ޖަމާޢަތްތެރިންނަށް ހުރި ދަތިތައް އޮޅުންފިލުވައިފިން، ފަސޭހަވާނެ މަގުތައް ފަހިކޮށްދޭނަން: ޝުޖާއު

ޖަމާޢަތްތެރިންނަށް ހުރި ދަތިތައް އޮޅުންފިލުވައިފިން، ފަސޭހަވާނެ މަގުތައް ފަހިކޮށްދޭނަން: ޝުޖާއު

Author
ޢަލީ އާދަމް
02 ޖޫން 2021 11:48
0

ކޮވިޑް ބަލިމަޑުކަމުގެ ނާޒުކު ވަގުތު ޚިދުމަތުގެ ކުރީ ސަފުގައި ޖަމާޢަތްތެރީން ހަރަކާތްތެރިވާއިރު ހުރި ދަތިތައް އޮޅުންފިލުވާފައި ވާކަމަށާއި، އެފަރާތްތަކުގެ މަސައްކަތްތަކަށް ފަސޭހަވާނެ މަގުތައް ފަހިކޮށްދޭނެ ކަމަށް ސިޓީ ކައުންސިލްގެ ހުޅުމާލެ ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެ އެވެ.

ޝުޖާއު މިހެން ވިދާޅުވީ ކޯވިޑްގެ ބަލީގައި ނިޔާވާމީހުންގެ ކަށުކަމާކެމީގެ ކަންކަމުގައި ހަރަކާތްތެރިވާ ހުޅުމާލޭ ސަހަރާގެ ޖަމާޢަތްތެރިންނާއި މިއަދު ބައްދަލުކުރެއްވުމަށްފަހު ކުރެއްވި ޓްވީޓެއްގައެވެ.

ޝުޖާއު ވިދާޅުވީ ކޮވިޑް ބަލިމަޑުކަމުގެ މިި ނާޒުކުވަގުތު ޚިދުމަތުގެ ކުރީ ސަފުގައި ޖަމާޢަތްތެރީން އަދާކުރައްވަނީ ދީނީ އަދި އިންސާނީ ވަރަށް ޒިންމާދާރު ވާޖިބެއް ކަމަށެވެވެ އަދި މަސައްކަތުގެ ބާވަތުން ކޮންމެ އިރެއްގައި ކޮންމެ ދަމެއްގައިވެސް ޖަމާޢަތްތެރީން ތިބެން ޖެހެނީ ޚިދުމަތުގައި ކަމަށް ޝުޖާއު ވިދާޅުވިއެވެ.

އެހެންކަމުން ޖަމާޢަތްތެރީންގެ އިޚްލާޞްތެރި މަސައްކަތް އިޙްތިރާމާ އަގު ވަޒަންކުރުމާއެކު ބަލައިގަންނަން ޖެހޭ ކަމަށް ޝުޖާއު ވިދާޅުވި އެވެ.

"ކޮވިޑްގައި މި ދުނިޔެ ދޫކުރާ އަޚުންނާ އުޚްތުންގެ ޢާއިލާތަކުގެ ހިތްދަތި އިޙްސާސްތައް އެންމެ ގާތުން ދެކެނީ ޖަމާޢަތްތެރީން. އެ ޙާލަތުގައި ޢާއިލާތަކަށް ހިތްވަރުދެއްވާ. މަސްއޫލިއްޔަތު އަދާކުރެއްވުމުގައި ހިތްވަރާއެކު މަސައްކަތްކުރައްވާ"

– ޝުޖާއު

ޝުޖާއު ވިދާޅުވީ ޖަމާޢަތްތެރީންނަށް ހުރި ދަތިތަށް ލުއިކޮށްދީ ވާނުވާ ގާތުންބަލައި، މަސައްކަތަށް ފަސޭހަވާނެ ގޮތްތައް މަގުފަހިކޮށްދިނުމަށް މިހާރުގެ ސިޓީކައުންސިލް ދެމިއޮންނާނެ ކަމަށެވެ.

މިދިޔަ ހުކުރު ދުވަހު ޝުޖާއު އިސްވެ ހުންނަވައިގެން ވަނީ ހުޅުމާލެ ސަހަރާ މިސްކިތުގެ ހިނަވާގެއާއި އިންވެގެން އަޅާ 4 ފާހާނާގެ ސައިޓް އިސްޕެކްޝަންވެސް ހަދާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ޔ ޔާމިން
ސާބަހޭ ސުޖާ