ކޯވިޑް19ގެ ހާލަތު ގޯސްވެ، އަދި ބަލި ކޮންޓްރޯ ކުރުމަސް މިހާރު އަޅާފައިވާ ފިޔަވަޅުތަކާ ގުޅިގެން، ހިޔާސް މަޝްރޢުގެ ގުރުއަތުލުން މިވަގުތަށް މެދު ކަނޑާލާފައިވާކަން އެޗްޑިސީން ހާމަ ކޮށްފިއެވެ.
ހައުސިންގ ޑިވަލޮޕްމެންޓް ކޯޕަރޭޝަން އެޗްޑިސީން ބުނެފައިވަނީ، ކޯވިޑް19 ކޮންޓްރޯލް ކުރެވުނުހާ އަވަހަކަށް ގުރުއަތު ނެގުން ކުރިޔަށް ގެންދާ ގޮތަށް ހަމަޖެހިފައިވާ ކަމަށާއި، ފިޔަވަޅުތަކަށް ލުއި ލިބުމުން، އަލުން ގުރު ނަގާނެ ދުވަހަކާއި އަދި ލިސްޓު ހާމަ ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.
އެޗްޑިސީން ބުނެފައިވާ ގޮތުގައި، ހިޔާމަޝްރޫޢުގެ ފްލެޓް ލިބިފައިވާ ފަރާތްތަކުގެ ތެރެއިން ފައިނަލް ކުރެވިފައިވާ އިތުރު ފަރާތްތަކުގެ މައުލުމާތު ހައުސިންގ މިނިސްޓްރީން މިހާރުވަނީ އެ ކޯޕަރޭޝަނާއި ހިއްސާ ކޮށްފައެވެ. އެޗްޑީސީން ހާމަކޮށްފައިވަ ގޮތުގައި، ގުރުއަތު ނެގުމަށް ހަމަޖެހިފައި ވަނީ، ފްލެޓް ލިބިފައިވާ މީހުންގެ އައިޑިކާޑު ނަންބަރު ތަރުތީބުންނެވެ. އަދި ގުރުއަތު ނަގަމުންދާ ވަގުތު އެމީހަކަށް ލިބިފައިވާ ފްލެޓްގެ އެޕާޓްމަންޓް ނަންބަރާއި އަދި ފްލެޓް ހުރިޓަވަރު ޓީވީ ސްކްރީނަކުން ފެންނަ އިންތިޒާމް ހަމަޖެހިގެން ދާނެއެވެ. އަދި މައުލުމާތު، ފޯމުގައި ބަޔާން ކޮށްފައިވާ އެމީހެއްގެ ފޯނު ނަންބަރަސް ފޯރު ކޮށްދެވޭނެއެވެ.
އެޗްޑިސީން ބުނެފައިވަނީ، ފްލެޓް ލިބޭ ފަރާތްތަކުން އެއްބަސްވުމުގައި ސޮއިކޮށް، އަދި ފްލެތްގެ ދަޅުދަނޑި ހަވާލުކުރާނެ ތާރީޚެއް އެކޯޕަރޭޝަންއިން ފަހުން އިއުލާން ކުރާނެއެވެ. ހިޔާ ފްލެޓް ހަވާލު ކުރެވޭ ފަރާތްތަކުން ފުރަތަމަ 3 މަސް ދުވަހު ކުލި ދައްކަން ނުޖެހޭ ގޮތަށްވެސް ސަރުކަރުން ވަނީ ހަމަޖައްސާފައެވެ. ހިޔާ ފްލެތްތައް ހައްގުވާ ފަރާތްތަކާ ހަވާލު ކުރެވެނީ، ދޮރާއި ބޮކިތައް އަދި އަދި މުށިވެސް ނުޖަހާކަމަށް ވުމުން، ފުރަތަމަ ހިލޭ ދެވޭ 3 މަސްދުވަހަކީ މިމަސައްކަތްތައް ފުރިހަމަ ކުރުމަށް ދެވޭ މުއްދަތެއް ކަމުގައިވެސް ސަރުކާރުން ވަނީ ބުނެފައެވެ.
ސަރުކާރުން ހަމަ ޖައްސާފައިވަނީ، ހިޔާ ފްލެޓްތަކުގެ ކުލީގެ އަގު 7،000 ރުފިޔާއަށް ވުރު މަތި ނުކުރުމަށެވެ.
ކޮމެންޓު ފޮނުވާ