ތޫނު އެއްޗަކުން ހަމަލާދީ މާލޭގައި މީހަކު ޒަހަމްކޮށްލައިފި އެވެ.
މި މާރާމާރީގައި ޒަހަމްވެފައި ވަނީ 19 އަހަރުގެ ދިވެހި ފިރިހެނެކެވެ. ފުލުހުން ވިދާޅުވީ މައްޗަންގޯޅި ގެއެއްގެ ތެރޭގައި ތޫނު އެއްޗަކުން މީހަކަށް ހަމަލާ ދިފައިވާ ކަމަށް މިއަދު 11:04 ހާއިރު މައުލޫމާތު ލިބިފައިވާކަމަށެވެ.
މާރާމާރީގައި ޒަހަމްވީ މީހާއަށް އައިޖީއެމްއެޗްގައި ދަނީ ފަރުވާދެމުންނެވެ. ނަމަވެސް އެމީހާއަށް ލިބިފައިވާ އަނިޔާގެެ ތަފްސީލެއް އެއްވެސް ފަރާތަކުން އަދި ހާމަކޮށްފައެއް ނުވެއެވެ.
މި މައްސަލައާ ގުޅިގެން މިހާތަނަށް އަދި އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާއިރު ފުލުހުން ގެންދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.
ކޮމެންޓު ފޮނުވާ