އާންމު ތަނެއްގައި މުސްލިމަކު ކާފަރެއްގެ ގޮތުގައި ސިފަކުރުންފަދަ ނަފުރަތުގެ އަމަލު ހިންގުން ޖިނާއީ ކުށަކަށް ހެދުމަށް ގާނޫނުލްއުގޫބާތަށް ހުށައެޅި އިޞްލާހަށް ދީނީ ޢިލްމުވެރިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.
މުސްލިމަކު ކާފަރެއް ކަމަށް ތުހުމަތު ކުރުމާއިއެކު މީހަކާއި، ދެކޮޅަށް އަނިޔާވެރި ވުމަށް ގޮވާލުން ނުވަތަ އެފަދަ އަމަލަކަށް ހިތްވަރުދިނުން ނުވަތަ ބައިވެރިވުމަކީ ޖިނަޢީ ކުށެއްކަމަށް ކަނޑައެޅުމަށް ސަރުކާރުގެ ފަރާތުން ތުޅާދޫ ދާއިރާގެ މެންބަރު ޙިސާން ޙުސައިން ވަނީ އިސްލާހެއް ހުށައަޅަފައެވެ. މިއާއެކު ދީނީ ޢިލްމުވެރިންނާއި، ޢާންމު ބައެއް ފަރާތްތަކުން ވަނީ ކަންބޮޑުވުން ފާޅުކުރަން ފަށާފައެވެ.
މިކަމާއި ގުޅިގެން ދީނީ ޢިލްމުވެރިތާ ޢަލީ ޒައިދު ވިދާޅުވީ، އިސްލާމް ދީނާއި ޚިލާފު ވާހަކަތައް ދެއްކުމަކީ ކުށެއްކަމަށެވެ. އަދި އިސްލާމް ދީނަށް ފުރައްދާރަކުރުމާއި ދީނުގައި ހުރި ސާބިތު ހުކުމްތަކަށް ފާޅުގައި އިންކާރު ކުރުމަކީ ކުށެއްކަމަށާއި، އެފަދަ ވާހަކަތައް ދައްކާނަމަ އެފަދަ ވާހަކަކަށް އިންކާރުކުރުމަކީ ކޮންމެ މުސްލިމެއްގެ ވާޖިބެއްކަމަށް ޒައިދު ވިދާޅުވިއެވެ.
Islam dheenaa khilaaf vaahaka thah dhekkumakee kusheh! Adhi Islam dheenah furassaara kurumaa, dheenugai huri saabithu gathuee hukum thakah faalhugai inkaar kurumaky kusheh! Mifadha vaahaka thah dhakkaa nama efadha vaahaka thakah inkaaru kurumaky konme Muslim eh ge vaajibeh!
— Ali Zaid (@alizaid1000) May 31, 2021
ދީނީ ޢިލްމުވެރިޔާ ދި ލެކްޗަރާގެ އިތުރުން ފެކަލްޓީ އޮފް ޝަރިއާއެންޑް ލޯގެ ކުރީގެ ޑީން ޝެއިހު އަލީ ޒާހިރު ބިން ސައީދު ވިދާޅުވީ، އިސްލާމް ދީނާއި ދެކޮޅަށް އުޅޭމީހުންނަށް މިނިވަންކަން ފުޅާކުރުމަށާއި، އެފަދަ މީހަކީ ދީނާއި ދެކޮޅު މީހެއްކަމަށް ބުނާ މީހާ "އުލު ބައިންދަން" ޤާނޫނަށް ބަދަލު ގެނައުމަށް މަސައްކަތް ކުރުމަކީ ދީނަށް ނިކަމެތިކަން ގެނައުމަށް ހިންގާ ޖަރީމާއެއްކަމުގައި ނޫނީ ދެކެވަޑައިނުގަންނަވާކަމަށެވެ.
