ބާ ކައުންސިލުން އަނަސް އިސްތިއުފާ ދެއްވައިފި

ބާ ކައުންސިލުން އަނަސް އިސްތިއުފާ ދެއްވައިފި

Author
ޢަލީ އާދަމް
01 ޖޫން 2021 06:30
0

ބާ ކައުންސިލްގެ ހިންގާ ކޮމެޓީގެ މެންބަރު ކަމުން އަނަސް އަބްދުއް ސައްތާރު އިސްތިއުފާ ދެއްވައިފިއެވެ.

ގާނޫނީ ވަކީލުންގެ ބެލެނިވެރި ފަރާތް ކަމުގައިވާ ބާ ކައުންސިލްގެ ހިންގާ ކޮމިޓީގެ މެމްބަރު ކަމުން އަނަސް މިއަދުންފެށިގެން އިސްތިއުފާދެއްވާފައި ވާކަން ހާމަކުރީ އެ ކައުންސިލުން މިއަދު ކުރި ޓްވީޓެއްގައެވެ.

އަނަސް އަކީ ބާ ކައުންސިލުގެ ހިންގާ ކޮމިޓީ އެކުލަވައިލިއިރު ވަކީލުންގެ ތެރެއިން އެ ކައުންސިލަށް އިންތިހާބުވެވަޑައިގެންނެވި މެންބަރެކެވެ.

އަނަސް މި މިޤާމުން އިސްތިއުފާދެއްވީ ސަބަބެއް އަދި މިހާތަނަށް ހާމަކުރައްވާފައެއް ނުވެއެވެ. ބާ ކައުންސިލްގެ އެކްސްކޯގެ ބައްދަލުވުންތަކަށް މިދިޔަ އަހަރު އެންމެ މަދުން ޙާޒިރުވެވަޑައިގެންނެވި މެމްބަރަކީވެސް އަނަސް އެވެ.

އަނަސް ވަނީ ނިމިދިޔަ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި މާލެ ސިޓީ ކައުންސިލްގެ މޭޔަރު ކަމުގެ މަގާމަށް ސަރުކާރު ހިންގާ މައިޕާޓީ އެމްޑީޕީގެ ޓިކެޓުގައި ވާދަކުރައްވާފަ އެވެ. މީގެ އިތުރުން އެމްޑީޕީގެ ސެކްރެޓަރީ ޖެނެރަލްކަމުގެ މަގާމު ގިނަ ދުވަސްތަކެއް ވަންދެން އަނަސް ވަނީ އަދާކުރައްވާފަ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.