އދ ހަންޏާމީދޫ ގައި ތަރައްގީ ކުރަމުންދާ ބަނދަރުގެ ބޭރުތޮށި ލުމަށް ބޭނުންވާ ބޮޑު ހިލައިގެ ފުރަތަމަ ޝިޕްމަންޓު އެރަށް ގެންގޮސްފި އެވެ.
ބަނދަރުގެ މަސައްކަތް ކުަރަމުންގެނަދާ އެމްޓީސީސީން ބުނީ، މި މަޝްރޫއަށް ބޭނުންވާ ބޮޑުހިލައިގެ ފުރަތަމަ ޝިޕްމަންޓު މިދިޔަ ހޯމަ ދުވަހު ޕްރޮޖެކްޓު ސައިޓަށް ގެންދެވިފައި ވާކަމަށެވެ.
The first shipment of rock boulders required for the breakwater construction of Adh. Hangnaameedhoo Harbor have been delivered to the project site on 31st May 2021.#MTCCProjects pic.twitter.com/1hrF66aED6
— MTCC Plc (@MTCCPlc) June 2, 2021
މި މަޝްރޫޢުގެ ދަށުން، 6,363.1 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމާއި، 204 މީޓަރުގެ ސަރަޙައްދެއްގައި ބޭރު ތޮށި ލުމާއި، 266 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމާއި، 160 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމަންޓް ޖެހުން ހިމެނޭ ކަމަށް އެމްޓީސީސީން މައުލޫމާތުދެއެވެ. އަދި މަގު ބައްތި ހަރުކުރުމާއި، 1,330 އަކަ މީޓަރު ސަރަޙައްދެއްގައި ޕޭވްމަންޓް ހެދުންވެސް މި ޕްރޮޖެކްޓްގައި ހިމެނޭ ކަމަށް އެކުންފުނިން ބުނެއެވެ.
ހަންޏާމީދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުއަކީ ޖުމުލަ 32.2 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ. މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިން، ހައުސިންގ، އެންޑް އިންފްރާސްޓްރަކްޗަރ އިން މި މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 2019 ވަނަ އަހަރު ޑިސެމްބަރު މަހުއެވެ.
ކޮމެންޓު ފޮނުވާ