ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގެ ދެވަނަ ބުރުގެ ވޯޓުލުން ފެށިގެން ކުރިއަށް އެބަދެއެވެ.
ދެވަނަ ބުރުގެ ވޯޓުލުން ކުރިއަށްދާނީ ހެނދުނު09:00 އިން ހަވީރު16:00އަށެވެ.
މި މަހުގެ 10ވަނަ ދުވަހު ބޭއްވި އިންތިޚާބުގެ 12 ދާއިރާއެއްގައި އަލުން ވޯޓްލުން ކުރިޔަށް ގެންދިޔުމަށް އިލްކެޝަންސް ކޮމިޝަނުން ވަނީ ނިންމާފައެވެ. މި ދާއިރާތަކުގައި އަލުން ވޯޓްލުން ބާއްވަނީ ކެނޑިޑޭޓުންނަށް ލިބުނު ވޯޓް އެއްވަރު ވެގެންނާއި ވޯޓުގައި ބައެއް މައްސަލަތައް ދިމާވެގެންނެވެ.
ވޯޓްގައި މައްސަލަ ދިމާވެގެން އަލުން ވޯޓްލުން ކުރިޔަށް ގެންދަން ނިންމާފައިވަނީ 2 ރަށެއްގައެވެ. އެއީ ތ. ގާދިއްފުއްޓާއި، ލ. މާވަށެވެ. ވޯޓުގެ ނަތީޖާ އެއްވަރުވެގެން އަލުން އިންތިޙާބު އޮންނާނީ 4 ދާއިރާއެއްގައެވެ. މީގެއިތުރުން އަންހެނުން ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ އިންތިޚާބުގައި ނަތީޖާ އެއްވަރުވުމުން 6 ދައިރާގައި އަލުން އިންތިޚާބު ބޭއްވުމަށްވެސް އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމާފައެވެ.
އަލުން އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވާ ދާއިރާތައް
– ހއ.ތަކަންދޫ އަންހެނުންގެ ޚާއްސަ ގޮނޑި
– ބ.ކިހާދޫ ކައުންސިލް މެމްބަރު
– މ.ރަތްމަންދޫ ކައުންސިލް ރައީސް
– ފ.ދަރަނބޫދޫ އަންހެނުންގެ ޚާއްސަ ގޮނޑި
– ލ.މާވާށު ކައުންސިލް ރައީސް
– ލ.މާވަށު ކައުންސިލް މެމްބަރު
– ތ.ގާދިއްފުށި އަންހެނުންގެ ޚާއްސަ ގޮނޑި
އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގެ ދެވަނަ ބުރު
– ހއ. އުލިގަމު
– ނ. މަގޫދޫ
– ރ. މާކުރަތު
– ބ. ކެންދޫ
– ވ. ފުލިދޫ
– ލ. ކަލައިދޫ
އިލެކްޝަންސް ކޮމިޝަންގެ ރައީސް އަޙްމަދު ޝަރީފް ވިދާޅުވީ، ބ.ކެންދޫ އިސްކަންދަރު ކޮށީގައި ބަހައްޓާފައިވާ ވޯޓު ފޮއްޓަށް ވޯޓުލާން ބަޔަކު ނެތިގެން އަދިވެސް ވޯޓުލުން ފެށިފައި ނުވާކަމަށެވެ.
ލޯކަލް ކައުންސިލް އިންތިޚާބުގެ ދެވަނަ ބުރުގެ ވޯޓުލުން ފަށާފައިވާއިރު، އިންތިޚާބުގެ އިތުރު ބުރެއް ޖޫންމަހުގެ 5 ވަނަ ދުވަހުވެސް ބާއްވަން އިލެކްޝަންސް ކޮމިޝަނުންވަނީ ނިންމާފައެވެ. އެދުވަހު ވޯޓްލުން އޮންނާނީ 10 އޭޕްރިލްގައި ބޭއްވި އިންތިޚާބުގައި އެއްވެސް ކެނޑިޑޭޓެއް ވާދަނުކުރާ ރަށްތަކުގައިކަމަށް އީސީން ބުންޏެވެ.
ކޮމެންޓު ފޮނުވާ