އެނގޭތަ ބާލީސް ބޯދަށަށް ނުލައި ނިދުމުން މާ ފައިދާވެއޭ!

އެނގޭތަ ބާލީސް ބޯދަށަށް ނުލައި ނިދުމުން މާ ފައިދާވެއޭ!

ބާލީހާއި ނުލައި ނިދުމަކީ އަހަރެމެންގެ ތެރެއިން ގިނަ މީހުންނަށް ކުރަން ވަރަށް އުނދަގޫ ކަމަކެވެ. ގިނަ މީހުނަށް ބާލީހެއް ބޯދަށުގައި ނެތްނަމަ ނުވެސް ނިދެއެވެ. އެހެންނަމަވެސް މި ފަހަރު މި ކިޔާލަދެނީ ބާލީހާއި ނުލައި ނިދުމުން ލިބޭ ފައިދާ ތަކަށެވެ.

1. ކަރަށް ތަދުވުމާއި ބުރަކަށީގެ ރިހުން މަޑުވުން.
ބައެއް ފަހަރު ނިދަން އޮވެވޭ ގޮތަކުން ގައިގަ އާއި ކަރުގައި ރިހޭ ރިހުން، ބާލީސް ބޯދަށަށް ނުލައި ނިދުމުން ކުޑަވާކަމަށް ދިރާސާތަކުން އެނގެއެެވެ. އަދި ހަމަ އެހެންމެ މުޅިން އެއްކޮށް ރިހުން ފިލާ ކަމަށް ވެސް ބައެއް މީހުން ބުނެފައިވެއެވެ.

2. ބޮލުގައި ރިއްސުން ކުޑަވުން ނުވަތަ ބޮލުގައި ރިއްސުން ރަނގަޅުވުން.
ބައެއް ފަހަރު ނިދާ ހޭލާއިރު ބޯ އަނބުރާ ބޮލަށް ތަދުވާ ގޮތްވެއެވެ. އެހެންނަމަވެސް ބޯދަށަށް ބާލީސް ނުލައި ނިދުމުން މިކަން ފަސޭހަވުމަށް އެހީވެދެއެވެ. އެހެން ކަމުން ބޮލުގައި ރިއްސާނަމަ އަޖުމަ ބަލާލުމަށް ބާލިހާއި ނުލައި ނިދާލުން ބުއްދިވެރިއެވެ.

3. މޫނުގައި ރޫޖެހުން އަދި ބިހިނެގުމުން ދުރުކޮށްދޭ
މިއީ ބާލީހަކާއި ނުލައި ނިދާ ބައެއް ފަރާތްތަކުން ބުނެފައިވާ އެއްޗެކެވެ. އެގޮތުން ބާލީހުގައި ބޯ އަޅާއިގެން ނިދުމުން މޫނުގައި ހުންނަ ހުރިހާ ޖަރާސީމެއް އަދި ތެޔޮތައް ހަންގަނޑުގެ ތެރެއަށް ވަދެ މޫނުގައި ބިހިނެގުމަށް ފުރުސަތު ބޮޑުވެގެންދެއެވެ.

4. ނިދަން ފަސޭހަވުން
ބާލީހާއި ނުލައި ނިދާ ބައެއް ފަރާތްތަކުން ބުނާ ގޮތުގައި، ބާލިސް ނުލައި ނިދުމުން ނިދަން ފަސޭހަވުމާއިއެކު ގިނަ އިރު ނިދެއެވެ. މީގެ އިތުރުން ފުން ނިއްޖެއް ލިބޭކަމަށް ވެސް އެމީހުން ބުނެއެވެ.

5. ސްޓްރެސް އަދި އެންޒައިޓީ ދުރުކޮށްދޭ
ބާލިސް ބޯދަށަށް ނުލައި އޮތުމުން ހަށިގަނޑު އޮންނަނީ އޭގެ އަސްލު "ޕޮސިޝަން" ގައެވެ. މިކަމުގެ ސަބަބުން ބޮލުގައި ރިހުން އަދި ކަރުގައި ރިހުން ކުޑަވުމާއިއެކު، ސްޓްރެސް ވުމުން ދުރުކޮށްދެއެވެ.

އަބަދު ބާލިހުގައި ބޯއަޅައިގެން ނިދާ މީހަކަށް ބާލިހާ ނުލައި ނިދުމަކީ ވަރަށް އުދަނގޫ ކަމެކެވެ. އެހެންކަމުން މިކަންތައް އާދައަކަށް ހެދުމަށްޓަކައި ފުރަތަމަ ފައްޖަހާފައިވާ ފޮތިގަނޑެއް ބޯދަށަށް ލައިގެން ނިދުން އަދި ބޮލާއި، ކަދުރާއާއި، ބުރަކަށި އެއް ހަމައެއްގައި ބެހެއްޓުން ފަދަ ކަންކަން ކުރެވިދާނެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *