ރެސިޕީ: ހަނޑޫފުށު ކިރުބޯކިބާ

ރެސިޕީ: ހަނޑޫފުށު ކިރުބޯކިބާ

Author
admin
05 މެއި 2021 10:01
0

ބޭނުންވާނެ ތަކެތި:
1 ޖޯޑު ހިމުން ހަނޑޫފުށް (އޮލަކޮށް ފުނޑާފައި)
3 ޖޯޑު ބޯކިރު
1 ޖޯޑު މާފެން
1.5 ޖޯޑު ހަކުރު

 

ތައްޔާރުކުރާނެ ގޮތް:

އޮލަކޮށް ހިމުންކޮށް ފުނޑާފައި ހުރި ހަނޑޫފުށުގެ ތެރެއަށް ކިރާއި، ހަކުރާއި މާފެން އެއްކޮށް ގިރުވާލުމަށްފަހު ތެއްޔަކަށް ފުރާނާލާށެވެ.
މަޑުގިނީގައި އުނދުންމަތީ ތެލި ބަހައްޓައިގެން ކުޑަކޮށް ކެކިގަންނަންދެން ހިލާށެވެ.
ޓްރޭއެއްގެ ފުލުގައި ބޯކިރުފޮދެއް ހާކާލުމަށްފަހު، ހިލާފައި ހުރި ހަނޑޫފުށްގަނޑު ޓްރޭއަށް އޮއްސާލައި ފިހަން ލާށެވެ.
އަވަނުން ފިހާނަމަ 250 ޑިގްރީގައި ބޯކިބާގެ މަތި ރަތްވަންދެން ފިހެލާށެވެ. ބޯކިބާ ފިހާނީ ފަހަރަކު ފުށެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.