ކުދި ވިޔަފާރިއާއި މެދު ފަންތީގެ ވިޔަފާރިތަކަށް އެހީވުމުގެ މަސައްކަތް އަންނަނީކުރަމުން: ފައްޔާޒް

ކުދި ވިޔަފާރިއާއި މެދު ފަންތީގެ ވިޔަފާރިތަކަށް އެހީވުމުގެ މަސައްކަތް އަންނަނީކުރަމުން: ފައްޔާޒް

Author
ޢަލީ އާދަމް
03 ޖޫން 2021 11:37
0

ކުދި ވިޔަފާރި އާއި މެދުފަންތީގެ ވިޔަފާރިތަކަށް މާލީގޮތުން އެހީވުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާކަމަށް އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެ އެވެ.

ކޯވިޑްގެ ހާލަތު ރާއްޖޭގައި ގޯސްވުމުން ވިޔަފާރިތަކަށް ލިބޭ ހީނަރުކަމުން އަރައިގަތުމަށް މާލީ އެކިއެކި ނިޒާމްތައް މެދުވެރިކޮށް އެހީވުމަށް ސަރުކާރުންވަނީ ނިންމާފައެވެ. މިނިސްޓަރ ފައްޔާޒު ވިދާޅުވީ މިނިސްޓްރީގެ މުވައްޒަފުން އެކަމަށް މަސައްކަތް ކުރަމުންގެންދާ ކަމަށާއި ނަމަވެސް މިނިސްޓްރީގެ ގިނަ މުވައްޒަފުންތަކެއްވެސް ކޯވިޑަށް ޕޮޒިޓިވް ވަމުން ދާތީ މަސައްކަތް ލަސްތަކެއް އަންނަނީ ކަމަށެވެ.

މިނިސްޓަރ ވިދާޅުވީ މި މާލީ އެހީގެ ސަބަބުން ޖިމްތަކާއި، ސެލޫންތަކާއި، ކެފޭ ރެސްޓޯރަންޓް އަދި އެހެނިހެން ކުދި ވިޔަފާރިއާއި މެދުފަންތީގެ ވިޔަފާރިތަކަށް އެހީތެރިކަން ފޯރުކޮށްދެވޭނެ ކަމަށެވެ.

ކޯވިޑް ކޮންޓްރޯލް ކުރުމަށް އަޅާ ފިޔަވަޅުތަކުގެ ސަބަބުން އެންމެ ބޮޑު ގެއްލުމެއް ކުރިމަތިވާ ބަޔަކީ ކުދި ވިޔަފާރިތަކާއި މެދުފަންތީގެ ވިޔަފާރި ތަކެވެ. ސަރުކާރުން މީގެކުރިންވެސް ވަނީ ކޯވިޑްގެ މާލީ ދަތިކަމުން އަރައިގަތުމަށް ބެންކްތައް މެދުވެރިކޮށް އެކިއެކި ލޯން ޕްރޮގްރާމް ތަކާއި މާލީ އެހީތެރިކަން ކުންފުނިތަކަށާއި ވިޔަފާރިތަކަށް ފޯރުކޮށްދީފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.