އިންޑިއާއާއި ގުޅުން ބަދަހު ކުރުމަކީ، ކަޝްމިރަށް ވެވޭ ބޭވަފާތެރިކަމެއް ކަމަށް ވިދާޅުވެ، އިންޑިއާއި އެއްވެސް ބާވަތެއްގެ ގުޅުމެއް ބަދަހިކުރުމުގެ ޝައުގުވެރިކަމެއް ނެތް ކަމުގައި، ޕާކިސްތާންގެ ބޮޑުވަޒީރު އިމްރާން ޚާން ވިދާޅުވެއްޖެއެވެ.
މި ހަފްތާގެ އާދީއްތަ ދުވަހު، ޕާކިސްތާނުގެ އާންމުނަށް ހުޅުވާލައިގެން ބޭއްވުނޫ ސުވަލާއި ޖަވާބުގެ ސެޝަނެއްގައި ވާހަކަ ދައްކަވަމުން އިމްރާންޚާން ވިދާޅުވީ އިންޑިއާއި ގުޅުން ގާއިމް ކުރުމަކީ، ކަޝްމިރުގެ ރައްޔިތުންގެ އުދާސްތަކުގައި ކޮޅުފައިން ޖެހުންކަމަށާއި އަދި އެއީ، ކަޝްމީރުގެ މިނިވަން ކަމަށްޓަކާ ޝަހީދުވެދިޔަ އެތައް ލައްކަ މުޖާހިދުންގެ ގުރުބާނީތަކުގެ މަތިން ހަނދާން ނައްތާލުން ކަމުގައެވެ.
"އަހަރެން ވެރިކަމާ ހަވާލުވި ދުވަހުން ފެށިގެން އަހަރެން މަސައްކަތް ކުރަމުން މިއަންނަނީ، ވާހަކަ ދައްކައިގެން ކަޝްމީރުގެ މައްސަލަ ހައްލުކޮށް، އިންޑިއާއާއި ގުޅުން ބަދަހި ކުރުމަށް،" އިމްރާން ޚާން ވިދާޅުވިއެވެ. އޭނާ އިތުރަށް ވިދާޅުވި ގޮތުގައި، މިވަގު ޕާކިސްތާނު އިންޑިއާއާއި ގުޅުން ބަދަހި ކޮށްފިނަމަ، އޭގެ ނަތީއާއަކަށް ވެންދާނީ، "ކަޝްމީރުގެ ރައްޔިތުންނާ ދެކޮޅަށް ވެވޭ ވަރަށްބޮޑު ބޭވަފާތެރި ކަމަކަށް" ކަމަށެވެ.
"އަހަރެންވެސް ގަބޫލުކުރަން އިންޑިއާއާއި ގުޅުން ބަދަހި ކޮށްފިނަމަ، އަހަރެމެންނަށްވެސް ވިޔަފާރީގެ ކުރިއެރުން ލިބިގެން ދާނެ، އެހެންނަމަވެސް، އެއީ ކަޝްމީރުގެ މިނިވަން ކަމަށްޓަކާ ލެއިން ވެގެން ދިޔަ ގުރުބާނީތައް ބޭކާރު ވެގެން ދިއުންކަމަށް، އެހެންވީމާ އެގުޅުމެއް ބަދަހިއެއް ނުކުރެވޭނެ،" އިމްރާން ޚާން ވިދާޅުވިއެވެ.
އިމްރާން ޚާން ވިދާޅުވި ގޮތުގައި، މިހާރު ހުއްޓިފައިވާ އިންޑިއާ ޕާކިސްތާނުގެ ސުލްހައިގެ ވާހަކަތައް އަލުން ފެށިގެން ދާނީ، އިންޑިއާ ފަޅިގައިވާ ކަޝްމީރަށް ޒަމާނުއްސުރެ ލިބިދީފައި އޮތް މިނިވަންކަން ނިގުޅައިގަތުމަށް ނިއު ދިއްލީން ނިންމާފައި އޮތް ނިންމުން އަބުރާ އިޢާދަ ކުރި ދުވަހަކުންނެވެ.
