ކޯވިޑް-19އަށް ފަރުވާދިނުމުގައި ލަސްތަކެއްވެ މިއަދު ނިޔާވި ޢުމުރުން 10 އަހަރުގެ މިޝްކާގެ މަރުގެ މައްސަލާގައި އެމަނިކުފާނުގެ އިހުމާލެއް އޮތްތޯވެސް ބައްލަވާނެކަމަށް ހެލްތު މިނިސްޓަރ އަޙްމަދު ނަސީމް ވިދާޅުވެއްޖެއެވެ.
މިޝްކާގެ މަރުގެ މައްސަލާގައި ހެލްތު މިނިސްޓަރުގެ އިސްތިއުފާއަށް ގޮވާއަޑު ގަދަވެފައިވާއިރު، މިރޭ ބެއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރ އިސްތިއފާ ދެއްވާނަންތޯ ސުވާލު ކުރެއްވުމުން މިނިސްޓަރ ނަސީމް ވިދާޅުވީ އެ ސުވާލަށް ފަހުން ޖަވާބު ދެއްވާނެކަމަށެވެ.
ރާއްޖޭގައި ކޯވިޑް-19ގައި މިއަދު ވަނީ މިހާތަނަށް ނިޔާވި އެންމެ ހަގު އުމުރުގެ ކުއްޖާ ނިޔާވެފައެވެ. ނިޔާވެފައިވަނީ ޢުމުރުން 10 އަހަރުގެ ފާތިމަތު މިޝްކާ މުޙައްމަދުއެވެ. މިޝްކާގެ ހާލު ދެރަވުމައެކު އާއިލާއިން އެޗްޕީއޭއަށާއި އައިޖީއެމްއެޗަށް އެމްބިއުލާންސް ފޮނުވުމަށް ގުޅުމުން އެމްބިއުލަންސް ގޮސްފައިވަނީ 2 ގަޑިއިރާއި 40ހަކަށް މިނެޓްފަހުންކަމަށް އެކުއްޖާގެ އާއިލާއިން ވަނީ ބުނެފއެވެ. އަދި އެކުއްޖާ އައިޖީއެމްއެޗްގައި ފަރުވާދެމުން އަންނަނިކޮށް ވަނީ ނިޔާވެފައެވެ.
އެކުއްޖާގެ މަރާއެކު ހެލްތު މިނިސްޓޤރީއާއި އެޗްޕީއޭގެ އިހުމާލު ބޮޑުކަން ފާހަގަކޮށް ގިނަ ބައެއްގެ ފާޑުކިއުން ވަނީ އަމާޒުވެފައެވެ. އަދި މިނިސްޓަރ ނަސީމްގެ އިސްތިއުފާއަށްވެސް ގޮވާ އަޑު ވަނީ ގަދަވެފައެވެ. މިއޤާއެކު ޕްރެޝަރ ބޮޑުވެ މިރޭ ބޭއްވި ޕްރެސްގައި އެ މައްސަލއަށް ސީދާ ސާފު ޖަވަބެއް މިނިސްޓަރ ނުދެއްވައެވެ.
މިނިސްޓަރގެ އިހުމާލު އޮތްނަމަ އިސްތިއުފާ ދެއްވާނަންތޯ ނޫސްވެރިޔަކު ކުރެއްވި ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރ ވަނީ އެ ސުވާލަސް ފަހުން ޖަވާބު ދެއްވާނެކަމަށް ވިދާޅުވެފައެވެ. އިތުރު ވާހަކައެއް ނުދައްކަވައެވެ.
މިނިސްޓަރ ވިދާޅުވީ މިޝްކާގެ މަރުގެ މައްސަލާގައ އިހުމާލު އެބައޮތްކަމަށާއި، އެ މައްސަލަ މިރޭގެ ނިޔަަށް ބަލައި ނިމޭނެކަމަށެވެ. އަދި ފިޔަވަޅު އަޅަންޖެހޭ ފަރާތްތަކާމެދު ފިޔަވަޅު އަޅާނެކަމަށް ނަސީމް ވިދާޅުވިއެވެ.
އެމްބިއުލަން ފޮނުވުން ލަސްވެގެން މިޝްކާއަށް ފަރުވާ ނުދެވި ނިޔާވެފައިވާއިރު، ރާއްޖޭގައި ކޯވިޑްގައި ފުރަތަމަ ނިޔާވި މީހާވެސް ނިޔާވެފައިވަނީ އެމްބިއުލަންސް ފޮނުވުން ލަސްވެގެންނެވެ. އެ މައްސަލަ ބަލައި ފިޔަވަޅު އަޅާނެކަމަށް އެޗްޕީއޭއިންކުރިން ބުނެފައިވެއެވެ. ނަމަވެސް އެ މައްސަލާގައ މިހާތަނަށް އެޅި ފިޔަވަޅެއް ހާމަކޮށްފައެއް ނުވެއެވެ.
މިޝްކާގެ ހާލު ދެރަވެގެން އެމްބިއުލެންސަށް ގުޅީ ރޭ 9:00 ޖެހިއިރު ކަމަށާއި ނަމަވެސް އެމްބިއުލެންސް އައީ އޭގެ 2 ގަޑިއިރެއްހާއިރު ފަހުންކަމަށް އާއިލާއިން ބުނެއެވެ. އަދި އެމްބިއުލާންސް ލަސްވުމުން އެޗްޕީއޭގެ އިތުރުން އައިޖީއެމްއެޗްގެ އެމްބިއުލެންސަށް ވެސް ގުޅިކަމަށް މިޝްކާގެ އާއިލާއިން ބުނެއެވެ.
އެޗްޕީއޭ ބުނީ މިޝްކާ ނިޔާވީ ރޭ ދަންވަރު 12:10 ގައި، އައިޖީއެމްއެޗް އިމަޖެންސީގައި ފަރުވާ ދެމުން ދަނިކޮށްކަމަށެވެ. ރޭ ނިޔާވި ފާތިމަތު މިޝްކާއަކީ އިމާދުއްދީން ސްކޫލްގެ ޖުވެލް ސެންޓަރުގެ ގްރޭޑް 7ގައި ތައުލީމް ހާސިލްކުރަމުންދިޔަ ހުނަރުވެރި ދަރިވަރެކެވެ.
ކޮމެންޓު ފޮނުވާ