އެމްޕީއެލް ސަރަހައްދުގައި މަސައްކަތްކުރަމުންދިޔަ ބިދޭސީއެއް މަރުވެއްޖެ

އެމްޕީއެލް ސަރަހައްދުގައި މަސައްކަތްކުރަމުންދިޔަ ބިދޭސީއެއް މަރުވެއްޖެ

Author
މުޙައްމަދު ޖިމީ
02 ޖޫން 2021 12:39
0

އެމްޕީއެލް ސަރަހައްދުގައި މުދާ ބަރުކުރުމުގެ މަސައްކަތް ކުރަމުންދިޔަ ބިދޭސީއަކު މަރުވެއްޖެއެވެ.

އެމްޕީއެލް އިން ބުނީ، އެމްޕީއެލް ސަރަހައްދަށް މުދާ ބަރުކުރުމަށް ވަދެފައިވާ ސޮނީ ހާރޑްވެއަރގެ "ފަރުމާ" ގެ ފަޅުވެރިއެއް ހޭ ނެތިގެން ވެއްޓުމުން އެމްޕީއެލްގެ އިމަރޖެންސީ ރެސްޕޯންސް ޓީމުން ވަގުތުން އެ ހާދިސާ ހިނގި ސަރަހައްދަށްގޮސް ސީޕީއާރު ދިނުމަށް ފަހު އެމްބިއުލާންސްގައި އައިޖީއެމް ހޮސްޕިޓަލަށް ގެންގޮސްފައިވާކަމަށެވެ.

ހާދިސާ ރިޕޯޓު ކުރިތާ 3 މިނެޓު ތެރޭގައި އެ މީހާ ހޮސްޕިޓަލަށް ގެންގޮސްފައިވާކަމަށް އެމްޕީއެލް އިން ބުންޏެވެ. މި ހާދިސާގެ ރިޕޯޓު އެމްޕީއެލްއަށް ލިބިފައިވަނީ، މިއަދު 11:23 ކަމަށްވެސް އެމްޕީއެލް އިން ބުންޏެވެ.

އޭނާ މަރުވެފައިވަނީ ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށެވެ. މަރުވެފައިވަނީ ބަންގްލަދޭޝްގެ މީހެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.