ޖަޕާނުގައި ބޭއްވުމަށް ހަމަޖެހިފައިވާ އޮލިމްޕިސް ކުޅިވަރު މުބާރާތް ބާއްވަން އެންމެ 3 މަސްދުވަހަށް ވެފައިވަނިކޮށް، ފާއިތުވެދިޔަ މަހުގައި އިއުލަންކުރި ސިއްޙީ ކުއްލި ނުރައްކަލުގެ ހާލަތު މި މަހުގެ ނިޔަލަށް ދެމެހެއްޓުމަށް ޖަޕާން ސަރުކާރުން ނިންމައިފިއެވެ.
ކޯވިޑް19 ދުނިޔޭގައި ފެތުރެން ފެށިފަހުން މިއީ ޖަޕާނުގައި ސިއްޙީ ކުއްލި ނުރައްކަރުގެ ހާލައިތު އިއުލާން ކުރި 3 ވަނަ ފަހަރެވެ.
ސިއްޙީ ކުއްލި ނުރައްކަލުގެ ހާލަތު މިމަހުގެ ނިޔަލަށް ދެމެހެއްޓުމަށް ނިންމިކަން އިއުލާން ކުރައްވަމުން ޖަޕާނުގެ ބޮޑުވަޒީރު ޔޮޝިހީޑޭ ސުގާ ވަނީ، ކުރިޔަށް އޮތް އޮލިމްޕިކްސް ކުޅިވަރު މުބާރާތުގެ ޝެޑިއުލަށް އެއްވެސް ބަދަލެއް ނައިސް ކުރިޔަށް ދާނެ ކަމުގެ ޔަގީންކަންވެސް ދެއްވާފައެވެ.
ސުގާ ވިދާޅުވިގޮތުގައި، ފާއިތުވެދިޔަ މަހުގެ ފަހުކޮޅު، ހަރުކަށި ފިޔަވަޅުތަކަކާއެކު ސްޓޭޓް އޮފް އެމަޖްނެސީ އަލުން އިއުލާނު ކުރިއިރު ސަރުކާރުން އުއްމީދު ކޮށްފައިވަނީ، ޖަޕާނަށް މިހާރު ކުރިމަތިވެފައިވާ ކޯވިޑް19ގެ 4 ވޭވަށް ލުއިތަކެއް ލިބިގެންދާނެ ކަމަށް ކަމަށެވެ. އެހެންނަމަވެސް، ބޮޑުވަޒީރު ސުގާ ވިދާޅުވި ގޮތުގައި، ވެރިރަށް ޓޯކިޔޯއާއި އަދި ބޮޑެތި ސިޓީތައް ކަމުގައިވާ އޮސާކާފަދަ ސިޓީތަކުގައި ކޯވިޑް19އަށް ޕޮޒިޓިވް ވަމުންދާ މީހުންގެ ނިސްބަތް ދަނީ ކަންބޮޑުވާން ޖެހޭފަދަ ދަރައަކަށް އިތުރުވަމުންނެވެ.
މިހާރުވެސް ޖަޕާނުގައި އިއުލާން ކޮށްފައި އޮތް، ސްޓޭޓް އޮފް އެމަޖެންސީ މޭމަހުގެ 11 އިން 31ގެ ނިޔަލަށް އިތުރު ކުރުމާއެކު، މިހާރުގެ ސްޓޭޓް އޮފް އެމަޖެންސީ ނިމުމަކަށް އަންނައިރު، 23 ޖުލައިގައި ފެށުމަށް ހަމަޖެހިފައިވާ އޮލިމްޕިކްސް ކުޅިވަރު މުބާރާތް ފެށުމަށް އޮންނީ އެންމެ 2 މަހެއްހާ ދުވަހެވެ. މިއަހަރު ޖަޕާނުގައި ބޭއްވުމަށް ހަމަޖެހިފައިވާ އޮލިމްޕިކްސް ކުޅިވަރު މުބާރާތް ކުރިން ބޭވުމަށް ހަމަޖެހިފައިވަނީ ފާއިތުވެދިޔަ އަހަރުއެވެ. އެހެންނަމަވެސް ކޯވިޑް19 ކާރިސާއާއި ދުނިޔެ ކުރިމަތިލާން ޖެހުމާއި ގުޅިގެން މިއަހަރަށް މިމުބާރާތް ލަސްކުރަން މަޖުބޫރު ވެގެން ދިޔައެވެ.
