ޒުވާނާ މަރުވި އެކްސިޑެންޓްގައި ފިލި މީހާ ހައްޔަރުކޮށްފި

ޒުވާނާ މަރުވި އެކްސިޑެންޓްގައި ފިލި މީހާ ހައްޔަރުކޮށްފި

Author
މުޙައްމަދު ޖިމީ
01 ޖޫން 2021 12:13
0

މިދިޔަ ބުދަ ދުވަހުގެރޭ ޒުވާނަކު މަރުވި އެކްސިޑެންޓްގައި މަޑުނުކޮށް ދިޔަ މީހާ ފުލުހުން ހައްޔަރުކޮށްފިއެވެ. ފުލުހުން ބުނީ އޭނާ ހައްޔަރުކޮށްފައިވަނީ އިއްޔެ ހަވީރު 17:00 ހާއިރު، ކޯޓު ޢަމުރެއްގެ ދަށުންކަމަށެވެ.

މި މައްސަލާގައި ހައަޔަރުކޮށްފައިވަނީ ޢުމުރުން 26 އަހަރުގެ ދިވެހި ފިރިހެނެއްކަމަށްވެސް ފުލުހުން ބުންޏެވެ.

ބުދަ ދުވަހުގެ ރޭ ހިނގި އެކްސިޑެންޓްގައި ވަނީ ޢުމުރުން 22 އަހަރުގެ ޒުވާނަކު މަރުވެފައެވެ. ފުލުހުން ބުނީ، މިއެކްސިޑެންޓް ހިނގީ ގަލޮޅު ހުވަފެނީ ގޯޅީގައި ބާވާފައި އޮތް ގާޑިޔާއެގައި އެމަގުން ދުއްވާފައި ދިޔަ ސައިކަލެއް ޖެހިގެން ކަމަށެވެ. އެކްސިޑެންޓުގައި މަރުވީ ގާޑިޔާގައި ޖެހުނު ސައިކަލުގެ ފަހަތުގައި އިން ޒުވާނެކެވެ. އޭނާ މަރުވީ އެކްސިޑެންޓުގައި ލިބުނު ޒަޚަމްތަކަށް އޭޑީކޭގައި ފަރުވާދެ،މުން ދަނިކޮށެވެ.

މި ނުރައްކާތެރި އެކްސިޑެންޓުގައި ހިމެނޭ ސައިކަލް ދުއްވި މީހާވަނީ އެޗްސިޑެންޓްވުމާއެކު އެސަރަހައްދުގައި މަޑުނުކޮށް ގޮސްފައިކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ މި މައްސަލައާއި ގުޅޭގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގެ މަސައްކަތް ކުރަމުން އަންނަކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.