Islam dheena dhekolhah ulhey meehun nah minivan kan fulhaa kurumashaai, efadha meehakee dheena dhekolhu meeheh kamah bunaa meehaa "ulu baidhan" ganoonah badhalu genaumah masakkah kurumakee dheenah nikamethikan genaumah hinga jareema eh kamugai noonee nudhekemeve. pic.twitter.com/NRaU7WkBy8
— Ali Zahir bin Saeed (@alizahirsaeed) May 31, 2021
ސަލަފް ޖަމިއްޔާގެ ރައީސް އަދި ދީނީ ޢިލްމުވެރިޔާ ޢަބްދުﷲ ބިން މުޙައްމަދު އިބްރާހީމް (ޢަބްދުﷲ ބިން ޖަނާބު) ވިދާޅުވީ، އެއީ "ލާދީނިއްޔަތު" ޙިމާޔަތްކޮށް ދީނިއްޔަތު ސުންނާފަތިކުރަން ބައްޓަންކޮށްފައިވާ ޤާނޫނެއްކަމަށާއި، ދީނީ ހޭލުންތެރިކަން އަލުން 80-90 ގެ އަހަރުތަކުގައި އޮތް ހިސާބައް ދިވެހިރާއްޖެ ފަހައްޖެއްސުމުގެ މަންތިރިއެއްކަމަށެވެ. އޭނާ ވިދާލުވީ،އިސްލާމްދީނުގެ އަސާސްތައް ނައްތާލުމަށް ފާޅުގައި މަސައްކަތްކުރަމުންދާ "އެމްޑީއެން" ގެ ލާދީނީ ފަރާތްތަކަށް ފިޔަވަޅުއެޅުމުގެ ބަދަލުގައި، އެފަދަ ފަރާތްތަކުން މީސްތަކުން ހޭލުންތެރިކުރުވުމަށް ހުރި މަގުތައް މިގައުމުގައި ބަންދުކުރުމަށް ޤާނޫނުހެދުމަކި ބޮޑު ޖަރީމާއެއްކަމަށެވެ.
ޝައްކެއްނެތް! އިސްލާމްދީނުގެ އަސާސްތައް ނައްތާލުމަށް ފާޅުގައި މަސައްކަތްކުރަމުންދާ "އެމްޑީއެން" ގެ ލާދީނީ ފަރާތްތަކަށް ފިޔަވަޅުއެޅުމުގެ ބަދަލުގައި، އެފަދަ ފަރާތްތަކުން މީސްތަކުން ހޭލުންތެރިކުރުވުމަށް ހުރި މަގުތައް މިގައުމުގައި ބަންދުކުރުމަށް ޤާނޫނުހެދުމަކި ބޮޑު ޖަރީމާއެކެވެ. https://t.co/TWKmdYu12J
— Abdullah bin janaab (@binjanaab) May 31, 2021
މިނޫނަސް ގިނަ ދީނީ ޢިލްމުވެރިން ވަނީ އެ އިޞަލާހާއި ގުޅިގެން ކަންބޮޑުވުން ފަޅުކުރައްވާފައެވެ.
Heyo kan kamah amuru koh Nubai kan kan Nahee kurun huttuvan kura maskkaiy kaamiyaabeh nuvaane In Sha Allah.
— Dr.Mohamed Iyaz (@dr_iyaz) May 31, 2021
ދީނީ ޢިލްމުވެރިން މި ކަންބޮޑުވުން ފާޅުކުރައްވާފައިވާއިރު، ސަރުކާރުގެ ފަރާތުންހިސާން ހުށައެޅުއްވި އިސްލާހުގައި ވަނީ، އާންމު ތަނެއްގައި ވަކި މީހަކީ އިސްލާމްދީނާ ޚިލާފަށް ނޫނީ އިސްލާމްދީނާ ދެކޮޅު މީހެއްކަމަށް ތުހުމަތު ކުރުމާއި، މީހެއްގެ އިސްލާމީ އަގީދާއާ ގުޅުވައި އެ މީހަކާމެދު ނަފްރަތު އުފެއްދުމުގެ އިތުރުން، މުސްލިމަކު ކާފަރެއްގެ ގޮތުގައި ސިފަކުރުމާއި އެކަމުގައި ބައިވެރިވުމަކީ ކުށެއް ކަމަށެވެ. އަދި އެއީ ޖުނަހުގެ އެއް ވަނަ ދަރަޖައިގެ ކުށެއް ކަމަށްވެސް ބަޔާންކުރެއެވެ. ގާނޫނުލްއުގޫބާތުގެ ދަށުން އެފަދަ ދަރަޖައިގެ ކުށަށް ދެވޭނެ އެންމެ ބޮޑު އަދަބަކީ އެއް އަހަރުގެ ދުވަހަށް ޖަލަށްލުމެވެ. އަސާސީ މިންގަނޑުން އަދަބު ދޭނަމަ ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެކެވެ. އެންމެ ދަށް މިންގަނޑުން ނަމަ އެއް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެކެވެ. އަދި އެފަދަ އަމަލެއް ހިންގުމާއެކު މީހަކާ ދެކޮޅަށް އަނިޔާވެރިވާން ގޮވާލުމާއި، ހިތްވަރު ދިނުމުގެ އިތުރުން ބައިވެރިވުމަކީވެސް އެފަދަ ކުށެކެވެ.
