އިންޓަ މިލާނުން އިޓާލިއަން ލީގު ކާމިޔާބުކޮށްފި

އިންޓަ މިލާނުން އިޓާލިއަން ލީގު ކާމިޔާބުކޮށްފި

Author
ޔޫސުފް
03 މެއި 2021 01:23
0

11 އަހަރުތެރޭ ފުރަތަމަ ފަހަރަށް އިޓާލިއަން ލީގުގެ ޗެމްޕިއަންކަން އިންޓަ މިލާނުން ހޯދައިފިއެވެ.

2010 ވަނަ އަހަރަށް ފަހު އިންޓަ މިލާނަށް ލީގު ޗެމްޕިއަންކަން ކަށަވަރުވީ، ލީގުގެ ދެ ވަނައިގައި އޮތް އެޓަލާންޓާ އިން ސަސޮއުލޫއާ ދެކޮޅަށް ކުޅުނު މެޗު 1-1 އިން އެއްވަރުވުމުންނެވެ. މިއީ އިންޓައިން އެ ކުލަބުގެ ތާރީޚުގައި ލީގު ކާމިޔާބުކުރި 19 ވަނަ ފަހަރެވެ. ލީގުގައި އިންޓަ މިލާނަށް އަދި ބާކީ ހަތަރު މެޗު އެބައޮތެވެ.

އިޓާލިއަން ލީގު މިދިޔަ ނުވަ ސީޒަނުގައި ވެސް ކާމިޔާބުކުރީ ޔުވެންޓަސް އިންނެވެ. އެކަމަކު އަންދްރޭ ޕިރްލޯގެ ކޯޗުކަމުގައި އެޓީމަށް ޖެހިޖެހިގެން 10 ވަނަ ފަހަރަށް ލީގު ކާމިޔާބު ކުރެވޭގޮތެއްނުވި އެވެ. ޔުވެންޓަސް އޮތީ 33 މެޗުން ލިބިފައިވާ 66 ޕޮއިންޓާ އެކު މިވަގުތު ލީގުގެ ފަސް ވަނައިގައެވެ.

ލީގުގައި އެންމެ ފަހުން އިންޓަ މިލާން ކުޅުނީ ކްރޮޓޯނޭ އާއި ދެކޮޅަށެވެ. އެ މެޗުން އިންޓަ މިލާން މޮޅުވީ 0-2 ގެ ނަތިޖާއަކުންނެވެ.

މި ނަތީޖާތަކާއެކު އިންޓަ އެއްވަނައިގައި އޮތީ ކުޅުނު 34 މެޗުން 82 ޕޮއިންޓް ހޯދައިގެންނެވެ. ދެވަނައިގައި އޮތް އެޓަލާންޓާއަށް 34 މެޗުން 69 ޕޮއިންޓް ލިބިފައިވާއިރު، ތިންވަނައިގައި އޮތް ނާޕޮލީ އާއި ހަތަރުވަނައިގައި އޮތް ޔުވެންޓަސް އަދި ފަސްވަނައިގައި އޮތް މިލާނަށް ވަނީ 33 މެޗުން 66 ޕޮއިންޓް ލިބިފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.