ރޭގެ މުޒާހަރާގައި ފުލުހުން އެކަށީގެން ނުވާ ބާރުގެ ބޭނުންކޮށްފައިވާ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ކަމާގުޅުންހުރި ކޮމިޓީތަކަށް ހުށައަޅާއިފިއެވެ.
އެގޮތުން ރައްޔިތުންގެ މަޖިލީހުގެ ޤައުމީ ސަލާމަތު ކޮމިޓީ ނުވަތަ 241 ކޮމިޓީއަށާއި، ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީއަށް މި މައްސަލަ ހުށައެޅުއްވީ މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަދި އެމްޑީޕީގެ ޕާލިމަންތްރީ ގްރޫޕްގެ ލީޑަރު ޢަލީ އާޒިމްއެވެ. އާޒިމް ވިދާޅުވީ، ފުލުހުންގެ ބާރުގެ ބޭނުންކުރި މައްސަލަ މަޖިލީހުގެ އިޙްތިޞާސްގެ ތެރެއިން ކުރެވެންހުރި ހުރިހާކަމެއް އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕުން ކުރަމުން ގެންދާނެކަމަށެވެ.
ރޭގެ އިހްތިޖާޖުގެ ބައިވެރިންނާމެދު ފުލުހުން އެކަށީގެންނުވާ ބާރުގެ ބޭނުންކޮށްފައިވާތީ އެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ241 ކޮމިޓީއަށާއި، ހިއުމަން ރައިޓްސް ކޮމިޓީއަށް ވަނީ ހުށައަޅާފައި. މި މައްސަލާގައި މަޖިލީހުގެ އިޙްތިޞާސުގެ ތެރެއިން ކުރެވެން ހުރި ހުރިހާކަމެއް އެމްޑީޕީގެ ޕީޖީ ކުރަމުން ގެންދާނަން.
Reyge ihthijaaj ge baiverin naa medgu fulhuun ekasheegen nuvaa baaruge beynun koffaivaathee emaassala Raiyyithunge Majileehuge 241 commt ashaa HR Commt ah vanee hushahal
Mimassalaagai Majileehuge ihthisaasu ge therein kurven huri hurihaakameh MDP ge PG kuramun gendhaanan.— ??? ???? (@aliaazim) May 2, 2021
ޒުވާނުންގެ މޫވްމެންޓެއް ކަމުގައިވާ “ރައިސް އަޕް މޯލްޑިވްސް”އިން އިސްނަގައިގެން މަސައްކަތުގެ މާހައުލުގައި، މަސައްކަތްތެރިންނަށް ކުރާ ޖިންސީ ގޯނާއާއި، ޖިންސީ ފުރައްސާރައާއި ދެކޮޅަށް ރޭ ކުރި ސުލްހަވެރި ހިނގާލުން ފެށީ މާފަންނުކޮޅު ސޯޝަލް ސެންޓަރުންނަށް މުޒާހަރާ ފަށައިގެން މާދުރަކަށް ނުދެވެނީސް ފުލުހުން ވަނީ އެ އެއްވުމަށް ހުރަސް އަޅާފައެވެ.
މުޒާހަރާ ރޫޅާލުމުގައި ފުލުހުން ވަނީ އެއްވި މަދު ޒުވާނުންގެ ތެރެއިން ބައެއް ޒުވާނުންނަށް އެކި ވަރުގެ އަނިޔާތައް ކޮށްފައެވެ.
ޚާއްސަކޮށް ޒުވާން އަންހެން މީހަކު ބިންމައްޗަށް ވައްޓާލައި އޭނާ އަތުގައި ފަހަތަށް ބިޑި އަޅުވައި، މޫނަށް އަމާޒުކޮށް ޕެޕާސްޕްރޭ އިންތިހާއަށް ޖެހިތަން ވަނީ ފެނިގެން ގޮސްފައެވެ. ފުލުހުންނަށް މުޒާހަރާތަކުގައި ޕެޕާސް ޕްރޭ ބޭނުން ކުރެވޭ ހާލަތާއި ކަނޑައެޅިގެން ޚިލާފަށް ރޭގެ މުޒާހަރާގައި ޕެޕާސްރޭ ބޭނުންކޮށް ޕެޕާސްޕްރޭ ޖަހާފައިވެއެވެ. ޚާއްސަކޮށް ވަކި މީހަކަށް ނުވަތަ ވަކި މީހެއްގެ މޫނަށް އަމާޒުކޮށް ފުލުހުން ވަނީ ރޭގެ މުޒާހަރާގައި ޕެޕާސްޕްރޭ ޖަހާފައެވެ. މިއީ ކަޑައެޅިގެން ފުލުހުން ކުރުން މަނާ ކަންތައްތަކުގެ ތެރޭގައި ހިމެނޭ ކަންތައްތަކެކެވެ.
ފުލުހުން އެކަށީގެން ނުވާ ބާރުގެ ބޭނުންކުރި މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަމުން އަންނަކަމަށް ފުލުހުން އަދި ހޯމް މިނިސްޓަރުވެސް ވިދާޅުވެފައިވާއިރު، ރޭގެ މުޒާހަރާގައި ބާރުގެ ބޭނުންކުރި ފުލުހުން މިހާރު ވަނީ ސަސްޕެންޑްކޮށްފައެވެ.
ކޮމެންޓު ފޮނުވާ