އަމާޒަކީ މިއަހަރު ނިމުމުގެ ކުރިން އެންމެ ކުޑަ އުޖޫރަ ކަނޑައެޅުން: ފައްޔާޟް

އަމާޒަކީ މިއަހަރު ނިމުމުގެ ކުރިން އެންމެ ކުޑަ އުޖޫރަ ކަނޑައެޅުން: ފައްޔާޟް

Author
މުޙައްމަދު ޖިމީ
01 މެއި 2021 12:25
0

މިއަހަރުގެ ނިމުމުގެ ކުރިން މަސައްކަތްތެރިންގެ އެންމެ ކުޑަ އުޖޫރަ ކަނޑައެޅުމަކީ އަމާޒެއްކަމަށް އިކޮނޮމިކް މިނިސްޓަރ ފައްޔާޟް އިސްމާޢީލް ވިދާޅުވެއްޖެއެވެ.

މިއަދު ފާހަގަކުރާ މަސައކްަތްތެރިންގެ ދުވަހުގެ ހެޔޮއެދުމާއި ތަހުނިޔާ ފޮނުއްވަމުން ފައްޔާޟް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ފާއިތުވި އަހަރކީ ކޯވިޑް ބަލިމަޑުކަމުގެ ސަބަބުން މަސައްކަތްތެރިންނަށް ދަތި އުނދަގޫ އަހަރެއްކަމަށެވެ. ނަމަވެސް މި2021 ވަނަ އަހަރަކީ ވަރަށް އުއްމީދީ އަހަރެއްކަމަށާއި، އަމަޒަކީ ވަޒީފާއާއި ބަހޭ ޤާނޫނަށް ގެނެސްފައިވާ ބަދަލާއެކު، މިއަހަރުގެ ނިމުމުގެ ކުރިން މސައްކަތްތެރިންގެ އެންމެ ކުޑަ އުޖޫރަ ނުވަތަ މިނިމަމް ވޭޖު ކަނޑައެޅުންކަމަށްވެސް ފައްޔާޟް ވިދާޅުވިއެވެ. މީގެ އިތުރުން ސިނާއަތްތަކާ ގުޅޭ ގާނޫނީ އޮނގަނޑަކާ އޮކިއުޕޭޝަނަލް ހެލްތް އެންޑް ސޭފްޓީ އެކްޓްއެއް ފާސްކުރުމަކީވެސް އަމާޒެއްކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ވަޒީފާއާއި ބެހޭ ޤާނޫނަށް ގެނެސްފައިވަ އިޞްލާހުގައި ވާގޮތުން އެންމެ ކުޑަ އުޖޫރައިގެ ދެވޭނެ މިންވަރެއް ކަނޑައެޅުމުގެ ބާރު ވަނީ އިކޮނޮމިކް މިނިސްޓަރަށް ދެއްވާފައެވެ. އެ އިސްލާހުގައިވާ ގޮތުން އެންމެ ކުޑަމިނުން ދެވޭނެ އުޖޫރައާ ގުޅޭގޮތުން މިނިސްޓަރު ނެރޭ އަމުރުގައި، މުވައްޒަފެއްގެ މުސާރައިން ގަޑިއަކަށް ޖެހޭވަރާއި، މަސައްކަތުގެ ބަޔަކަށް ޖެހޭ ޢަދަދާއި، އިތުރުގަޑީގައި ލިބޭނެ މިންވަރު ކަނޑައެޅިދާނެކަމަށްވެސް ބަޔާންކޮށްފައިވެއެވެ.

އެންމެ ކުޑަ އުޖޫރަ ކަނޑައަޅާ ދާއިރާތަކުގެ ތެރޭގައި:

  1. މަސްވެރިކަމާއި ދަނޑުވެރިކަމުގެ ސިނާއަތް
  2. ޓޫރިޒަމް ސިނާއަތް
  3. ކޮންސްޓްރަކްޝަން ސިނާއަތް
  4. ދަތުރުފަތުރުގެ ސިނާއަތް
  5. ސިއްހީ ހިދުމަތުގެ ދާއިރާ
  6. ތައުލީމީ ހިދުމަތުގެ ދާއިރާ
  7. ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް
  8. އިންފޮމޭޝަން، ކޮމިއުނިކޭޝަން، ޓެކްނޮލޮޖީ
  9. މެރިޓައިމް، ޝިޕިން ސިނާއަތް

ރާއްޖޭގައި މަސައްކަތްކުރާ މުވައްޒަފުންނަށް ދެވޭނެ އެންމެ ކުޑަ އުޖޫރައެއް ކަނޑައެޅުމަކީ ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙްގެ ރިޔާސީ ވަޢުދެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.