މީގެ އތުރުން މުސްލިމަކު ކާފަރެއް ކަމަށް ތުހުމަތު ކުރުމާއިއެކު މީހަކާއި، ދެކޮޅަށް އަނިޔާވެރި ވުމަށް ގޮވާލުން ނުވަތަ އެފަދަ އަމަލަކަށް ހިތްވަރުދިނުން ނުވަތަ ބައިވެރިވުމަކީވެސް ކުށެއް ކަމަށް ޙިސާން ހުށައެޅުއްވި އިޞްލާހުގައިވެއެވެ. އެއީ ޖިނާޔަތުގެ ފަސް ވަނަ ދަރަޖައިގެ ކުށެއް ކަމަށްވެސް ބަޔާންކުރެއެވެ. ޖިނާޔަތުގެ ފަސްވަނަ ދަރަޖައިގެ ކުށަކަށް އެންމެ ބޮޑުވެގެން އަންނާނީ ދެ އަހަރު ދުވަހުގެ ޖަލު ހުކުމެކެވެ. އަސާސީ މިންގަނޑުން ނުވަ މަހާއި 18 ދުވަހުގެ ޖަލު ހުކުމެކެވެ.
އެ އިޞްލާހުގައި މުސްލިމަކު ކާފަރުކޮށް މީހަކަށް އަނިޔާއެއް ދިނުން ނުވަތަ އަނިޔާއެއް ދިނުމުގައި ބައިވެރިވުން ނުވަތަ އަނިޔާއެއް ދިނުމަށް ރޭވުންވެސް ކުށެއް ކަމަށްވެސް ބުނެފައިވެއެވެ. އަދި މީހެއްގެ ސިޔާސީ ވިސްނުމަށް ބަލައި އެމީހަކަށް ޖިސްމާނީ އަނިޔާއެއް ދިނުން ނުވަތަ ދިނުމުގައި ބައިވެރިވުން ނުވަތަ ދިނުމަށް ރޭވުންވެސް އެއީ ކުށެެއްކަމަށް ބުނެފައިވެއެވެ. އެފަދަ ކުށެއް ކުރާ މީހަކު އެކުރަނީ ޖިނާޔަތުގެ ހަތަރުވަނަ ދަރަޖައިގެ ކުށެއް ކަމަށް ބުނެފައިވާއިރު، ޖިނާއަތުގެ ހަތަރުވަނަ ދަރަޖައިގެ ކުށަކަށް އެންމެ ބޮޑު އަދަބަކަށް ދެވޭނީ ހަތަރު އަހަރަށް ޖަލަށްލުމެވެ. އަސާސީ މިންގަނޑުން އަދަބު ދޭ ނަމަ އެއް އަހަރާއި ހަތް މަސް ދުވަހަށް ޖަލަށްލުމެވެ.
މީގެ އިތުރުން މީހެއްގެ ނަސްލަށާއި އުފަންވީ ގައުމަށް ނުވަތަ ކުލަޔަށް ބަލައި، އެމީހަކަށް ޖިސްމާނީ އަނިޔާއެއް ދިނުމާއި، ބައިވެރިވުމާއި ރޭވުމަކީ ވެސް ކުށެއް ކަމަށްވެސް ބުނެފައިވެއެވެ. އެފަދަ އަމަލެއް ހިންގައިގެން މީހެއްގެ ފުރާނަ ގެއްލިއްޖެނަމަ، އެ މީހަކަށް މަރުގެ އަދަބު ނޫނީ އުމުރަށް ޖަލަށް ލުމުގެ އަދަބު ޙިސާންގެ އިސްލާހުގައި ވަނީ ކަނޑައަޅާފައެވެ. މީގެ އިތުރުން ކުށެއް ކުރީ މީހަކު ރަހީނުކޮށްގެން، ޖިންސީ އަނިޔާ ދީގެން ނޫނީ މަރާލާނެ ކަމުގެ އިންޒާރު ދީގެން ނަމަ، އަދަބެއްގެ ގޮތުގައި 15 އަހަރުގެ ޖަލު ހުކުމެއް އަންނާނެކަމަށްވެސް ބިލުގައިވެއެވެ.
ކޮމެންޓު ފޮނުވާ