ކުފުރު ވެފައިވާ މީހެކޭ ބުުނުން ކުށެއް ކަމަށް ކަނޑައެޅިގެން ނުވާނެކަމަށް ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ޤާޟީ އަޙްމަދު ހައިލަމް ވިދާޅުވެއްޖެއެވެ.
ހައިލަމް މިހެން ވިދާޅުވެފައި މިވަނީ، އާންމު ތަނެއްގައި މުސްލިމަކު ކާފަރެއްގެ ގޮތުގައި ސިފަކުރުންފަދަ ނަފުރަތުގެ އަމަލު ހިންގުން ޖިނާއީ ކުށަކަށް ހެދުމަށް ގާނޫނުލްއުގޫބާތަށް އިސްލާހެއް ހުށައެޅުމާއި ގުޅިގެންނެވެ. ސަރުކާރުން ހުށައެޅުއްވިއެ އިޞްލާހަށް ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.
އެ އިޞްލާހާއި ގުލިގެން ފާޑުވިދާޅުވެ، ހައިލަމް ވިދާޅުވީ، ޤުރުއާނުން ސާބިތުވާ ޙުކުމްތަކަށް އިންކާރު ކުރުމަކީ ޤުރުއާނަށް އިންކާރުކުރުންކަމަށެވެ. ޤުރުއާނުގެ އާޔަތަކަށް އިންކާރުކުރުންވެސް ކުފުރު ވާނެކަމެއް ޢިލްމުވެރިން އިޖުމާޢު ވެފައިވާއިރު، އެފަދަ މީހަކީ އިސްލާމް ދީނާ ޚިލާފުކަމެއްކަމަށްވެސް ހައިލަމް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، ކުފުރު ވެފައިވާ މީހެކޭ ބުުނުން ކުށެއް ކަމަށް ކަނޑައެޅިގެން ނުވާނެކަމަށެވެ.
ޤުރުއާނުން ސާބިތުވާ ޙުކުމްތަކަށް އިންކާރު ކުރުމަކީ ޤުރުއާނަށް އިންކާރުކުރުން. ޤުރުއާނުގެ އާޔަތަކަށް އިންކާރުކުރުން ވެސް ކުފުރު ވާނެކަމެއް ޢިލްމުވެރިން އިޖުމާޢު ވެފައިވާއިރު، އެފަދަ މީހަކީ އިސްލާމް ދީނާ ޚިލާފު، ކުފުރު ވެފައިވާ މީހެކޭ ބުުނުން ކުށެއް ކަމަށް ކަނޑައެޅިގެން ނުވާނެ. https://t.co/9Be1qoS4x7 pic.twitter.com/KOzbDBezUp
— Ahmed Hailam (@AhmedHailam) June 1, 2021
ހައިލަމް މިހެން ވިދާޅުވެފައިވާއިރު، އާންމު ތަނެއްގައި ވަކި މީހަކީ އިސްލާމްދީނާ ޚިލާފަށް ނޫނީ އިސްލާމްދީނާ ދެކޮޅު މީހެއްކަމަށް ތުހުމަތު ކުރުމާއި، މީހެއްގެ އިސްލާމީ އަގީދާއާ ގުޅުވައި އެ މީހަކާމެދު ނަފްރަތު އުފެއްދުމުގެ އިތުރުން، މުސްލިމަކު ކާފަރެއްގެ ގޮތުގައި ސިފަކުރުމާއި އެކަމުގައި ބައިވެރިވުމަކީ ކުށެއްގެ ގޮތުގައި ކަނޑައަޅަން އިޞްލާހު ހުށައެޅުއްވީ ތުޅަދޫ ދާއިރާގެ މެންބަރު ހިސާން ހުސައިންއެވެ. އެ ކުށަކީ އެއީ ޖުނަހުގެ އެއް ވަނަ ދަރަޖައިގެ ކުށެއް ކަމަށްވެސް ބަޔާންކުރެއެވެ. ގާނޫނުލްއުގޫބާތުގެ ދަށުން އެފަދަ ދަރަޖައިގެ ކުށަށް ދެވޭނެ އެންމެ ބޮޑު އަދަބަކީ އެއް އަހަރުގެ ދުވަހަށް ޖަލަށްލުމެވެ. އަސާސީ މިންގަނޑުން އަދަބު ދޭނަމަ ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެކެވެ. އެންމެ ދަށް މިންގަނޑުން ނަމަ އެއް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެކެވެ. އަދި އެފަދަ އަމަލެއް ހިންގުމާއެކު މީހަކާ ދެކޮޅަށް އަނިޔާވެރިވާން ގޮވާލުމާއި، ހިތްވަރު ދިނުމުގެ އިތުރުން ބައިވެރިވުމަކީވެސް އެފަދަ ކުށެކެވެ.
މީގެ އތުރުން މުސްލިމަކު ކާފަރެއް ކަމަށް ތުހުމަތު ކުރުމާއިއެކު މީހަކާއި، ދެކޮޅަށް އަނިޔާވެރި ވުމަށް ގޮވާލުން ނުވަތަ އެފަދަ އަމަލަކަށް ހިތްވަރުދިނުން ނުވަތަ ބައިވެރިވުމަކީވެސް ކުށެއް ކަމަށް ޙިސާން ހުށައެޅުއްވި އިޞްލާހުގައިވެއެވެ. އެއީ ޖިނާޔަތުގެ ފަސް ވަނަ ދަރަޖައިގެ ކުށެއް ކަމަށްވެސް ބަޔާންކުރެއެވެ. ޖިނާޔަތުގެ ފަސްވަނަ ދަރަޖައިގެ ކުށަކަށް އެންމެ ބޮޑުވެގެން އަންނާނީ ދެ އަހަރު ދުވަހުގެ ޖަލު ހުކުމެކެވެ. އަސާސީ މިންގަނޑުން ނުވަ މަހާއި 18 ދުވަހުގެ ޖަލު ހުކުމެކެވެ.
ސަރުކާރުން ހުށައެޅި މި އިސްލާހާއެކު ފާޑުކިޔުން ބޮޑުވެ، ސަރުކާރުން ވަނީ، ދީނަށް ފުރައްސާރަކުރުމަކީ ކުށެއްކަމަށް ކަނޑައެޅުމަށް ބިލެއް ހުށައެޅުމަށްވެސް ނިންމާފައެވެ.
ކޮމެންޓު ފޮނުވާ