ވެކްސިން ދެޑޯޒް ފުރިހަމަކުރުމުން ދަތުރުކުރުމަށް ދިން ލުއިތައް މެދުކަނޑާލުމާއެކު ކޯވިޑް ބަލިން ރައްކާތެރިވުމަށް ހަރުކަށި ގިނަ ފިޔަވަޅުތަކެއް އަޅައިފިއެވެ. އެ ފިޔަވަޅުތަކަށް އަމަލުކުރުމަށް ކަނޑައަޅާފައިވަނީ މިމަހުގެ 5 ވަނަ ދުވަހުން ފެށިގެން 15 ވަނަ ދުވަހާއި ހަމައަށް އެޅި ފިޔަވަޅުތަކެއްކަމށާއި، އިތުރަށް ރަނގަޅު ނުވާނަމަ އެ މުއްދަތު އިތުރުކުރާނެކަމަށް އެޗްއީއޯސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މުޙައްމަދު މަބްރޫކް ޢަޒިޒް ވިދާޅުވިއެވެ.
މިގޮތުން އެޅި އިތުރު ފިޔަވަޅުތަކުގެ ތެރޭގައި ސްކޫލްތަކުގެ ކިޔެވުން އޮންލައިންކޮށް ކިޔަވައިދިނުމަށް ބަދަލުކުރުން ހިމެނެއެވެ. ނަ
އެޅި ފިޔަވަޅުތައް:
1- ސްކޫލްތަކުގައި ހަމައެކަނި އޮންލައިންކޮށް ކިޔަވައިދިނުން ކުރިއަށް ގެންދިއުން. (އިމްތިހާންތައް ކުރިއަށް ގެންދެވޭގޮތަށް)
2- ސަރުކާރުގެ އޮފީސްތައް ނުހުޅުވައި މި މުއްދަތުގެ ތެރޭގައި ގޭގައި ތިބެގެން ކުރެވެންހުރި މަސައްކަތްތައް، ގޭގައި ތިބެގެން ކުރުމަށާއި، ސަރުކާރުގެ އިދާރާތަކުން އޮންލައިންކޮށް ދެވެން ހުރި ހުރިހާ ޚިދުމަތްތަކެއް އޮންލައިންކޮށް ދިނުން.
3- ޕާކުތަކާއި، މައިދާންތަކާއި، ކުޅިވަރު ކުޅޭ ތަންތަނާއި، ދުވާ ޓްރެކްތަކާއި، ސްވިމިންގ ޓްރެކްތައް ބަންދުކުރުން
4- ކުޅިވަރު ކުޅުމާއި، ކުޅިވަރުގެ މުބާރާތްތައް ބޭއްވުން ހުއްޓާލުން. (ޚާއްޞަ ހުއްދައެއްގެ ދަށުން ފިޔަވައި)
5- މިސްކިތްތަކުގައި ނަމާދު ކުރާއިރު ނޭފަތާއި އަނގަ ނިވާވާގޮތަށް މާސްކު އެޅުމާއި، ގައިދުރުކަން ބެހެއްޓުން. (އަމިއްލަ މުސައްލަ ގެންދިއުން)
6- ރޭގަނޑު12 އިން ފެށިގެން ފަތިހު4އަށް ވެހިކަލް ދުއްވުން މަނާކުރުން
7- ހުއްދަޔާއެކު ޒަރޫރީ ބޭނުންތަކަށް ފިޔަވައި މީހުން ދިރިއުޅޭ ރަށްރަށާއި، ސިނާޢީ މަސައްކަތްކުރާ ރަށްރަށަށް ދަތުރުކުރުން ހުއްޓާލުން. (ދަތުރުކުރާ ފަރާތްތަކަށް10 ދުވަހުގެ ކަރަންޓީނަކާއިއެކު މާލެއިން ރަސްރަށަށް ދަތުރުކުރުން) އަދި ވެކްސިން ޖެހުމުން ދަތުރު ކުރުމަށް ލިބިފައިވާ ލުއިތައް މެދުކަނޑާލުން
8- އިންޑިއާއިން ރާއްޖެއަށް އަންނަ ދިވެހިންނާއި ވާރކްޕާމިޓް ހޯލްޑަރުން14 ދުވަހުގެ މުއްދަތަކަށް ކަރަންޓީން ފުރިހަމަކޮށް ޕީސީއާރު ޓެސްޓް ހެދުން
މަބްރޫކް ވިދާޅުވީ، މިއީ10 ދުވަހުގެ މުއްދަތަށް އެޅީ ފިޔަވަޅުތަކެއްކަމަށާއި، އެ ފިޔަވަޅުތަކާއެކު ކޭސްތައް ދަށްވާނަމަ ލުއިދެވޭނެކަމަސެވެ. ނަމަވެސް ކޭސްތައް އިތުރުވާނަމަ މި ފިޔަވަޅުތަކުގެ މުއްދަތު އިތުރުކުރާނެކަމަށެވެ. ރާއްޖޭގައި ކޯވިޑް-19އަށް ޕޮޒިޓިވްވާ މީހުންގެ ޢަދަދު އިތުރުވަމުންގޮސް، ކޮންމެ ދުވަހަކުވެސް ރެކޯޑް ޢަދަދަކަށް މީހުން އަންނަނީ ޕޮޒިޓިވްވަމުންނެވެ. އެގޮތުން މިއަދުވެސް 585 މީހުން ޕޮޒިޓިވްވިއެވެ.
މިރޭ ބޭއްވި ޕްރެސް ކޮންފަރެންގައި ޑޮކްޓަރުން ވަނީ މި ފިޔަވަޅުތަކަށް އަމަލުކުރުން ދަށްވެ، ކޭސްތައް އިތުރުވެއްޖެނަމަ އިންޑިއާ އަދި ނޭޕާލްގެ ހާލަތަށް ގޮސްދާނެކަމުގެ އިންޒާރުވެސް ވަނީ ދެއްވާފައެވެ.
ކޮމެންޓު ފޮނުވާ