ނޫސްވެރިންނާ ބައްދަލު ކުރައްވަމުން، އޮލިމްޕިކްސް ކުޅިވަރު މުބާރާތް މިއަހަރު ބޭއްވުމާމެދު ޖަޕާންގެ އާންމު ރައްޔިތުންގެ މެދުގައި އޮތް ހިންހަމަ ނުޖެހުންތަކާ ގުޅޭގޮތުން ނޫސްވެރިން ކުރި ސުވާލުތަކަށް ޖަވާބު ދެއްވަމުން ސުގާ ވިދާޅުވީ، ރައްކަތެރި ކަމުގެ ފިޔަވަޅުތަކާއެކު، "ރައްކާތެރި އޮލިމްޕިކްސް"އެއް ބޭއްވިގެންދާނެ ކަމާމެދު އޭނާ ޝައްކު ނުކުރައްވާ ކަމުގައެވެ.
އެހެންނަމަވެސް، މިމަހުގެ ހުކުރު ދުވަހާ ހަމަޔަށް، 230,000 އަށްވުވެ ގިނަ މީހުންވަނީ ޖަޕާނުގެ އޮންލައިން ޕޭޓިޝަނެއްގައި ސޮއިކޮށް، މިއަރުގެ އޮލިމްޕިކްސް މުބާރާތް ނުބޭއްވުމަށް ޖަޕާން ސަރުކާރަށް ގޮވާލާފައެވެ.
ދުނިޔޭގެ އެހެން ގައުމުތަކެކޭ އެއްފަދައިން ޖަޕާނަށްވެސް ކޯވިޑް19ގެ ނޭދެވޭ އަސަރު ވަނީ ވަރަށް ބޮޑަށް ކޮށްފައެވެ. އެހެންނަމަވެސް، ދުނިޔޭގެ މުއްސަދި އެހެނިހެން ގައުމުތަކާ ޚިލާފަށް ޖަޕާންވަނީ، ވެކްސިން ޖެހުމުގައި ވަރަށް ބޮޑުތަނުން ފަހަތުގައެވެ.
ރޮއިޓާސްއިން ރިޕޯޓު ކޮށްފައިވާ ގޮތުގައި، 126 މިލިއަންގެ ބޮޑު އާބާދީއެއް އޮންނަ ޖަޕާނުގައި އަދި ވެކްސިން ދެވިފައިވަނީ އާބާދީގެ އެންމެ %2 މީހުންނަށެވެ. އަދި އެއީވެސް ވެކްސިންގެ ފުރަތަމަ ޑޯޒް އެކަންޏެވެ.
އެހެންނަމަވެސް، ބޮޑުވަޒީރު ސުގާވަނީ، ޖަޕާނުގެ ވެކްސިން ޕްރޮގްރާމްގެ ސްޕީޑް ބާރުކުރައްވާނެ ކަމަށް ވައުދު ވެވަޑައިގެންފައެވެ. އަދި ވިދާޅުވީ، ޖަޕާން ސަރުކާރުން ޕްލޭން ކުރަމުންދަނީ ދުވާލަކަށް 1 މިލިއަން ވެކްސިން ޖެހޭވަރަށް ވެކްސިން ޕްރޮގްރާމް ސްޕީޑް ކުރިޔަށް ޖެއްސުމަށެވެ. އެހެންނަމެވސް، މި މަސައްކަތަށް ސުގާ ވަކި ޝެޑިއުލްއެއް ދެއްވާފައެއް ނުވެއެވެ.
ޖަޕާން ސަރުކާރުން މިހާރު އަމާޒު ހިފާފައިވަނީ، އަންނަ ޖުލައިމަހުގެ ނިޔަކަށް އެގައުމުގެ އާބާދީގެ އުމުރުން ދުވަސްވީ ހުރިހާ އެންމެންނަށް ވެކްސިން ދީ ނިންމުމަށެވެ.
ޖަޕާން ސަރުކާރުން އާންމު ކޮށްފައިވާ ހިސާބުތަކަށް ބަލާއިރު، އެގައުމުގައި މިހާތަނަށް 618,197 މީހުން ކޯވިޑް19އަށް ޕޮޒިޓިވް ވެފައިވާއިރު، 10,585 މީހުންވަނީ މިބަލީގައި މަރުވެފައެވެ.
ކޮމެންޓު ފޮނުވާ