އިންޑިއާގެ މިހާރުގެ ބޮޑުވަޒީރު ނަރެންދުރަ މޯޑީގެ ސަރުކާރުން ވަނީ އިންޑިއާ ފަޅީގައި އޮންނަ ކަޝްމީރަށް ސަރަހައްދީ މިނިވަންކަން ލިބިދޭ، އިންޑިއާގެ ގާނުނު އަސާސީގެ 370 ވަނަ މާއްދާއާއި އަދި އެމާއްދާގެ ދަށުން އެމިނިވަންކަން ދަހަމަހައތަމުން އައިއެހެން މާއްދާތައްވެސް 2019 ވަނަ އަހަރުގެ އޮގަސްޓު މަހުގެ 5 ވަނަ ދުވަހު އުވާލާފައެވެ. އަދި އެއަށްފަހު އިންޑިއާގެ މިހާރުގެ ސަރުކާރުން ވަނީ، ކަޝްމީރަކީ މައިސަރުކރުން ބަލަހައްޓާ ދެ ސަރަހައްދެއްގެ ގޮތުގައި ހަމަޖައްސާވެސް ފައެވެ.
އަދި ހަމަ އެއާއެކު، މޯޑިގ ސަރުކާރުންވަނީ، އިންޑިއާފަޅީގައިވާ ކަޝްމީރުގެ ސަރަހައްދު ބަންދުކޮށް، އެތައްޙާސް ބަޔަކު ހައްޔަރުކޮށް، މީހުން ހަރަކާތްތެރިވެ އުޅުމަށް ހުރަސްއަޅާ، މުވާސަލާތީ ޚިދުމަތްތައްވެސް އެސަރަހައްދުގައި ކަޑާލާފައެވެ.
އިންޑިއާއިން ކަޝްމީރުގެ ސަރަހައްދީ މިނިވަންކަން ނިގުޅައިގަނެ، އަދި އަދި ކަޝްމީރުގެ ރައްޔިތުންނާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ބަދަލެއްގެ ގޮތުން ޕާކިސްތާނުންވަނީ، އިންޑިއާއާއެކު ކުރެވުމުންދިޔަ ވިޔަފާރީގެ ގުޅުންތައް މެދު ކަނޑާލާ، އަދި އިންޑިއާއެކު ދަމަހައްޓަމުން އައި ސިޔާސީ ގުޅުންތައްވެސް މަދު ކޮސްފައެވެ.
މިހަފްތާގެ ހުކުރުދުވަހު، ޔޫއެންގެ ޖެނެރަލް އެސެމްބްލިގެ ރައީސް ވަނީ، ނިއުކުލިއަރ ދެބާރުކަމުގައި އިންޑިއާ އަދި ޕާކިސްތާނަށްވެސް، ޚިޔާލުތަފާތުވެފައިވާ ހިމާލިޔާ ސަރަހައްދުގެ މިލްކުވެރިކަމާ ގުޅޭ އެއްވެސް މައްސަލައެއްގައި ހަމަނުޖެހުމަކަށް ހިގައިދާނެ އެއްވެސް ކަމެއް ނުކުރުމަށް ގޮވާލައްވާފައެވެ.
1947 ވަނަ އަހަރު، އިނގިރޭސިންގެ އިސްތިއުމާރުން މިނިވަންކަން ލިބުނުފަހުން، އިންޑިއާ ޕާކސިްތާނުން 3 ހަގުރާމައެއް ކޮށްފައި ވެއެވެ. އަދި އެއަަށްފަހު، ދެގައުމުގެ ގުޅުންތައް ވަނީ ވަރަށް ބޮޑަށް ހީނަރުވެފައެވެ. މިދެގައުމުންވެސް މުޅި ކަޝްމީރުގެ މިނިވަންކަމަށް ދައުވާކުރެއެވެ. އެހެންނަމަވެސް، ކަޝްމީރު އޮންނަނީ މި ދެގައުމުގެ ދެމެދުގައި ބެހިގެން ގޮސްފައެވެ.
ކޮމެންޓު ފޮނުވާ