅުވެފައިމިވަނީ، ޑިފެންސް މިނިސްޓްރީގެ ނައިބު ޙަސަން ޒަމީލު ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒަށް އަރާވަޑައިގެންފައިވާކަމަށް ތުހުމަތުކޮށް އެ މައްސަލަ ޕްރޮސެކިއުޓާ ޖެނެރަލް އޮފީހަށް ފޮނުވުމަށް ރައްޔިތުންގެ މަޖިލީހުން ނިންމުމާއި ގުޅިގެން އެކަމަށް އިޝާރާތްކުރައްވައެވެ. މިދިޔަ މަހުގެ 6 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު އަވަހާރަކޮށްލުމަށް ދިން ހަމަލާއާއި ގުޅިގެން މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާއި ބެހޭ ކޮމިޓީ (241)އިން ހަދަމުންދާ އިންކުއަރީއަށް ވަކިވަކި ސިފައިން ހާޒިރު ނުކުރެވޭނެކަމަށް އެމްއެންޑީއެފް އިން ވަނީ މަޖިލީހަށް އަންގާފައެވެ. އެ މައްސަލައަށް ޖަވާބުދާރީވާނީ ސިފައިންގެ މުއައްސަސާއިންކަމަށްވެސް އެމްއެންޑީއެފް އިން މަޖިލީހަށް އަންގާފައިވެއެވެ. އެގޮތަށް އެކަން އަންގާ މަޖިލީހަށް ފޮނުއްވި ސިޓީގައޮ ސޮއިކުރައްވާފައިވަނީ ޒަމީލްއެވެ.

އެކަމަށް ފާޑުވިދާޅުވެ، ނައިފަރު ދާއިރާގެ މެންބަރު އަދި ޕީޕީއެމްގެ ނާއިބު ރައީސް އަޙްމަދު ޝިޔާމް ވިދާޅުވީ، މިހާރު އަސްލު "ފިދަނ"ައަކަށް ވެވަޑައިގަތީ މިނިސްޓަރ މާރިޔާ އަޙްމަދު ދީދީކަމަސެވެ. ޢާންމު އުސޫލަކީ އެފަދަ ސިޓީތަކުގައި ރެކިވަޑައިނުގެން މިނިސްޓަރު ސޮއިކުރެއްވުންކަމަށްވެސް ޝިޔާމް ވިދާޅުވިއެވެ.

މިހާރު މާރިޔާ ދީދީ ތި ވެވަޑައިގަތީ އަސްލު "ފިދަނަ"އަކަށް. އާންމު އުސޫލަކީ މިފަދަ ސިޓީތަކުގައި ރެކިވަޑައިނުގެން މިނިސްޓަރު ސޮއިކުރެއްވުން

– އަޙްމަދު ޝިޔާމް

"ފިދަނަ"ކަމަށް ސިފަކުރައްވާ ޝިޔާމް އެހެން ވިދާޅުވެފައި މިވަނީ، މިހާރުގެ ޑިފެންސް މިނިސްޓަރ މާރިޔާ އަޙްމަދު ދީދީ، 2012 ވަނަ އަހަރުގެ ފެބްރުއަރީ 27 ވަނަ ދުވަހުގެ ރޭ އެމްޑީޕީ އިން ހއ.ދިއްދޫގައި ބޭއްވި ޖަލްސާއެއްގައި، ތިރީހަކަށް ތަމަޅައިން އައީމަ އެމީހުންނަކީ ހަތިޔާރު އަޅައިގެން ތިބި ބަޔެކޭ ކިޔާފައި ދިވެހި ސިފައިން ފިލިކަމަށް ވިދާޅުވެފައިވާތީއެވެ. އެ ޖަލްސާގައި މާރިޔާ ވަނީ ސިފައިން ފިދަނަތަކެއް ފަދައިން ފިލީކަމަށް ސިފަކުރައްވާ ދިވެހި ސިފައިންނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. މިކަމާއި ގުޅިގެން ވަރަށް ގިނަ ބައެއްގެ ފާޑުކިޔުންތައް އެކަމަނާއަށް އަމާޒުވެގެންވެސް ދިޔައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ޢ ޢަހްމަދު
ޢޯކޭއި
ޜ ޜޯނުއެދުރު
ޢެއްޗެކޭ ނެއް ބުނެވޭކަށް ބުނާމީހާ ވާނީކުއްވެރިއަކަށް#
އ އަހުމަދު
މާރިޔާ އަކީ އިންޑިއާ ބޭނުންނަމަ ރާއްޖެ ހިފޭނެ ކަމަށް ބުނި ހިސާބުން ހައިސިއްޔަތު ގެއްލިފައިވާ ބުރާންޗެއް. މަޤާމުގަ އެހުރީ ރައީސް ގެ ނުކުޅެދުން ތެރިކަމުން.
ޢ ޢަލީ
މާރީ ރުޅިމަޑު. ހިސާނު އޭނާގެ ބިޓު ނެގީމާ އޭތި ކަޑަދޯ؟