މަސައްކަތްތެރިންގެ ބުރަ މަސައްކަތުން އިޤްތިޞާދީ ހީނަރުކަމުން އަރައިގަނެވެން ފަށައިފި: ރައީސް

މަސައްކަތްތެރިންގެ ބުރަ މަސައްކަތުން އިޤްތިޞާދީ ހީނަރުކަމުން އަރައިގަނެވެން ފަށައިފި: ރައީސް

Author
މުޙައްމަދު ޖިމީ
01 މެއި 2021 12:47
0

މަސައްކަތްތެރިންގެ ބުރަ މަސައްކަތުން ކޯވިޑް-19އާއި ގުޅިގެން ކުރިމަތިވި އިޤްތިޞާދީ ހީނަރުކަމުން އަރައިގަނެވެމުން އަންނަކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

މިއަދު ފާހަގަކުރާ މަސައްކަތްތެރިންގެ ދުވަހުގެ މުނަސަބަތުގައި ރާއްޖޭގެ ހުރިހާ މަސައްކަތްތެރިންނަށް ތަހުނިޔާ ވިދާޅުވެ، ޝުކުރު އަދާކުރައްވާ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ކުރެއްވި ޓްވީޓެއްގައި ވަނީ ކޯވިޑާއި ގުޅިގން ކުރިމަތިވި އިޤްތިޞާދީ ހީނަރުކަމުން އަރައިގަތުުގައި މަސައްކަތްތެރިންގެ ބުރަ މަސައްކަތުގެ ނަތީޖާ ފެނަމުންދާކަމަށެވެ. އަދި ރާއްޖޭގައި މަސައްކަތްކުރާ ހުރިހާ މަސައްކަތްތެރިންގެ ހައްގުތައް ަށަވަރުކޮށްދެއްވާނެކަމުގެ ޔަޤީންކަންވެސް ރައީސް ވަނީ ދެއްވާފައެވެ.

ރައީސް މިފަދައިން ވިދާޅުވެފައިވާއިރު، އެމަނިކުފާނު ވެރިކަމަށް ވަޑައިގަތީވެސް މަސައްކަތްތެރިންގެ ހައްގުތައް ކަށަވަރުކޮސްދެއްވާނެކަމުގެ ރިޔާސީ ވަޢުދާއެކުއެވެ.

ބައިނަލްއަޤްވާމީ މަސައްކަތްތެރިންގެ ދުވަސް މިއަދު ފާހަގަކުރާއިރު، މުޅި ދުނިޔެއަށް ދިމާވީ ކޯވިޑް ބަލިމަޑުކަމުގެ ސަބަބުން އިޤްތިޞާދަށް ހީނަރުކަން އައިސް އެތައް މަސައްކަތްތެރިއެއްގެ ވަޒީފާއާއި އުޖޫރައަށް ނުރަނގަޅު އަސަރުކުރިއެވެ.

އެގޮތުން ރާއްޖޭގައިވެސް ބައެއް މަސައްކަތްތެރިންގެ ވަޒީފާގެއްލި މުސާރައާއި އިނާާޔްތަތައް އެތައް ގުނައަކަށް ކުޑަވިއެވެ. މިގޮތުން އެންމެ ބޮޑު އަސަރެއްކުރީ ފަތުރުވެރިކަމިގެ ސިނާއަތުގައި މަސައްކަތްކުރާ މަސައްކަތްތެރިންނަށެވެ.

މަސައްކަތްތެރިންގެ ދުވަހާއިއެކު، ސަރުކާރުން މިވަނީ ޤާނޫނުގައި ވާގޮތަށް މިނިމަމް ވޭޖް ނިޒާމު މިއަހަރު ފަހުކޮޅު ކަނޑައެޅިގެންދާނެ ކަން ސަރުކާރުން މިވަނީ ހާމަ ކޮށްފައެވެ. މީގެ އިތުރުން މަސައްކަތެރިންގެ މަސައްކަތް ކުރާ މާހައުލުގެ ރައްކާތެރިކަމަށް، އިންޑަސްޓްރިއަލް ރިލޭޝަންސް ޤާނޫނާއި އޮކިއުޕޭޝަނަލް ހެލްތު އެންޑް ސޭފްޓީ ޤާނޫނު މިއަހަރު ތެރޭ ފާސްވެ އަންނާނެ ކަންވެސް ސަރުކާރުން ހާމަ ކުރެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.