ބިލު ލަސްވާ ސަބަބު ލީގަލް ކައުންސެލަށް ނޭނގުމަކީ ލަދުވެތިކަމެއް: އުޝާމް

ބިލު ލަސްވާ ސަބަބު ލީގަލް ކައުންސެލަށް ނޭނގުމަކީ ލަދުވެތިކަމެއް: އުޝާމް

Author
މުޙައްމަދު ޖިމީ
03 މެއި 2021 12:10
0

މަދަނީ އިޖްރާޢަތުގެ ބިލު މަޖިލީހުން ލަސްވާ ސަބަބު ރައީސް އޮފީހުގެ ލީގަލް ކައުންސިލަށް ނޭނގުމަކީ ލަދުވެތިކަމެއްކަމަށް ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެންބަރު އަދި ޖުޑީޝަރީ ކޮމިޓީގެވެސް މެންބަރު އަޙްމަދު އުޝާމް ވިދާޅުވެއްޖެއެވެ.

ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ފޮނުއްވާފައިވާ ބައެއް ބިލްތައް ނިންމުން ލަސްވުމުގެ ސަބަބުން އިންސާފް ޤާއިމްކުރުމަށް ހުރަސްއެޅޭކަމަށް ރައީސުލްޖުމްހޫރިއްޔާގެ ލީގަލް އެޑްވައިޒަރ އަލްއުސްތާޛް އަޙްމަދު ޢަބްދުﷲ އަފީފް ރޭ ވަނީ ވިދާޅުވެފައެވެ. ޚާއްޞަކޮށް މަދަނީ އިޖުރާޢަތުގެ ބިލު ޖުޑީޝަރީ ކޮމިޓީގައި ގިނަ ދުވަސްތަކެއް ވަންދެން ފާސްނުވެ އޮތުމުން ބޮޑު ގޮންޖެހުމަކާއި ކުރިމަތިވާކަމަށް އަފީފް ވިދަޅުވިއެވެ.

އަފީފްގެ އެ ވާހަކަތަކަށް ރައްދު ދެއްވާ ޖުޑީޝަރީ ކޮމިޓީގެ މެންބަރު އަދި ވިލިމާލެ ދާއިރާގެ މެންބަރު އަލްއުސްތާޛް އަޙްމަދު އުޝާމް ވިދާޅުވީ، މަދަނީ އިޖްރާޢަތުގެ ބިލް ލަސްވަމުންދާ ސަބަބު ރައީސްގެ ލީގަލް ކައުންސެލަށް ނޭނގުމަކީ ލަދުވެތިކަމެއްކަމަށެވެ.

މިއީ ކަނޑައެޅިގެން ދޮގެއް. ސަރުކާރުން ހުށައަޅާފައ އޮތް މަދަނީ އިޖްރޢާތިގެ ބިލް ކުޑަކޮށް ކިޔާލާފަހުރިނަމަވެސް މިކަހަލަ ވަހަކައެއް ނުދައްކާނެ. ބިލް ލަސްވަމުންދާ ސަބަބު ރައީސްގެ ލީހަލް ކައުންސެލަށް ނޭނގުމަކީ ލަދުވެތިކަމެއް.

– ވިލިމާލެ ދާއިރާގެ މެންބަރު އަޙްމަދު އުޝާމް

ރޭ ރައީސް އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސްގެ ލީގަލް ކައުންސިލް އަލްއުސްތާޛް އަޙްމަދު ޢަބްދުﷲ އަފީފް ވިދާޅުވީ 2020ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި މަދަނީ އިޖްރާއަތުގެ ބިލެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާނެ ކަމަށާއި، އެބިލް އަދިވެސް އޮތީ ޖުޑީޝަރީ ކޮމިޓީގައިކަމަށެވެ. އެހެންކަމުން އެހާ ގިނަ ދުވަސްވެގެންދާއިރު އެބިލު ގާނޫނަކަށް ވެފައިނުވުމަކީއިންސާފު ލިބިިދިނުމުގައި ސަރުކާރަށް އޮތް ހުރަހެއް ކަމަށް އަފީފް ވިދާޅުވިއެވެ.

ދެފުއްފެންނަ ގޮތަށް މިކަން އެންމެ އިންސާފުކޮށް ކުރެވޭނީ ޤާނެނެއް އޮވެގެން. އަޅުގަނޑުމެން މަޖިލީހަށް  2020 ފެބުރުއަރީ ތެރޭގައި ފޮނުވިން މަދަނީ އިޖްރާއަތުގެ ބިލެއް. މިހާ ގިނަ ދުވަސް ވިއިރު މި ބިލް ޤާނޫނަށްކަމަށް ނުވުމަކީ މިކަންކަން އިންސާފް ލިބިދިނުމަށް ސަރުކާރަށް އޮތް ހުރަހެއްކަމަށް ދަންނަވަން.

އަޙްމަދު ޢަބްދުﷲ އަފީފް

އަފީފް ވިދާޅުވީ، އިންސާފް ލިބެންޖެހޭ މީހާއަށް އިންސާފް ލިބެންޖެހޭނީ ކޯޓުގެ ތިންމަރުހަލާ ނިމިގެން ނޫންކަމަށް ދައުލަތުން ޤަބޫލުކުރާކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.