ރެސިޕީ: ޗޮކޮލެޓް މޫސް

ރެސިޕީ: ޗޮކޮލެޓް މޫސް

Author
admin
02 މެއި 2021 09:52
0

ބޭނުންވާނެ ތަކެތި:

5 ބިސް
200 ގްރާމް އައިސިން ޝުގަރ
25 ގްރާމް ކޮކޯ ޕައުޑަރ
1 މޭޒުމަތީ ސަމުސާ ވެނީލާ އެސެންސް
250 ގްރާމް ވިޕްޑް ކްރީމް
15 ގްރާމް ޖެލެޓިން ޕައުޑާ
1/2 ޖޯޑު ހޫނު ފެން

 

ތައްޔާރުކުރާނެ ގޮތް:

ކުޑަ ތައްޓެއްގައި ހޫނުފެން ފޮދުގައި ޖެލެޓިން ގިރާލާށެވެ.

އެހެން ތައްޓެއްގައި ބިހާއި އައިސިން ޝުގާ 10 މިނިޓް ވަންދެން ރަނގަޅަށް ގިރާލާށެވެ. އެއަށްފަހު އޭގެ ތެރެއަށް ހޫނުފެނުގައި ގިރާފައިހުރި ޖެލެޓިން ކޮޅާއި ކޮކޯ ޕައުޑަރ، ވެނީލާ އެސެންސް އަދި ވިޕްޑް ކްރީމް އަޅައިގެން ރަނގަޅަށް ގިރާލާށެވެ.

އެއަށްފަހު ފިނިކުރުމަށްޓަކައި އައިސް އަލަމާރީގައި 50 ވަރަކަށް މިނިޓް ވަންދެން ބަހައްޓާނީއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.